Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިގްތިސާދީ ހާލަތު

ކުރަން ނުޖެހޭ ކަންކަމާއި ބެހެން ހަދައިގެން ޒިންމާ އަދާނުކުރެވި އިގްތިސާދު ގޯސްވީ ސައީދުއާއި ހެދި - އަމްރު

10 މަސް ވެގެން ދިޔައިރު ރާއްޖެގެ އާންމު މީހާގެ ޖީބަށް ލުޔެއް ގެންނަން ކީއްތޯ ކުރީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ސެޕްޓެމްބަރު 2024 | އާދީއްތަ 13:20
އިކޮނަމިކް މިނިސްޓަރ ސައީދުގެ ޒިންމާ ފުރިހަމައަށް އަދާނުކުރައްވާ ކަމަށް އަމްރު ވިދާޅުވި

އިކޮނަމިކް މިނިސްޓަރ ސައީދުގެ ޒިންމާ ފުރިހަމައަށް އަދާނުކުރައްވާ ކަމަށް އަމްރު ވިދާޅުވި

އިގްތިސާދީ ހާލަތު ގޯސްވެގެން އުޅެނީ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ކުރައްވަންޖެހޭ ކަންކަން ނުކުރައްވާ، ކުރައްވަންނުޖެހޭ ކަންކަން ކުރައްވަން ހަދައިގެން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ނުކުމެގެން މިއުޅެނީ އިގްތިސާދީ މައްސަލައެއް ކަމަށާއި، އިކޮނަމިކް މިނިސްޓްރީ ކިޔާފައި މިނިސްޓްރީއެއް ހަދާފައި ހުންނަނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް މިނިސްޓްރީތައް އުފައްދާފައި ހުންނަ އިރު، އިތުރަށް އިކޮނަމިކް މިނިސްޓްރީގެ ނަމުގައި އިތުރު މިނިސްޓްރިއެއް އޮންނަނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

އަމްރު ވިދާޅުވީ ބަންކަރިންގެ ވާހަކަ ދައްކާއިރު، މިކަމުން ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. އެއީ އެސްޓީއޯއިން މިކަމުގެ ނަންބަރުތަކާއި ޕްލޭންތަކުގެ ވާހަކަ ދެއްކުމަށްވުރެ ބޮޑަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވުމަކީ އޮޑް ކަމެއް ކަމަށެވެ.

އަމްރު ވިދާޅުވީ ދެކޮޅު ނުޖެހޭ ވާހަކަތައް އިކޮނަމިކް މިނިސްޓަރު ދައްކަވަމުން ގެންދަވާ ކަމަށާއި، 400 މިލިއަން ޑޮލަރު ލިބޭނެ ވާހަކަ ދައްކާއިރު، އެކަން ކުރަނީ ކިހިނެއް ކޮންގޮތަކަށް ކަމެއް މިނިސްޓަރަށް ވިދާޅުނުވެވޭ ކަމަށެވެ. އަދި 20 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން 400 މިލިއަން ޑޮލަރު އަނބުރާ ލިބޭ ވާހަކަ ދައްކާއިރު އެއީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ބަންކަރިންއަކީ ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ނޫން ކަމަށާއި، އެއީ ވިޔަފާރި ޕްރޮޖެކްޓެއްކަމުން އެކަންކަމުގައި ވާހަކަ ދައްކަންޖެހޭނީ ކުންފުނިން ކަމަށެވެ. ނަމަވެސް މި ކަންކަމުގައި އިކޮނަމިކް މިނިސްޓަރު ފެނިގެން ދިޔުމަކީ އޮޑްކަމެއް ކަމަށެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އަންޑަރމައިން ކޮށްފައި ވަކި މިނިސްޓަރަކު ޕްރޮމޯޓްވާން ވެގެން އެސްޓީއޯ ބޭނުންކުރަން އުޅޭތަން ފެނިގެންދާ ކަމަށެވެ. އަމްރު ވިދާޅުވީ ރޯލްތައް ވަރަށް ބޮޑަށް އެނގެން ޖެހޭ ކަމަށާއި، މިނިސްޓަރުގެ ރޯލަކީ ކޮބައިތޯ މިނިސްޓަރަށް އަންޑަސްޓޭންޑް ވާންޖެހޭ ކަމަށެވެ.

އަމްރު ވިދާޅުވީ މީގެ ކުރިން އައި ސަރުކާރުތަކުގައި އެސްޓީއަށް ސަރުކާރުގެ ތެރެއިން ވަކި ކަމެއް ކުރަން އިރުޝާދެއް ނާންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެސްޓީއޯ ހިންގުމަށް ފަސޭހަވެ ގިނަ ކަންކަން ކުރުމަށް ފަސޭހަވެގެންދިޔަ ކަމަށެވެ.

ނަމަވެސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެގެން ގޮސްފި ކަމަށާއި، ފެނިގެންދަނީ މިނިސްޓަރު ސައީދު އެސްޓީއޯއިން ކުރަންޖެހޭ ކަންކަން ކުރަން އަންގާ ހިންގުމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާތަން ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުރާއްޖޭގެ އިގުތިސާދު

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު
18 ސެޕްޓެމްބަރު 2025

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
07 އޯގަސްޓު 2025

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!
18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު