Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ވާހަކަފުޅު

ރައްޔިތުންނަށް ހެޔޮނޭދޭ ބަޔަކު ގެންދަނީ ރައީސް ޔާމީންގެ ވާހަކަފުޅު އޮޅުވާލަމުން: ޕީޕީއެމް

15 އޯގަސްޓު 2017 | އަންގާރަ 11:06

ރައީސް ޔާމީންގެ ވާހަކަފުޅު ގެންނަވާފައިވަނީ "ސްޓީލިންގ ޕެރެޑައިސް" ރިޕޯޓާއި ގުޅުވައިގެން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 15 އޯގަސްޓު 2017 | އަންގާރަ 11:06
ރައީސް ޔާމީން ޕީޕީއެމްގެ ހަފްލާއެއްގައި ވަހަކަދައްކަވަނީ

ރައީސް ޔާމީން ޕީޕީއެމްގެ ހަފްލާއެއްގައި ވަހަކަދައްކަވަނީ

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވަން ފައިސާއަކީ ހަލާލު ނޫން ފައިސާކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު ބަޔަކު ގެންދަވަނީ އޮޅުވާލަމުން ކަމަށާއި، އެކަން ކުރަމުން ގެންދަނީ ރައްޔިތުންނަށް ހެޔޮ ނޭދޭ ބަޔަކު ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނެފި އެވެ.

ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު މާނަކޮށް، ވެރިކަން ކުރާ ޕީޕީއެމްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅު ގެންނަވާފައި ވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ފަންޑުކޮށްގެން އަލްޖަޒީރާގައި މިހާރު މަސައްކަތް ކުރާ ވިލް ޖޯރޑަން ހެދި "ސްޓީލިންގ ޕެރެޑައިސް" ރިޕޯޓާއި ގުޅުވައިގެން ކަމަށެވެ. އަދި ވިލް ޖޯރޑަންއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނާއި މެދު ހިންގާ ލާއިންސާނީ އަމަލުތަކަށް ފަސްއަޅައި ޕްރޮޕެގެންޑާ ފެތުރުމަށް، ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ދީފައި ރައީސް އޮފީހުގެ މަސައްކަތަށް ގެނަސްފައިހުރި މިހެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ވާހަކަފުޅަކީ "ސްޓީލިންގ ޕެރެޑައިސް" ގައި ބުނެފައިވާ ގޮތަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ހަލާލު އެއްޗަކަށް ނުވާނަނަ އަދީބުގެ ފަރާތުން ފައިސާ ލިބިފައިވީ ފަރާތްތަކަށް ލިބިފައިވާ ފައިސާއަކީ ހަލާލު އެއްޗެއްތޯ ސުވާލު އުފައްދަމުން ގެންދެވި ވާހަކަފުޅެއްކަން އެނގޭކަމަށެވެ. އަދި ޕީޕީއެމްގެ މުސްތަޝާރު ދެއްކެވި ވާހަކަފުޅުތައް ރައްޔިތުންނަށް ހެޔޮނޭދޭ ބަޔަކު ދަނީ ވަރަށް ބޮޑަށް އޮޅުވާލަމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ ތަނަވަސް މީހާ އާއި ހަމައަށް ވެސް އެ މީހެއްގެ ނަފުސުގެ ކަރާމާތާއި އަބުރުގެ ރައްކާތެރިކަން ހިފެހެއްޓޭނެ ގޮތަށް ވާހަކަ ދެއްކުމަށް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.

ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އޮޅުން ނާރާ މިންވަރަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ އެމަނިކުފާނުގެ ގެޔަށް ވަން އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ޚަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ." ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް