Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕޭޖަރުތަކެއް ގޮވުން

ލުބުނާނުގެ އެކިތަންތާގައި ޕޭޖަރުތަކެއް ގޮވާ، އީރާނުގެ ސަފީރު ހިމެނޭ ގޮތުން ބަޔަކު މަރުވެ އެތައް ސަތޭކަ މީހުން ޒަޚަމްވެއްޖެ

މިއީ އިޒްރޭލް އަޑީގައި އޮވެގެން ހިންގި އަމަލެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2024 | އަންގާރަ 17:32
ޕޭޖަރުތައް ގޮވުމުގެ ސަބަބުން ޒަޚަމްވި މީހެއް އެމްބިއުލާންސަށް އަރުވަނީ

ޕޭޖަރުތައް ގޮވުމުގެ ސަބަބުން ޒަޚަމްވި މީހެއް އެމްބިއުލާންސަށް އަރުވަނީ

މުވާސަލާތީ ބޭނުންތަކަށް ގެންގުޅޭ އެތަކެއް ޕޭޖަރު ލުބުނާނުގެ އެކިތަންތަނުގައި ގޮވާ ބަޔަކު މަރުވެ، އެތައް ސަތޭކަ މީހުން ޒަޚަމްވެއްޖެއެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި، ހިޒްބުﷲ ގެ ހަނގުރާމަވެރިންނާއި، ޑޮކްޓަރުންނާއި، އަދި ބެއިރޫތުގައި ހުންނަ އީރާނުގެ ސަފީރު ހިމެނޭގޮތުން، 1000ށް ވުރެ ގިނަ މީހުން މި ހާދިސާގައި ވަނީ ޒަޚަމްވެފައެވެ.

ލުބުނާންގެ ސިއްޙީ ވަޒީރުއާ ހަވާލާދީ ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ މިހާދިސާގައި 8 މީހަކު މަރުވެ، 2،750 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މިއީ އިޒްރޭލް އަޑީގައި އޮވެގެން ހިންގި އަމަލެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ރޮއިޓާސް އާ ވާހަކަ ދެއްކި ހިޒްބުﷲ ގެ އިސް ވެރިޔަކު ބުނެފައިވަނީ، އިޒްރޭލާ އެ ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމަ އަށް އަހަރެއްހާ ދުވަސްވާން ކައިރިވެފައިވާއިރު ޕޭޖަރުތައް ގޮވުމުގެ މި ހާދިސާ އަކީ އެ ޖަމާއަތައް ކުރިމަތިވި އެންމެ ބޮޑު ސެކިއުރިޓީ ބްރީޗް ކަމުގައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އާ މިކަމާ ސުވާލު ކުރުމުން ޖަވާބެއް ދީފައި ނުވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.

ހިޒްބުﷲ އިން މި ހާދިސާ އާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަދުވެގެން 3 މީހަކު މަރުވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެ ޖަމާޢަތުގެ 2 ހަނގުރާމަވެރިން ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި ތިންވަނަ މީހަކީ އަންހެން ކުއްޖެއް ކަމަށް ބުނެފައިވެއެވެ. ޕޭޖަރުތައް ގޮވި މައްސަލަ ބަލަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަނގުރާމަވެރިންގެ ތެރެއިން މަރުވި އެކަކީ ލުބުނާންގެ ޕާލިމެންޓުގައި ހިމެނޭ ހިޒްބުﷲ ގެ މެންބަރެއްގެ ދަރިއެއް ކަމަށް ސަލާމަތީ ވަސީލަތްތަކުން ރޮއިޓާސް އަށް މަޢުލޫމާތު ދީފިއެވެ.

ލުބުނާންގައި ހުންނަވާ އީރާނުގެ ސަފީރު މުޖްތަބާ އަމާނީ އަށް ޕޭޖަރެއް ގޮވުމުގެ ސަބަބުން ކުޑަ އަނިޔާއެއް ވެފައިވާ ކަމަށް އީރާނުގެ ފާރސް ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

"އަމާނީއަށް ލިބިފައިވަނީ ކުޑަ އަނިޔާއެއް، އަދި މިވަގުތު އޭނާ އޮންނެވީ ހޮސްޕިޓަލްގެ އޮބްޒަވޭޝަންގައި،" ކަމަށް ފާރސް ބުނެފައިވެއެވެ.

ގޮވި ޕޭޖަރުތަކަކީ ހިޒްބުﷲ އިން މުވާސަލަތީ ބޭނުންތަކަށް ވަރަށް ފަހުން ހޯދާފައިވާ އެންމެ ފަހުގެ މޮޑެލް ކަމަށް ސަލާމަތީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ.

ސިއްހީ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ޕޭޖަރުތައް ގޮވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެނައި ބައެއް މީހުންގެ މޫނުމައްޗަށާއި، ލޮލަށާއި އަދި ގައިގެ އެކި ހިސާބުތަކަށް އަނިޔާތައް ލިބިފައިވެއެވެ.

ޚަބަރުތައް ބުނާގޮތުގައި ފުރަތަމަ ޕޭޖަރު ގޮވާފައިވަނީ ލުބުނާނު ގަޑިން އަންގާރަ ދުވަހުގެ ހަވީރު 3:45 ހާއިރުއެވެ. އޭގެ ފަހުން ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން ގޮވުންތައް މެދުނުކެނޑި ކުރިއަށް ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލުބުނާނުގެ ރެޑް ކްރެސެންޓުން ބުނެފައިވަނީ 50ށް ވުރެ ގިނަ އެމްބިއުލާންސް އާއި 300ށް އަށް ވުރެ ގިނަ މެޑިކަލް އޮފިޝަލުން ޒަޚަމްވެފައިވާ މީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ލެބަނަންއިޒްރޭލްއިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު