Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުން

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، އެވިޔަފާރިތައް ކުރިއެރުވުމަށް މިދަނީ މަސައްކަތް ކުރަމުން: އެމްޓީއޭ

ފަސޭހައިން ލޯނުތައް ލިބޭ އިންތިޒާމް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 މާރިޗު 2024 | އާދީއްތަ 17:42
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ނައިބު ރައީސް އައިމިނަތު މުޒްނީނާ އާއި ޑިރެކްޓަރު މުހައްމަދު އާލިމް ވާހަކަދައްކަވަނީ

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ނައިބު ރައީސް އައިމިނަތު މުޒްނީނާ އާއި ޑިރެކްޓަރު މުހައްމަދު އާލިމް ވާހަކަދައްކަވަނީ

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެ އެސޯސިއޭޝަންގެ ނައިބު ރައީސް އައިމިނަތު މުޒްނީނާ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކަށް ބަލާއިރު، ގިނައިން ކުރިއަރައިގެންދަނީ ބޮޑެތި ވިޔަފާރިތައް ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވިޔަފާރިވެރިންނަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވައި މުޒްނީނާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ފަސޭހައިން ލޯނުތައް ލިބޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުޒްނީނާ ވިދާޅުވީ މިހާރު ވެސް ލޯނު ނަގާއިރު، އިންޓަރެސްޓް ރޭޓް ބޮޑުވުމާއި، ރަހުނު ބަހައްޓަން ޖެހުމުގެ ސަބަބުން ބައެއް ވިޔަފާރިވެރިންނަށް ކުރިއަށް ނުދެވޭ ކަމަށެވެ. އެގޮތުން މަސައްކަތް ކުރަނީ މިފަދަ ވިޔަފާރިންނަށް ފަހިފުރުސަތުތެއް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދަށް އިޝާރާތް ކުރައްވައި ޑިރެކްޓަރު މުހައްމަދު އާލިމް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ ވަރަށް ބޮޑަށް އިގްތިސާދާ ވެސް ގުޅިފައިވާ ވިޔަފާރިތަކެއް ކަމަށެވެ. އެގޮތުން މިހާރަށް ވުރެ ބޮޑަށް މިވިޔަފާރިތަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާލިމް ވިދާޅުވީ ފަތުރުވެރިވެރިކަމުގެ ސިނާއަތަކީ ވަރަށް ބޮޑަށް އިގްތިސާދާއި ގުޅިފައިވާ ސިނާއަތެއް ކަމަށާއި، މި ސިނާއަތުގެ ޕޮލިސީތައް ހަދާއިރު، އެސިނާއަތުގައި ހިމެނޭ ގެސްޓްހައުސް ވިޔަފާރިތަކާއި، ހޮޓެލްތަކަށް ވެސް ބަލަންޖެހޭ ކަމަށެވެ. އަދި ސަސްޓެއިނަބަލް ގޮތެއްގައި ޕޮލިސީތައް އެކުލަވާލައި، ތަންފީޒު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާލިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށާއި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވިޔަފާރިމޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ވަޅޯމަހުގެ އަގު އުފުލިއްޖެ

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ

އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ

28 އޯގަސްޓު 2024
ވިޔަފާރިތަކަށް ހާއްސަކޮށްގެން ފާފު އަތޮޅުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ވިޔަފާރިތަކަށް ހާއްސަކޮށްގެން ފާފު އަތޮޅުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި

24 ޖުލައި 2024
ޖާޒީ ވިޔަފާރިން އެންމެ ގިނަ ފައިސާ ހޯދަނީ ކޮން ޓީމެއް؟

ޖާޒީ ވިޔަފާރިން އެންމެ ގިނަ ފައިސާ ހޯދަނީ ކޮން ޓީމެއް؟

29 އެޕްރީލު 2024

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު