Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ވިނީޝިއުސްގެ ދިފާއުގައި ކާވަހާލް

ދާދި ފަހުން އައިސް ވިނީޝިއުސް އަށް ނަސްލީ ގޮތުން ދިމާ ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2024 | އަންގާރަ 04:27
ރެއާލަށް ކުޅެމުން އަންނަ ޑެނީ ކާވަހާލް އަދި ވިނީޝިއުސް ޖޫނިއާ

ރެއާލަށް ކުޅެމުން އަންނަ ޑެނީ ކާވަހާލް އަދި ވިނީޝިއުސް ޖޫނިއާ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާގެ ދިފާއުގައި، ޑެނީ ކާވަހާލް ވާހަކަ ދައްކައިފި އެވެ.

ސްޕެނިޝް ލީގުގައި އެންމެ ފަހުން ރެއާލް އިން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު، އުފާ ފާޅު ކުރުގެ ގޮތުން ވިނީޝިއުސް ކުރިކަމަކުން އޭނާ އަށް ބައެއް މީހުން ވަނީ ފާޑު ކިޔައިފަ އެވެ. އެ މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ވިނީޝިއުސް ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކާވަހާލް ބުނީ، ސޮސިއެޑާޑާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރުމުގެ ގޮތުން ވިނީޝިއުސް ކުރި ކަންތައް އޭނާ އަށް ފުރިހަމަ އަށް ޤަބޫލު ކުރެވޭ ކަމަށެވެ. އެގޮތުން މެޗުގައި ކުޅެމުން ދިޔައިރު، ސޮސިއެޑާޑުގެ ދަނޑުގައި ތިބި ސަޕޯޓަރުން ވިނީޝިއުސް އަށް ނިސްބަތްކޮށް ގޮވި އެއްޗެހި އަޑު އިވުނު ކަމަށް ކާވަހާލް ބުންޏެވެ.

އެކަން ފާހަގަކޮށް ކާވަހާލް ބުނީ، ސްޕެއިންގެ ނުވަތަ ރެއާލް މެޑްރިޑްގެ ކެޕްޓަނެއްގެ ޙަައިސިއްޔަތުން އޭނާ ދޭން އޮތީ ސާފު، އެންމެ މެސެޖެއް ކަމަށެވެ. އެގޮތުން ނަސްލީ ތަފާތު ކުރުމަށް އޮންނަން ޖެހޭނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވެސް ކާވަހާލް ވަނީ ބުނެފަ އެވެ. އަދި އެކަމާ ދެކޮޅަށް އަބަދު ވެސް ވާހަކަ ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

ދާދި ފަހުން އައިސް ވިނީޝިއުސް އަށް ނަސްލީ ގޮތުން ދިމާ ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމާ ދެކޮޅަށް ރެއާލްގެ ކުޅުންތެރިންނާއި، އޮފިޝަލުން އަދި އިސްވެރިންގެ އިތުރުން، އެހެނިހެން ފުޓުބޯޅަ ކުޅުންތެރިން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2023

މެގުއާގެ ދިފާއުގައި މިފަހަރު ވެސް ސައުތުގޭޓް

14 ސެޕްޓެމްބަރު 2023
މެގުއާގެ ދިފާއުގައި މިފަހަރު ވެސް ސައުތުގޭޓް
15 އެޕްރީލު 2023

މާނޭގެ ދިފާއުގައި ނިކުތީ ޓުޗެލް!

15 އެޕްރީލު 2023
މާނޭގެ ދިފާއުގައި ނިކުތީ ޓުޗެލް!
09 ޖެނުއަރީ 2023

ޒިދާންގެ ދިފާއުގައި އެމްބާޕޭ، "ޒިދާން އަކީ ފްރާންސް، އިޙްތިރާމް ކުޑަކޮށްގެން ނުވާނެ"

09 ޖެނުއަރީ 2023
ޒިދާންގެ ދިފާއުގައި އެމްބާޕޭ، "ޒިދާން އަކީ ފްރާންސް، އިޙްތިރާމް ކުޑަކޮށްގެން ނުވާނެ"
20 ނޮވެމްބަރު 2022

ޤަތަރުގެ ދިފާއުގައި ނުކުންނެވީ ފީފާގެ ރައީސް އިންފަންޓީނޯ، "ކުރިއަށް އޮތް 3000 އަހަރު ޔޫރަޕުގެ ޤައުމުތަކުން މައާފަށް އެދެން ޖެހޭނެ"

20 ނޮވެމްބަރު 2022
ޤަތަރުގެ ދިފާއުގައި ނުކުންނެވީ ފީފާގެ ރައީސް އިންފަންޓީނޯ، "ކުރިއަށް އޮތް 3000 އަހަރު ޔޫރަޕުގެ ޤައުމުތަކުން މައާފަށް އެދެން ޖެހޭނެ"
16 އޯގަސްޓު 2022

އެމްބާޕޭގެ ދިފާއުގައި އޮންރީ ވާހަކަ ދައްކައިފި

16 އޯގަސްޓު 2022
އެމްބާޕޭގެ ދިފާއުގައި އޮންރީ ވާހަކަ ދައްކައިފި
30 އޮކްޓޯބަރު 2021

ވިނީޝިއުސްގެ ދެ ލަނޑާއެކު ރެއާލް އެއްވަނައަށް

30 އޮކްޓޯބަރު 2021
ވިނީޝިއުސްގެ ދެ ލަނޑާއެކު ރެއާލް އެއްވަނައަށް
06 އެޕްރީލު 2021

ވިނީޝިއުސްގެ ދެ ލަނޑާއެކު ރެއާލަށް މޮޅެއް

06 އެޕްރީލު 2021
ވިނީޝިއުސްގެ ދެ ލަނޑާއެކު ރެއާލަށް މޮޅެއް
04 ސެޕްޓެމްބަރު 2020

ވާދަވެރިކަން އެއްފަރާތްކޮށް މެސީގެ ދިފާއުގައި ރާމޯސް

04 ސެޕްޓެމްބަރު 2020
ވާދަވެރިކަން އެއްފަރާތްކޮށް މެސީގެ ދިފާއުގައި ރާމޯސް
27 އޯގަސްޓު 2020

ބާސާގެ ރައީސް ބާޓޮމެއޫގެ ދިފާއުގައި ރެއާލްގެ ކުރީގެ ރައީސް

27 އޯގަސްޓު 2020
ބާސާގެ ރައީސް ބާޓޮމެއޫގެ ދިފާއުގައި ރެއާލްގެ ކުރީގެ ރައީސް
04 ޖޫން 2020

ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި

04 ޖޫން 2020
ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު