Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ވިނީޝިއުސްގެ ދެ ލަނޑާއެކު ރެއާލް އެއްވަނައަށް

ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލީ 24 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އޮކްޓޯބަރު 2021 | ހޮނިހިރު 14:21
އެލްޗޭ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

އެލްޗޭ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން އެލްޗޭ ބަލިކޮށް ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ރެއާލުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މަރިއާނޯ ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނީޝިއުސް ޖޫނިއާއެވެ.

އޭގެ ފަހުން މި މެޗުގައި އެލްޗޭއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުގެ ރައުލް ގުޓީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު އެލްޗޭގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، މެޗުގެ 73 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ފުޅާކޮށްފައެވެ. ލޫކާ މޮޑްރިޗްގެ އެހީތެރިކަމާއެކު މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއުސްއެވެ.

މި މެޗުގައި އެލްޗޭއިން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ރެއާލުގެ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެރެ މިއްޔާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޑާރިއޯ ބެނެޑެއްޓޯ ދިން ބޯޅައަކުންނެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލިއިރު، އެ ޓީމާއި ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ ކުޅުނު 11 މެޗުން 24 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް ސެވިއްޔާ އާއި ހަތަރުވަނައިގައި އޮތް ރެއާލް ބެޓިސްއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. މީގެ އިތުރުން ރެއާލް އަތުން ބަލިވި އެލްޗޭ އޮތީ ތާވަލުގެ 15 ވަނައިގައި 12 މެޗުން 10 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު