Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

މާނޭގެ ދިފާއުގައި ނިކުތީ ޓުޗެލް!

15 އެޕްރީލު 2023 | ހޮނިހިރު 06:58

ޓުޗެލް ބުނީ އޭނާއަށް މާނޭ އެނގޭތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި، މާނޭއަކީ ކިހާ ޕްރޮފެޝަނަލް ކުޅުންތެރިޔެއްކަން ވެސް އެނގޭކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އެޕްރީލު 2023 | ހޮނިހިރު 06:58
ބަޔާންގެ ކޯޗު ޓުޗެލް އަދި މާނޭ

ބަޔާންގެ ކޯޗު ޓުޗެލް އަދި މާނޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ސަޑިއޯ މާނޭއާ ލެރޯއި ސާނޭއާ ދެމެދު ހިނގި ކަންތައްތަކުގައި އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް، މާނޭ ދިފާއުކޮށްފިއެވެ.

އެ މެޗުގައި މާނޭ ކުޅެން ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެއަށްފަހު ދަނޑު މަތީގައި މާނޭއާ ސާނޭއާ ދެމެދު ދެބަސްވުންތަކެއް ހިނގިއިރު، މާނޭ، ސާނޭ ގައިގައި ޖެހި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެ މެޗަށްފަހު ޓީމުގެ ޗޭންޖިންގ ރޫމުގައިވެސް ދެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިއިރު، އެ ދެ ކުޅުންތެރިން ދުރުކުރަން ޖެހުނީ ބަޔާންގެ އެހެން ކުޅުންތެރިންނަށެވެ. އެކަމާ ގުޅިގެން ބަޔާނުން ވަނީ މާނޭ ސަސްޕެންޑުކުރުމަށް ނިންމާފައެވެ.

ޖަރުމަނު ލީގުގައި ހޮފެންހެއިމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓުޗެލް ބުނީ، މިހާރު އެ މައްސަލަ އޮތީ ހައްލުވެފައި ކަމަށެވެ. އެގޮތުން އެ މައްސަލާގައި މިހާރު މާނޭ ސަސްޕެންޑުކޮށްފައި ވާކަމަށާއި، އެއީ ހިނގައިދިޔަ ކަންތައްތަކުގެ އަދަބެއް ކަމަށެވެ. ޓުޗެލް ބުނީ ނިންމުން ނިންމާފައިވަނީ ދެ ކުޅުންތެރިންގެ ފަރާތުން ކަންތައްވީ ގޮތާއި، އެ ކަމުގައި އެހެން ކުޅުންތެރިންގެ ކަންތަކަށްވެސް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް ޓުޗެލް ބުނީ އޭނާ ހުރީ މާނޭގެ ދިފާއުގައި ކަމަށެވެ. އެގޮތުން އޭނާއަށް މާނޭ އެނގޭތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި، މާނޭއަކީ ކިހާ ޕްރޮފެޝަނަލް ކުޅުންތެރިޔެއްކަންވެސް އެނގޭކަމަށެވެ. އޭނާ ބުނީ މާނޭ ކަންތައްކުރާނެ ގޮތްވެސް ވަރަށް ރަނގަޅަށް އެނގޭކަމަށާއި، މާނޭ ކުށްވެރިވާނެ ކަމެއް ނުކުރާނެކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ހިނގައިދިޔަ ކަންތައްތަކަކީ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ކަމެއް ކަމަށާއި، އެކަމުގައި މާނޭ މިހާރު މައާފަށްވެސް އެދިފައިވާކަމަށާއި، އެހެެންކަމުން މިހާރު އެ މައްސަލަ ނިމުނީ ކަމަށެވެ.

މާނޭއާ ސާނޭއާ ދެމެދު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން މާނޭގެ ކުރިމަގާމެދު ވަނީ ސުވާލު އުފެދިފައެވެ. ޚާއްސަކޮށް, ސާނޭއަކީ ޖަރުމަނަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ވުމުން، ބަޔާނުންވެސް ބުރަވާނީ އޭނާއާ އެއްކޮޅަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

15 ޖޫން 2020

އަންނަ ސީޒަނުގައި ވެސް ޕީއެސްޖީގައި ޓުޗެލް މަޑުކުރާނެ

15 ޖޫން 2020
އަންނަ ސީޒަނުގައި ވެސް ޕީއެސްޖީގައި ޓުޗެލް މަޑުކުރާނެ
04 ޖޫން 2020

ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި

04 ޖޫން 2020
ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި
17 މާރިޗު 2020

ކޮރޯނާވައިރަހުން އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭގެ ދީލަތި އެހީއެއް

17 މާރިޗު 2020
ކޮރޯނާވައިރަހުން އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭގެ ދީލަތި އެހީއެއް
14 ނޮވެމްބަރު 2019

މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން، އެކަން ހާސިލްވެއްޖެ: ފިލިޕީންސް ކޯޗު

14 ނޮވެމްބަރު 2019
މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން، އެކަން ހާސިލްވެއްޖެ: ފިލިޕީންސް ކޯޗު
25 މެއި 2019

ޕީއެސްޖީގެ އެއްބަސްވުން ޓުޗެލް އާކޮށްފި

25 މެއި 2019
ޕީއެސްޖީގެ އެއްބަސްވުން ޓުޗެލް އާކޮށްފި
21 މެއި 2018

ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ

21 މެއި 2018
ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ
15 ފެބުރުއަރީ 2018

ޗެމްޕިއަންސް ލީގު: މާނޭގެ ހެޓްރިކާ އެކު ލިވަޕޫލް ކުއާޓާ ފައިނަލާ ގާތަށް

15 ފެބުރުއަރީ 2018
ޗެމްޕިއަންސް ލީގު: މާނޭގެ ހެޓްރިކާ އެކު ލިވަޕޫލް ކުއާޓާ ފައިނަލާ ގާތަށް
19 ޖުލައި 2017

ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ

19 ޖުލައި 2017
ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ
30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް