Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑު ޤައުމީ ޓީމު

މެގުއާގެ ދިފާއުގައި މިފަހަރު ވެސް ސައުތުގޭޓް

14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 03:30

މީގެ ކުރިން ކުޅުންތެރިޔަކާ މެދު އެގޮތަށް ކަންތައް ވަމުން އަންނަކަން އެނގިފައި ނެތް ކަމަށް ސައުތުގޭޓް ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 03:30
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް އަދި ޑިފެންޑަރު މެގުއާ

އިންގްލެންޑުގެ ކޯޗު ސައުތުގޭޓް އަދި ޑިފެންޑަރު މެގުއާ

އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާގެ ދިފާއުގައި އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް އަނެއްކާ ވެސް ތެދުވެއްޖެ އެވެ.

އިންގްލެންޑުން ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، ސްކޮޓްލެންޑުގެ ބައެއް ސަޕޯޓަރުން ވަނީ މެގުއާއާ ދިމާކޮށްލައިފަ އެވެ. އެ މެޗުން އިންގްލެންޑު 3-1 އިން މޮޅުވިއިރު، މެގުއާ އަތުން ވަނީ ބައި ކޮޅަށް ލަނޑެއް ވަދެފަ އެވެ. އެއާއެކު މެޗު ބަލަން ދަނޑަށް ވަދެ ތިބި ސްކޮޓްލެންޑުގެ ބައެއް ސަޕޯޓަރުން ވަނީ މެގުއާއާ ދިމާކޮށްލައިފަ އެވެ.

އެ މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، ސްކޮޓްލެންޑުގެ ސަޕޯޓަރުންގެ ނަޒަރުން ބަލާނަމަ، އޭނާ އަށް އެކަން ޤަބުލު ކުރަން ފަސޭހަ ކަމަށެވެ. އޭނާ ބުނީ ސްކޮޓްލެންޑުގެ ސަަޕޯޓަރުންގެ އެ އަމަލާމެދު ޝަކުވާ ކުރަން ބޭނުންނުވާ ކަމަށެވެ. ސައުތުގޭޓް ފާހަގަ ކުރި ގޮތުގައި ދިގު މުއްދަތެއް ވަންދެން މެގުއާ އަންނަނީ އެ ކަހަލަ ކަންކަން ތަޖުރިބާ ކުރަމުން ކަމަށެވެ. އަދި އަމިއްލަ ސަޕޯޓަރުންގެ ފަރާތުން ވެސް އެކަހަލަ ކަންކަން ކުރިމަތިވެ އެވެ. އޭނާ ބުނީ، އެއީ މެޗުގައި ހިނގާ ބައެއް ކަންކަމުގެ ސަބަބުން އަންނަ "ހޫނު ގަނޑެއް" ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ޖޯކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރި އެވެ. މީގެ ކުރިން ކުޅުންތެރިޔަކާ މެދު އެގޮތަށް ކަންތައް ވަމުން އަންނަކަން އެނގިފައި ނެތް ކަމަށް ސައުތުގޭޓް ބުންޏެވެ.

އޭނާ ފާހަގަ ކުރީ ހަމައެކަނި ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ކަންކަން އެކަންޏެއް ނޫނެވެ. ކޮމެންޓްރީގައި ތިބޭ މީހުންނާއި، އެނަލިސްޓުންގެ ފަރާތުން ވެސް އެކަހަލަ ކަންކަން ވަރަށް ބޮޑަށް ހިނގާ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެއީ މީގެ ކުރިން ފެންނަ މަންޒަރެއް ނޫން ކަމަށާއި، އެކަންކަމަކީ ކުޅުންތެރިޔާ އަށް އެތައް ގެއްލުމެއް ދައްކަމުން އަންނަ ކަމެއް ކަމަށެވެ. ސައުތުގޭޓް ބުނީ މިފަހުން އިންގްލެންޑު ޓީމުގައި އޭނާ އަށް އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ވެސް މެގުއާ ކަމަށެވެ.

މީގެ ކުރިން ވެސް އެކި ފަރާތްތަކުން މެގުއާއާ ދިމާކޮށް، ޖޯކު ޖެހުމުން، ސައުތުގޭޓް ވަނީ މެގުއާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

އިންގްލެންޑުގެ ގައުމީ ޓީމުހެރީ މެގުއާގެރެތު ސައުތުގޭޓް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
14 އޮކްޓޯބަރު 2024

އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

14 އޮކްޓޯބަރު 2024
އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ
14 އޮކްޓޯބަރު 2024

އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި

14 އޮކްޓޯބަރު 2024
އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި
12 އޮކްޓޯބަރު 2024

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ

12 އޮކްޓޯބަރު 2024
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ
27 އޯގަސްޓު 2024

އިންގްލެންޑުގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ

27 އޯގަސްޓު 2024
އިންގްލެންޑުގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ
20 ޖުލައި 2024

އިނގިރޭސި އެފްއޭއިން ގައުމީ ކޯޗެއް ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފި

20 ޖުލައި 2024
އިނގިރޭސި އެފްއޭއިން ގައުމީ ކޯޗެއް ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް