Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްލޮއިޑްގެ ދިފާއުގައި ނުކުތުން

ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި

ޖަރުމަން ލީގުގެ ބައެއް ކުޅުންތެރިން މީގެ ކުރިން ވަނީ ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޖޫން 2020 | ބުރާސްފަތި 13:07
ބަޔާން މިއުނިކްގެ ޑިފެންޑަރު ޖޯޝުއާ ކިމިޗް: ބަޔާންގެ ކުޅުންތެރިން އަޑުއުފުލަން ވަނީ ގޮވާލާފައި

ބަޔާން މިއުނިކްގެ ޑިފެންޑަރު ޖޯޝުއާ ކިމިޗް: ބަޔާންގެ ކުޅުންތެރިން އަޑުއުފުލަން ވަނީ ގޮވާލާފައި

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ހުރިހާ ކުޅުންތެރިން ނުކުންނަށް އެ ޓީމުގެ ޑިފެންޑަރު ޖޯޝުއާ ކިމިޗް ގޮވާލައިފި އެވެ.

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ގިނަ ކުޅިވަރު ތަރިން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ޖަރުމަނު ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކުގައި ބައެއް ކުޅުންތެރިން ވަނީ ޖޯޖް ފްލޮއިޑަން އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

ބަޔާންގެ ކުޅުންތެރިއަކު އަދި މިހާތަނަށް ފްލޮއިޑްގެ ދިފާއުގައި ދަނޑުމަތީގައި އަޑު އުފުލާފައި ނުވި ނަމަވެސް، ކިމިޗް ވަނީ ބަޔާންގެ ހުރިހާ ކުޅުންތެރިން ފްލޮއިޑްގެ ދިފާއުގައި ނުކުންނަށް ގޮވާލާފައެވެ.

ކިމިޗް ބުނީ ކުޅުންތެރިން ވަކިން އަޑު އުފުލުމުގެ ބަދަލުގައި މުޅި ޓީމު އެއްކޮށް ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށެވެ. އަދި ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ އާއި އިތުރު ކުޅުންތެރިން ދެއްކި ނަމޫނާ އަކީ ހުރިހާ އެންމެން ވެސް ބަލައިގަންނަން ޖެހޭ ކަމެއް ކަމަށާއި، އެކަމުން މިސާލު ނަގައި ހުރިހާ ފުޓްބޯޅަ ކުޅުންތެރިން ވެސް މި ކަމުގައި ޝުއޫރު ފާޅުކޮށް އަޑު އުފުލުމަކީ މުހިއްމު ކަމެއް ކަމަށް ކިމިޗް ވަނީ ބުނެފަ އެވެ.

އެހެންކަމުން ލީގުގައި ބަޔާނުން ދެން ކުޅޭ މެޗުގައި، އެ ޓީމުގެ ހުރިހާ ކުޅުންތެރިން ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް އެދި އަޑު އުފުލާނެ ކަމަށް ކިމިޗް ވަނީ ބުނެފައެވެ.

މީގެ ކުރިން ޖަރުމަން އެފްއޭ އިން ވަނީ ފުޓްބޯޅަ މެޗުގެ ތެރެއިން އެފަދަ ކަމަކާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމުގެ ޖާގައެއް ނޯންނާނެ ކަމަށް ބުނެ، މެޗުގެ ތެރެއިން ޝުއޫރުފާޅުކުރި ކުޅުންތެރިންގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެކަމަކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން، އެ މައްސަލަ ނުބަލަން ޖަރުމަން އެފްއޭ އިން ވަނީ ނިންމާފައެވެ.

މީގެ ކުރިން އެ ކުޅުންތެރިންގެ ދިފާއިގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އިންފަންޓީނޯ ވިދާޅުވީ ނަސްލީ ތަފާތުކުރުން ހުއްޓާލުމަށް ފީފާ އިން ވެސް ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާއި، އެކަމަށް ގޮވާލާ ކުޅުންތެރިންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެ ކުޅުންތެރިންނަށް ތައުރީފު ހައްގު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު