Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުން: ހުސްއަނގަ ތެޅުމާއި، ޖަވާބު ނުލިބުން!

ސަރުކާރަށް ނުވަ މަސް ދުވަސް ވެގެން ދިޔައިރު، ނޫސްވެރިންގެ އުޅެނީ އާރުޓީއައި އިން ސަލާމަތް ނުވެގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2024 | ހޯމަ 11:21
ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު އަދި ބަންޑާރަ ނައިބު އަޙުމަދު އުޝާމް

ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު އަދި ބަންޑާރަ ނައިބު އަޙުމަދު އުޝާމް

މި ސަރުކާރުން ވައުދުވީ ނޫސްވެރިންނާ ގާތް ގުޅުމެއް ބޭއްވުމަށެވެ. ނޫސްވެރިން ބޭނުންވާ ކަންކަމުގެ މައުލޫމާތު، "ހާމަކަން ބޮޑު" ގޮތެއް ގައި ސަރުކާރުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކި އެކި ކަންކަމުގައި ނޫސްވެރިން ބޭނުންވާ މައުލޫމާތު ނުލިބިގެން، ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) ލާން ޖެހޭ ހިސާބަށް ނުދާނެ ކަމަށް ވިދާޅުވީ، ޚުދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. ނަމަވެސް، ސަރުކާރަށް ނުވަ މަސް ދުވަސް ވެގެންދިޔައިރު، މިއަދު ހާމަވާން އޮތީ އެއީ ރައީސް މުޢިއްޒު ކަނޑުއްވާލި ފޮންޏެއް ކަމަށެވެ.

ސަރުކާރަށް ނުވަ މަސް ދުވަސް ވެގެން ދިޔައިރު، ނޫސްވެރިންގެ އުޅެނީ އާރުޓީއައި އިން ސަލާމަތް ނުވެގެންނެވެ. ސަރުކާރުން ކޮށްފައިވާ އަދި ކުރަމުން އަންނަ ގިނަ ކަންކަމުގެ މައުލޫމާތު ނުލިބިގެން، ނޫސްވެރިން ލައްކަ އާރުޓީއައި ހުށަހަޅައިފި އެވެ. އެ އާރުޓީއައި ތަކަށް ޖަވާބު ދެމުން އަންނަ ކަމަށް ސަރުކާރުން ބުނަމުން ދަނިކޮށް، ނޫސްވެރިޔަކު ވަނީ އޭނާ ހުށަހެޅި އާރުޓީއައި އަށް ޖަވާބު ނުލިބޭ ވާހަކަ ވެސް ބުނެފަ އެވެ. އެކަން އޭނާ ހާމަ ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މިފަހަކަށް އައިސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމަށް އަޅުގަނޑަށް ވެސް ދެވެ އެވެ. ހަފުތާ އަކު ދެ ފަހަރު، ނުވަތަ ތިން ފަހަރު ވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފި އެވެ. ކޮންމެ ބައްދަލުވުމެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާއި، ސަރުކާރުގެ ބޭފުޅުން ވިދާޅުވާ އެއް ވާހަކައެއް އޮވެ އެވެ. އެއީ، ވީހާ ވެސް ބޮޑަށް ކަންކަން ހާމަ ކުރުމާއި، ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ކަންކަން ކުރައްވަން ރައީސް މުޢިއްޒު ބޭނުންފުޅުވާ ވާހަކަ އެވެ. އެތަނުގައި އިންނައިރު ބައެއް ފަހަރު އަޅުގަނޑު ހިތަށް އަރަ އެވެ. އަޅެ، މިއިން ކޮންމެ ބޭފުޅެއްގެ އަތުގައި އޮންނަ ގަނޑުގައި އެހެން ލިޔެފައި ހަމަ އޮންނަނީބާ އެވެ؟ ކޮންމެ ބޭފުޅަކު އެހެން ވިދާޅު ނުވެއްޖެ ނަމަ، "ތަންގަނޑެއް" އުނިވަނީ ބާއެވެ؟

ކޮންމެ އަކަސް، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާ ހުރިހާ ނޫސްވެރިން ކަހަަލަ ގޮތަަކަށް ސުވާލު ކުރެ އެވެ. އެކި ނޫސްވެރިން ކުރަނީ އެކި މައުލޫތަކުން ސުވާލެވެ. ނޫސްވެރިންގެ ބައްދަލުވުމަށް އަޅުގަނޑު ވެސް ދަނީ ސުވާލު ކުރަން ބޭނުންވެގެން ކަމަށްވާއިރު، އަޅުގަނޑު ވެސް ސުވާލު ކުރަމެވެ. އެހެން ނަމަވެސް، ހައިރާން ވާން ޖެހޭ ކަމަކީ، އެއިން ސުވާލަކަށް އެކަށީގެންވާ ޖަވާބެއް ނުލިބޭތީ އެވެ. ބައެއް ފަހަރު ހިތަށް ވެސް އަރަ އެވެ. ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުދެވޭނަމަ، މިއީ ކީއްކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްބާ އެވެ؟

އޭގެ ތެރެއިން އެއް ނޫސްވެރިންގެ ބައްދަލުވުމުގައި ހިނގި ކަމެއް ހިއްސާކޮށްލާނަމެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާ ގުޅޭ ގޮތުން ބޭނުން އަދަދަކަށް ސުވާލު ކުރެވޭނެ ކަމަށާއި، އެހެނިހެން ކުރެވޭނީ އެއް ސުވާލު ކަމަށެވެ. ވަޒީރު އެހެން ވިދާޅުވުމުގެ ކުރިން ނޫސްވެރިޔަކު ސުވާލު ކޮށްފައި އޮތުމުން، އެ ނޫސްވެރިޔާ އަށް ފުރުސަތެއް ހޯދުމަށް ވެސް އެދުނެވެ. ނަމަވެސް، ވަޒީރު ފުރުސަތު ދެއްވީ ދެން ހުރި ނޫސްވެރިޔާ އަށެވެ.

އަޅުގަނޑުގެ ފުރުސަތު އައުމާއެކު، އެހެނިހެން އެއް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ސުވާލެއް ކުރީމެވެ. ނަމަވެސް، އެ ސުވާލަކީ ސަރުކާރުން މާ ގަޔާވާނެ ސުވާލެއް ނޫނެވެ. ރުހޭނެ އަދި ޤަބޫލު ވާނެ ސުވާލެއް ވެސް ނޫނެވެ. ޚާއްސަކޮށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި އިޤްތިޞާދީ ވަޒީރު ސައީދުގެ އިތުރުން، ދާޚިލީ ވަޒީރު އަލީ އިޙުސާން އަދި ދެން ތިއްބެވި ބޭފުޅުން ވެސް ހިތްޕުޅާ ވާނެ ސުވާލެއް ނޫނެވެ. ސުވާލު ކުރުމުން، ޖަވާބު ދެއްވުމުގެ ކުރިން ވަޒީރު ސައީދު އަޅުގަނޑު ގާތު އެދުނީ، ގޮނޑި އަށް ދިޔުމަށެވެ. އަޅުގަނޑ ގޮނޑި އަށް ދިޔުމާއެކު، ވަޒީރު ސައީދު ވާހަކަ ދައްކަވަން ފެއްޓެވި އެވެ. ނަމަވެސް ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ. ވަޒީރު ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރެވޭނީ ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް ވަޒީރު ސައީދު އެކަން އޮޅުވާލެއްވީ ކަމަށާއި، ކުރިން ވިދާޅުވީ އެހެން ނޫން ކަމަށް، އަޅުގަނޑާ ޖެހިގެން ދިޔަ ނޫސްވެރިޔާ ވެސް ބުންޏެވެ.

ނޫސްވެރިޔާ ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި، ވަޒީރު ނުވަތަ ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން ދައްކަވަނީ ހުސް ބޭކާރު ވާާހަކަ އެވެ. ތަޅަނީ ހުސްއަނގަ އެވެ. ބައެއް ފަހަރު އިނގިރޭސި ބަހުން ވެސް، ޒާތް ޒާތުގެ މޮޅެތި ބަސްތައް ވިދާޅުވެ، ކުރާ ސުވާލަށް ޖަވާބު ނުދެއްވައި ނިންމަވާލައްވަނީ އެވެ. އާންމުކޮށް ސަރުކާރުން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިވޭ ލަފުޒެއް ވެސް ދަންނަވާލެވިދާނެ އެވެ. އެއީ"ޑެލިބަރޭޓްލީ" އެވެ. ކޮންމެ ސުވާލަކަށްފަހު، ވާހަކަ ދައްކަވަން ފައްޓަވާފައި، ދޭތެރެ އަކުން "ޑެލިބަރޭޓްލީ"އޭ ވިދާޅުވީމަ، އެއީ މާ މޮޅު ކަމެއް ހެއްޔެވެ؟ މި އުޅެނީ ވަޒީރުންގެ އިނގިރޭސި ފެންވަރު އިމްތިހާނު ކުރާކަށް ނޫނެވެ. ބޭނުންވާ ސުވާލު ތަކަށް ޖަވާބު ހޯދާށެވެ.

ހަމައެކަނި އެ ނޫސްވެރިންގެ ބައްދަލުވުމެއް ނޫނެވެ. "ދަމަކުން ބަޑިއެއް" ޖަހާހެން ސަރުކާރުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކަން ހިނގާ ގޮތަކީ މިއީ އެވެ. ނޫސްވެރިންގެ ސުވާލުތައް އިންތިހާ އަށް ގިނަ އެވެ. ޖަވާބު ބޭނުންވާ އެތައް ގިނަ ސުވާލުތަކެއް ނޫސްވެރިން ކުރަމުންދާއިރު، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުން ނުވަތަ ދެން ވެސް ތިއްބެވި ބޭފުޅުން އެ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުދެއްވަ އެވެ. އަނެހެން ދަންނަވާނަމަ، ފޮޅުވަތް އަޅާލެއްވުމަށްފަހު ޖަވާބު ނުދީ ދޫކޮށްލައްވަނީ އެވެ. އެކަމުގެ ކަންބޮޑުން ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، އަދި ސޯޝަލް މީޑިއާ ގައި ނޫސްވެރިން ފާޅު ކުރެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

11 އެޕްރީލު 2018
ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

05 ފެބުރުއަރީ 2018
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު