Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގައުމުގެ ހާލަތު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ނާއިބު ރައީސް ފްރޮންޓް ލައިނުގައި މަސައްކަތް ކުރައްވާ މަންޒަރެއް ނުފެނޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 5 ފެބުރުއަރީ 2018 | ހޯމަ 04:04
2016 އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން

2016 އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މުޅި ގައުމު ކެކި އަރައިގެން ދިޔަ އިރު ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާއި ކޯޑިނޭޓަރުން ކޮންމެ ދެ ގަޑި އިރުން ދެ ގަޑި އިރުން ކާ ބޭހެއްހެން "ސާބިތުކަން" ދެއްކުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

މިކަމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބައެއް ފަރާތްތަކުން މިކަމުގެ ތެރޭގައި ނޫޅުމެވެ. މީގެ ތެރެއިން ވެސް ނައިބު ރައީސް އަބްދުﷲ ޖިހާދު މިވަނީ މުޅިން މަންޒަރުން ގެއްލިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ހުންނާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ.

ނާއިބު ރައީސުގެ މަސްއޫލިއްޔަތެއް މާ ތަފްސީލީ މިންވަރަށް ބަޔާންކޮށްފައި ނުވި ނަމަވެސް، ރައީސް ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރައީސްގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކޮށް ރައީސްގެ މަގާމާ ހަވާލުވާންޖެހޭނީ ނާއިބު ރައީސެވެ.

ރާއްޖޭގެ ތާރީހުގެ ތެރެއިން ނާއިބު ރައީސުންނާ ގުޅިގެން ރައީސުން ކުރަންޖެހިފައި ވަނީ ވަރަށް ހިތި ތަޖުރިބާ އެކެވެ.

މި ސަރުކާރުގެ ތިން ވަނަ ނާއިބު ރައީސްގެ ގޮތުގައި ޖިހާދު އައްޔަނު ކުރެވުނު ނަމަވެސް ސަރުކާރަށް މިހާ މުހިއްމު ދަނޑިވަޅެއްގައި ޖިހާދު ނުފެންނަނީ ކީއްވެގެން ކަމެއް ނޭންގެއެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރުން ބާއްވާ ޕްރެސް ކޮންފްރެންސް ތަކުންނާއި އެއްވުންތަކުން ވެސް ނާއިބު ރައީސެއް ނުފެނެއެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސަރުކާރުގެ ދިފާއުގައި ނާއިބު ރައީސްގެ ދައުރެއް ނެތެވެ.

ނާއިބު ރައީސްގެ އިތުރަށް ބައެއް މިނިސްޓަރުން ވެސް އުޅުއްވަނީ މީޑީއާއާ ދުރުގައެވެ. އިރުއިރުކޮޅާ ޕީޕީއެމްގެ އޮފީހުގައި ބާއްވާ ޕްރެސްތަކުންނާއި ސަރުކާރަށް ތާއީދުކުރާ ޓީވީތަކުން ފެންނަނީ އެއް މޫނުތަކެކެވެ. އެގޮތުން ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވެސް މިހާރު ކުރިއަށްދާ ހަރަކާތްތަކުން އެއްވެސް ވަރަކަށް ނުފެނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި އޭދަފުށީ ދާއިރާގެ ވެސް މިހާރު އެއްވެސް ވަރަކަށް ނުފެނެއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)، އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ފަހު އަލުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކުއްޓި)ގެ އިތުރުން އެމްޑީއޭގެ މެންބަރު އަހްމަދު އާމިރު ވެސް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކުން ނުފެނެއެވެ. މީގެ އިތުރުން ކުރިން އެމްޑީޕީގައި ހުންނެވުމަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވެސް އެއްވެސް ވަރަކަށް ސަރުކާރުގެ ދިފާއުގައި ފްރޮންޓްލައިނަކުން ނުފެނެއެވެ.

ދޭތެރެއަކުން ޓްވީޓެއް ކުރެއްވި ނަމަވެސް ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ޕީޕީއެމް އިން ބާއްވާ ހަރަކާތްތަކުގެ ފްރޮންޓް ލައިނަކުން ނުފެނެއެވެ.

ހަގީގަތަކީ، މިހާލަތަކީ ސުޕްރީމް ކޯޓުގެ އަމުރެއް ތަންޒީފު ކުރުން ލަސްވެގެންދާ ކަމެވެ. އެހެން ނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އެމީހުންގެ ތާއީދު ރައީސަށް ދެއްކުމެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ގޮތުން މާކަ ގިނަ ވާހަކަތަކެއް އެފަރާތްތަކުން ދައްކަމުންދާ މަންޒަރެއް ނުފެނެއެވެ.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމާއި އަދި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. ފަހަރުގައި ފިއްލަވައިގެން އުޅުއްވާ ބޭފުޅުންނަށް މި މާއްދާގައި ބުނާ އެއްޗެއް ވިސްނިވަޑައިގަންނަވަނީ ކަމަށް ވެދާނެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
11 ފެބުރުއަރީ 2017

މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!

11 ފެބުރުއަރީ 2017
މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު