Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ލޮލު ރޯގާ

ލޮލު ރޯގާ އާ ބެހޭ ގޮތުން އިނގެނީ ކިހާ ވަރަކަށް؟

ލޮލު ރޯގާގެ މައިގަނޑު ދެ ވައްތަރެއް ހުރެއެވެ. އެއީ އިންފެކްޝަންގެ ސަބަބުން ޖެހޭ ލޮލުރޯގާ އާއި އިންފެކްޝަންގެ ސަބަބުން ނޫން ގޮތްގޮތުން ޖެހޭ ލޮލު ރޯގާއެވެ. އިންފެކްޝަންގެ ސަބަބުތައް ހަތަރު ބަޔަކަށް ބެހިގެންވެއެވެ. އެއީ ވައިރަލް، ބެކްޓީރިއަލް، ފަންގަލް އަދި ޕެރަސިޓިކް އިންފެކްޝަންއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 08:06
ލޮލު ރޯގާ ޖެހިފައިވާ މީހެއްގެ ލޮލުގައި މަޑުހެދިފައި

ލޮލު ރޯގާ ޖެހިފައިވާ މީހެއްގެ ލޮލުގައި މަޑުހެދިފައި

ލޮލަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު އަދި މުހިންމު އެއް ގުނަވަނެވެ. ނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ތިމާވެށީގެ ހާލަތު ބަދަލުވަމުން އަންނަ ވަރަކަށް، ލޮލަށް ޖެހޭ ބަލިތައް ވެސް އިތުރުވެއެވެ. މިގޮތުން، އެންމެ އާންމުކޮށް ފެންނަ އެއް ބައްޔަކީ ކޮންޖަންކްޓިވައިޓިސް ނުވަތަ ލޮލު ރޯގާއެވެ.

ލޮލުގެ ހުދުބައިގައި ހުންނަ ނާޒުކު ދުލިފަށުގައި (ކޮންޖަންކްޓިވާ ގައި) އުފެދޭ އިންފެކްޝަނެކެވެ. މި ބަލި ޖެހުމުން ހުންއައިސް، ލޮލުގެ ހުދުބައި ރަތްވެ، މަޑުލާ، އަދި ލޮލުން ފެންއައުމަކީ އާންމު ކަމެކެވެ. އަދި ބައެއް ފަހަރު ލޮލަށް އަލި އެޅުމުން ތަދުވުމާއި، ލޮލުގައި އެއްޗެއް ޖެހޭ ކަމުގެ އިހުސާސް ކުރެވުން ފަދަ ކަންކަން ދިމާވެއެވެ.

ލޮލުރޯގާ އަކީ ކުއްލި އަކަށް ޖެހޭ ވަރަށް ކުރު މުއްދަތެއްގެ ބައްޔަކަށް ވެދާނެއެވެ. މާނައަކީ 4 ހަފްތާއަށްވުރެ ކުރު މުއްދަތަކަށް ދެމިގެންދާ ބައްޔަކަށް ވެދާނެއެވެ. ނުވަތަ އެއަށް ވުރެ ދިގުލައިވެސް ހިނގައިދާނެއެވެ.  މާނައަކީ، 4 ހަފްތާއަށްވުރެ ގިނަ ދުވަހަށް ވެސް ދެމިގެން ގޮސްދާނެއެވެ. މި ބަލި  އެއް ލޮލަށް އެކަނި ނުވަތަ އެއްފަހަރާ ދެ ލޮލަށްވެސް ޖެހިދާނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ އެލަރޖީގެ ސަބަބުން 15% އާއި 40% އާ ދެމެދުގެ މީހުންނަށް އެލަރޖިކް ކޮންޖަންކްޓިވައިޓިސް ޖެހެއެވެ. ލޮލުރޯގާގެ އެހެން ބާވަތްތައް އެކި އުމުރުފުރާގެ މީހުންގެ މެދުގައި އުމުރުގެ ވަކި ދުވަސްވަރެއްގައި އާންމުކޮށް ފެނެއެވެ. މިއީ، ފިނިމޫސުމުގައި ހަމަ އާއްމު ރޯގާ (ކޮމަން ކޯލްޑް) އާއި ފްލޫ އާއްމުވާ ގޮތާ އެއްގޮތް ކަމެކެވެ.

ލޮލު ރޯގާ ޖެހޭ ބައިވަރު ސަބަބުތައް ހުރެއެވެ. ނަމަވެސް ލޮލުރޯގާ ޖެހޭ ސަބަބު ދެނެގަންނަން އެންމެ ފަސޭހަ ގޮތަކީ ލޮލުރޯގާގެ ވައްތަރު 2 ބަޔަކަށް ބަހާލުމެވެ. އެއީ އިންފެކްޝަންގެ ސަބަބުން ޖެހޭ ލޮލުރޯގާ އާއި އިންފެކްޝަންގެ ސަބަބުން ނޫން ގޮތްގޮތުން ޖެހޭ ލޮލު ރޯގާއެވެ.

އިންފެކްޝަންގެ ސަބަބުން ޖެހޭ ލޮލުރޯގާ ގައިން ގަޔަށް އަރާ، އަދި އަނެއް ލޮލަށްވެސް ޖެހިދާނެ އެވެ. މިއީ ލޮލު ރޯގާގެ އެންމެ އާއްމު ވައްތަރު ކަމަށް ވާތީ ވަރަށް ފަސޭހައިން މި ބަލި ފެތުރެއެވެ.

އިންފެކްޝަންގެ ސަބަބުތައް ހަތަރު ބަޔަކަށް ބެހިގެންވެއެވެ. އެއީ ވައިރަލް، ބެކްޓީރިއަލް، ފަންގަލް އަދި ޕެރަސިޓިކް އިންފެކްޝަންއެވެ. މީގެ ތެރެއިން ވެސް އެންމެ އާއްމީ ވައިރަލް އަދި ބެކްޓީރިއަލް ލޮލު ރޯގާ އެވެ. ފަންގަލް އަދި ޕެރަސިޓިކް ލޮލު ރޯގާ އާންމު ގޮތެއްގައި ފެތުރެނީ ވަރަށް މަދުންނެވެ.

އިންފެކްޝަންގެ ސަބަބުން ނޫން ގޮތްގޮތުން ޖެހޭ ލޮލު ރޯގާ އާއްމުކޮށް ޖެހެނީ އެހެން މީހުންގެ ކިބައިން، ޖަނަވާރުންގެ ކިބައިން، ނުވަތަ ތަޣައްޔަރުވެފައިވާ އެއްޗެހިން ނުވަތަ ތަންތަނުންނެވެ.

ލޮލު ރޯގާގެ ބައެއް ވައްތަރުތަކުން ރައްކާތެރިވެވިދާނެއެވެ. އަދި އެހެން ގިނަ ވައްތަރުތައް ޖެހުމުގެ ނުރައްކާތެރިކަން ކުޑަކުރެވިދާނެއެވެ. ލޮލުރޯގާ އިން ރައްކާތެރިވުމަށް ނުވަތަ އެ ބަލި ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ކުރެވިދާނެ އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި:

ލޮލަކީ އަހަރެމެންގެ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ގުނަވަނެއް ކަމުގައިވާތީ، އޭގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކުކުރެވޭނަމަ، ވީހާ ވެސް އަވަހަކަށް ޑޮކްޓަރަކަށް ނުވަތަ ޞިއްޙީ އެހީތެރިއަކަށް ދައްކައިގެން ފަރުވާ ހޯދަންވާނެއެވެ. މިކަމަށް ފަރުވާކުޑަކޮށް، ފަރުވާ ލަސްކުރުމުގެ ސަބަބުން ލޮލަށް ދާއިމީ ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްތަށިގަނޑު ރީތި ކުރުމާ ބެހޭ ގޮތުން ދައްކާ ބައެއް ވާހަކަތަކުގެ ހަގީގަތް

އިސްތަށިގަނޑު ރީތި ކުރުމާ ބެހޭ ގޮތުން ދައްކާ ބައެއް ވާހަކަތަކުގެ ހަގީގަތް

24 އޮކްޓޯބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

07 ޖެނުއަރީ 2025
ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

09 ޖޫން 2022
ކޮވިޑް ދެން ވާނީ އާދައިގެ ރޯގާއަކަށް: ވެކްސިން އުފެއްދި މާހިރުން

ކޮވިޑް ދެން ވާނީ އާދައިގެ ރޯގާއަކަށް: ވެކްސިން އުފެއްދި މާހިރުން

24 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު