Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
އިސްތަށި

އިސްތަށިގަނޑު ރީތި ކުރުމާ ބެހޭ ގޮތުން ދައްކާ ބައެއް ވާހަކަތަކުގެ ހަގީގަތް

އިސްތަށިގަނޑު ބެލެހެއްޓުމަށް ނަން ހުސްކޮށް އުފެއްދުންތައް ބާޒާރުގައި ގިނަވި ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި އެތަކެއްޗަށް ލެނބުމަކީ އެހާ މުހިންމު ކަމެއް ނޫނެވެ. ދުޅަހެޔޮ އިސްތަށިގަނޑެއް ލިބުމަކީ އަސާސީ ކަންތައްތައް ރަނގަޅަށް ކުރުމުން ލިބޭނެ ކަމެކެވެ.

ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2025 | ހުކުރު 19:23
ޝޭމްޕޫ އާއި ހެއާކެއާ ޕްރޮޑަކްޓްސް ފިހާރައެއް ގައި ވިއްކަން ބަހައްޓާފައި

ޝޭމްޕޫ އާއި ހެއާކެއާ ޕްރޮޑަކްޓްސް ފިހާރައެއް ގައި ވިއްކަން ބަހައްޓާފައި

ރީތި ދުޅަހެޔޮ އިސްތަށިގަނޑެއް ލިބުމަށް އެންމެން ވެސް އެދެއެވެ. އެކަމަށް ކޮންމެ ފަދަ ހޭދަ އެއް ކުރަން ޖެހުނަސް ތައްޔާރަށް ތިބޭ މީހުން މަދެއް ނޫނެވެ.

އިސްތަށިގަނޑުގެ އެކި ބާވަތުގެ ފަރުވާ އަކީ އެތައް ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތެކެވެ. ނަން ހުސްކޮށް ބޮލުގައި އުނގުޅާ ޝޭމްޕޫ އާއި ތެލާއި ޓޮނިކް ފަދަ ބާވަތްތައް ބާޒާރަށް އަބަދާ އަބަދު ތައާރުފް ކުރަމުން ގެންދާ އިރު ހަމަ ހަގީގަތުގައި ވެސް އިޝްތިހާރުތަކުގައި އެ ބުނާ ފަރުވާ އެ ތަކެތިން ލިބޭ ބާވައެވެ؟

ތަޖުރިބާކާރުން ދެކޭ ގޮތް ތަފާތެކެވެ. އެ މީހުން ބުނަނީ ޙަޤީޤަތަކީ، ދުޅަހެޔޮ އިސްތަށިގަނޑެއް ލިބުމަކީ ގިނަ ފައިސާ ހޭދަކުރުމާއި ނުވަތަ އުނދަގޫ އާދަތަކެއް ގެންގުޅުމާ ގުޅިފައިވާ ކަމެއް ވެސް ނޫނެވެ. އެއީ ވަރަށް އަދައިގެ ކަންތައްތައް ރަނގަޅަށް ކޮށްލުމާ ގުޅިފައި އޮތް ކަމެކެވެ.

އިނގިރޭސިވިލާތުގެ ޔޫކޭ ހެއަރ ކޮންސަލްޓަންޓްސް ގެ ޓްރައިކޮލޮޖިސްޓް އީވާ ޕްރައުޑްމަން އަދި ހެއަރ އެންޑް ސްކާޕް ކްލިނިކްގެ ޓްރޭސީ ވޯކާރ ވަނީ މިކަމާ ބެހޭ ގޮތުން ހަގީގަތްތައް ބީބީސީ އާ ހިއްސާ ކޮށްފައެވެ.

ފިނިފެނުން ބޯ ދޮވުމުން އިސްތަށިގަނޑަށް އޮފު އަރާނެތަ؟

ބައެއް މީހުން ބުނަނީ ފިނި ފެނުން ބޯ ދޮވުމުން އިސްތަށިގަނޑަށް އޮފު އަރާ އުޖާލާ ވާނެ ކަމަށެވެ. އެކަމަކު އޭގެ ހަގީގަތަކީ އެއީ އެ ނަތީޖާ އެ ގޮތައް ނުކުންނަ ކަމެއް ނޫނެވެ. ހޫނު އަދި އާދައިގެ ފެނުން ފެން ވެރިޔަސް އެންމެ ރަނގަޅެވެ. ޕްރައުޑްމަން ބުނާގޮތުގައި ފިނި ފެނުން އިސްތަށިގަނޑު ދޮވުމަކުން އިތުރު އެއްވެސް އޮފު ކަމެއް ނާންނާނެ އެވެ.

"ފިނި ފެނުން އިސްތަށިގަނޑު ދޮވުމުގެ ބޭނުމެއް ނެތެވެ. އެއީ އެއްވެސް ކަމެއް ވާނެ ކަމެއް ނޫނެވެ،" އޭނާ ބުނެފައިވެއެވެ. "މުހިންމު ކަމަކީ ކެމިކަލްތަކުންނާއި، ގަދަ ހޫނާއި އަދި ވަށައިގެންވާ މާޙައުލުން ތިބާގެ އިސްތަށިގަނޑު ރައްކާތެރި ކުރާނެ ގޮތެކެވެ."

އޭނާ އިތުރަށް ބުނެފައި ވަނީ، އިސްތަށިގަނޑު ވަރަށް ހޫނު ފެނުން ދޮވުމަކީވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެއީ އިސްތަށިތައް ހިކި، ބޮލުގެ ހަންގަނޑަށް ގެއްލުން ލިބިދާނެއަތީ އެވެ.

އެއްވެސް ބާވަތެއްގެ އުފެއްދުމަކުން އިސްތަށިގަނޑު ރަނގަޅެއް ނުކޮށްދޭނެ

އިސްތަށީގެ ކޮޅުތައް ކަފިވެ ހަލާކުވެފައި ހުންނަ މައްސަލައިގައި އެކި ބާވަތުގެ އުފެއްދުންތައް ބޭނުން ކޮށްގެން އެކަން ރަނގަޅު ކުރެވޭނެ ކަމަށް އުންމީދު ކުރާ މީހުންނަށް ބުނަން ޖެހެނީ، އެކަމުގައި އޮތް ހަމައެކަނި ޙައްލަކީ ބޯ ކޮށުން ކަމުގައެވެ.

ޕްރައުޑްމަން ބުނި ގޮތުގައި އިސްތަށީގެ ކޮޅު ކަފިވުމުން އެކަން ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ވޯކަރ ބުނެފައިވަނީ އިސްތަށީގެ ކޮޅު ހަލާކުވެފައި ހުންނަ އިރު މައިކްރޮސްކޯޕެއް ގެ އެހީގައި ބަލާއިރު އިސްތަށި ކަފި ވެފައި ހުންނަ ތައް ފެންނަ ކަމުގައެވެ.

"މާކެޓުގައި ހުންނަ އުފެއްދުން ތަކުން ކުރާ ކަމަކީ އެ ކަފިތައް އަލުން ތަތްކޮށްލުމެވެ. އޭރުން އިސްތަށިތައް ރީތި ކަމަށް ފެންނާނެއެވެ."

އޭނާ ބުނާ ގޮތުގައި މިއީ ވަގުތީ ޙައްލެކެވެ. އަދި އޭނާ ލަފާ ދެނީ މިފަދަ ޙައްލެއް ލިބިދާނެ ކަމަށް ބުނެ ބޮޑެތި އަގުތަކުގައި ވިއްކާ އުފެއްދުންތަކަށް ހޭދަކުރުމުން ދުރުހެލި ވުމަށެވެ.

ޕްރައުޑްމަން އިތުރަށް ބުނެފައި ވަނީ، ބޯ ކޮށުމުން އިސްތަށިގަނޑު އަވަހަށް ދިގުވާނެ ކަމަށް ދެކެވޭ ވާހަކަ އަކީ ވެސް ދޮގު ވާހަކައެއް ކަމަށެވެ.

"އިސްތަށިގަނޑު އަވަހަށް ދިގުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން އެކަން ކުރެވޭނެ ކަމަށް ބުނާ އެއްވެސް އުފެއްދުމެއްގެ ވާހަކަ އަކީ ވެސް ދޮގު ވާހަކަ އެކެވެ."

އިސްތަށިގަނޑު އަމިއްލަ އަށް އޭގެ ޒާތުގައި ސާފެއް ނުވާނެ

އިސްތަށިގަނޑަކީ އަމިއްލަ އަށް އޭގެ ޒާތުގައި ސާފުވާ އެއްޗެެއް ކަމަށް ބުނާ މީހުންނާ ދިމާވެދާނެއެވެ. މިފަދަ ވާހަކަތައް ގަބޫލު ކޮށް ބޯ ދޮވުން މަދު ކޮށް ނުވަތަ އެއް ގޮތަކަށް ވެސް ބޯ ނުދޮވެ ބައެއް މީހުން ތިބެދާނެއެވެ.

ނަމަވެސް ޕްރައުޑްމަން ބުނާގޮތުގައި މިފަދަ ވާހަކަތައް އަހައިގެން ބޯ ނުދޮވެ އުޅުމަކީ އެއް ގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ.

"އިންސާނެއްގެ ބޮލުގައި ގާތްގަނޑަށް 180,000 ތެޔޮ އުފައްދާ ގްލޭންޑް ހުރެއެވެ. އަދި ދޭތެރެ ދޭތެރެއިން ބޯ ނުދޮންނަ ނަމަ އެ ގްލޭންޑްތަކަށް ހިރަފުހާއި ކުނި ޖަމާވާނެ އެވެ."

ވޯކަރ ވެސް މި ވާހަކަ އަށް އެއްބަސްވެ އެވެ. އަދި އޭނާ މިކަމުގެ ހަގީގަތް އޮތް ގޮތް ކިޔައިދެމުން ބުނެފައި ވަނީ މިސާލަކަށް ހަމައެކަނި ފެނުން އަންނައުނުގައި ހުންނަ ތެލާއި ހަޑިތައް ފިލައިގެން ނުދާނެ ކަމަށެވެ. އެކަމަށް ސައިބޯނި ބޭނުން ވާނެ ކަން އޭނާ ފާހަގަ ކުރިއެވެ.

އިސްތަށިގަނޑު ގަވާއިދުން ނުދޮވެ ހުރުމުން ވަސްދުވުމާއި، ބޮލުގެ ހަންގަނޑުގެ ޙާލަތު ގޯސްވެދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭގެ ސަބަބުން ބޯ ހިރުވައި، ހަންފޮޅުން ދިމާވެދާނެ ކަމަށް އެނާ ބުންޏެވެ. އެއީ "ބޮލުގައި ތެޔޮ ހިލެން ދޫކޮށްލުމުން ފަންގަސް އާއި ބެކްޓީރިއާ ބޮލުގައި އުފެދޭނެ." އަތީ ކަމަށް އޭނާ ބުންޏެވެ.

ޕްރައުޑްމަން ލަފާދެނީ، ބޮލުގައި ވަރަށް ބޮޑަށް ތެޔޮ ހިލޭ ނަމަ ނުވަތަ ބޮލުގައި ވަރަށް ގިނަ އެއްޗެހި އުނގުޅާ ހަދާ ނަމަ، ކޮންމެ ދެ ދުވަހަކުން އެއްދުވަހު ބޯ ދޮވުމަށެވެ.

ހަޑަރސްފީލްްޑް ޔުނިވަރސިޓީގެ ފާމަސިއުޓިކަލް އެނަލިސިސްގެ ޕްރޮފެސަރ ލޯރާ ވޯޓަރސް ބުނާ ގޮތުގައި، ބޮލުގައި ވަރަށް ބޮޑަށް ތެޔޮ ހިލޭ މީހުން ގަދަޔަށް ބޯ ދޮވުމުން އޭގެ ފައިދާ ކުރި ނަމަވެސް، އިސްތަށިގަނޑު ހިކިފައި ހުންނަ މީހުންނަށް ސަލްފޭޓް ނުހިމެނޭ ޝެމްޕޫ އެއް ބޭނުން ކުރުމަށް ވިސްނިދާނެއެވެ. މިފަދަ ޝެމްޕޫ އަގުބޮޑު ނަމަވެސް އިސްތަށިގަނޑުގައި ހުންނަ މަދު ތެޔޮކޮޅު ގެއްލިގެން ނުދާނެއެވެ.

ޑްރައި ޝެމްޕޫ އަކީ ބޯ ދޮވުމުގެ ބަދަލުގައި ބޭނުން ކުރެވޭ އެއްޗެއް ނޫން

ބޯ ދޮވެ، ހިއްކައި ހެދުމަކީ ބައެއް މީހުންނަށް ފަސޭހަ ކަމެއް ނޫން ކަމަށް ވެއެވެ. ޚާއްސަ ކޮށް ހުޅަނގުގެ ގައުމުތަކުގައި މިކަން މި ގޮތައް ދެކި، މަސައްކަތާއި، ކަސްރަތާއި އަދި އިޖްތިމާޢީ ޙަރަކާތްތަކުގެ ތެރޭގައި އުޅެމުން، ބައެއް މީހުން ޑްރައި ޝޭމްޕޫ ނުވަތަ ހިކި ޝެމްޕޫ ބޭނުން ކުރަނީ އަވަސް ޙައްލެއްގެ ގޮތުގައި، ބޯ ނުދޮވެ އިސްތަށިގަނޑު ތާޒާ ކުރުމަށެވެ.

ޕްރައުޑްމަން ބުނާގޮތުގައި ހިކި ޝެމްޕޫ ބޭނުން ކުރުމަކީ "އެއްވެސް މައްސަލައެއް ނެތް" ކަމެކެވެ. ނަމަވެސް އެއީ ބޯ ދޮވުމުގެ ދޭތެރެ ދެމެދުގައި އެންމެ ފަހަރަކު ބޭނުން ކުރާ ނަމަ އެވެ.

މީގެ މައްސަލަ ދިމާވަނީ ދިޔާ ޝެމްޕޫން ނުދޮވެ ގިނަ ދުވަސްތަކެއް ވަންދެން ޑްރައި ޝޭމްޕޫ ބޭނުން ކުރާ ނަމައެވެ.

"ބޮލުގައި އުފެދޭ ޠަބީޢީ ތެޔޮ، ޑްރައި ޝެމްޕޫ އާ މައްސުނިވެ، ފަންގަސް އެ އެއަށް ޖަމާވެފައިވާ ތަކެތިން ކާނާ ހޯދާނެ އެވެ،" ޕްރައުޑްމަން ބުނެފައިވެއެވެ.

"ފަރުވާތެރި ނުވެއްޖެ ނަމަ، ބޮލުން ހަންފޮޅި ހިރުވަން ފަށާނެއެވެ."

އެންމެ ފަހުން އޭނާގެ ލަފާ އަކީ، މޫނު ބަލަހައްޓާ ފަދައިން ބޯ ބެލެހެއްޓުމަށް އަހައްމިއްޔަތުކަން ދިނުމެވެ - އެއްވެސް މީހަކު މޫނުގައި ކުރާ މޭކަޕް ނުފޮހެ، އަދި މޫނު ނުދޮވެ، އޭގެ މައްޗަށް އިތުރު މޭކަޕް ކުރަމުން ނުދާނެ ކަމަށް ޕްރައުޑްމަން ބުނެފައިވެ އެވެ.

އިސްތަށިގަނޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

07 ޖެނުއަރީ 2025
ލޮލު ރޯގާ އާ ބެހޭ ގޮތުން އިނގެނީ ކިހާ ވަރަކަށް؟

ލޮލު ރޯގާ އާ ބެހޭ ގޮތުން އިނގެނީ ކިހާ ވަރަކަށް؟

15 ސެޕްޓެމްބަރު 2024
ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

09 ޖޫން 2022
ރީތިކަން ދެމެހެއްޓުމަށް ކަޅުދިރި ތެޔޮ

ރީތިކަން ދެމެހެއްޓުމަށް ކަޅުދިރި ތެޔޮ

14 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު