ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 16:29
ޒުވާނާގެ ލޮލުގެ ރެޓިނާގެ ލޭނާރުތަކަށް ލިބިފައިވާ ގެއްލުން
ޒުވާނާގެ ލޮލުގެ ރެޓިނާގެ ލޭނާރުތަކަށް ލިބިފައިވާ ގެއްލުން
އޭޝިއާވަޔަރ
ސްމާޓް ފޯން
މުޅި ދުވަހު ފޯނުން ގޭމް ކުޅުނު ޒުވާނެއްގެ އެއް ލޮލުގެ ފެނުން ގެއްލިއްޖެ!
 
ލޮލުގެ ފެނުން އިއާދަވެދާނެ ކަމެއް ޑޮކްޓަރުންނަކަށް ބުނާކަށް ނޭނގޭ

ހުއްޓާ ނުލާ ސްމާޓް ފޯނުން ގޭމް ކުޅުމުގައި އުޅުނު ޒުވާނެއްގެ އެއް ލޮލޮގެ ފެނުން ގެއްލިއްޖެ އެވެ.

ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް އުމުރުން 21 އަހަރުގެ ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޫ ޝިއާއޯޖިންގ ބުނީ އޭނާގެ ކަނާތު ލޮލަށް މިހާރު ނުފެންނަ ކަމަށާއި، އެކަން ދިމާވީ އެއް ދުވަހު ހަތަރު ދަމު ފޯނުން ގޭމް ކުޅުނު ފަހުން ކަމަށެވެ.

ޗައިނާގެ ހުޅަނގު އުތުރު ގެ ޝާންޒީ ޕްރޮވިންސްގެ ޗާންގަން ސިޓީއަށް ނިސްބަތްވާ މި ޒުވާނާ ކިޔައިދިން ގޮތުގައި، ހަފްތާ ބަންދުގައި ހުރިހާ ވަގުތެއް ހޭދަ ކުރަނީ ފޯނުން ގޭމް ކުޅުމަށް ކަމަށާއި އޭގެ އިތުރުން ހަފްތާގެ އެހެން ދުވަސްތަކުގައިވެސް ލިބޭ ކޮންމެ ވަގުތެއްގައި ފޯނުން ގޭމް ކުޅުން ނޫން ކަމެއް ނުކުރާ ކަމަށެވެ.

އެކައުންޓަންޓްސް ދާއިރާއިން ތަމްރީން ހޯދާފައިވާ މި ޒުވާނާ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔައީ، ކަނާތު ލޮލުގެ ފެނުން ކުއްލިއަކަށް ގޯސްވުމުންނެވެ.

ޑޮކްޓަރުން އޭނާގެ ލޯ ބެލުމަށްފަހު ލޮލަށް ދިމާވި މައްސަލަ ކަމަށް ބުނެފައިވަނީ "ރެޓިނަލް އާޓެރީ އޮކްލޫޝަން" ކަމަށާއި އެއީ ލޯ ވަރުބަލި ވުމުގެ ސަބަބުން ކުރިމަތިވާ ބައްޔެއް ކަމަށެވެ.

ފޯނުން ވީޑިއޯ ގޭމް ކުޅުމަށް މޮޔަވެފައިވާ މި ޒުވާނާ ބުނީ އާއްމު ދުވަހެއްގައި ހެނދުނު 6:30 ގައި ހޭލުމަށްފަހު ނާސްތާ ކޮށްލައިގެން ފޯނު ހިފައިގެން ޖައްސާލަނީ ގޭމް ކުޅެން ކަމަށެވެ. އެ ޖައްސާލާ ގޮތައް ތެދުވަނީ އެއްޗެއް ކާލާން ހަވީރު ހަތަރެއް ޖެހުމުން ކަމަށެވެ. ދެން ކުޑަކޮށް ޖައްސާލުމަށްފަހު އަނެއްކާވެސް ފަށަނީ ގޭމް ކުޅެއް ކަމަށާއި، މެންދަމު ދޭއް ޖަހަންދެން އިންނަނީ ފޯނުން ގޭމް ކުޅެން ކަމަށެވެ.

ވޫ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ލޮލުގެ ފެނުން އިއާދަވެދާނެ ކަމެއް ޑޮކްޓަރުންނަކަށް ބުނާކަށް ނޭނގޭ

އިނގިރޭސިވިލާތުގެ ސަން އިން ގެނެސްދީފައިވާ މި ޚަބަރުގައި ބުނެފައިވަނީ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މި ޒުވާނާ އަށް ޑޮކްޓަރުން ގެންދަނީ ފަރުވާ ދެމުން ކަމަށާއި، ނަމަވެސް އޭނާގެ ލޮލުގެ ފެނުން އަނބުރާ ލިބިދާނެ ކަމާ މެދު އެއްޗެއް ބުނަން ޑޮކްޓަރުންނަށް ނޭނގޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
9%
91%
0%
0%
0%
ކޮމެންޓް