Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
މޫސުމީ ރޯގާއާއި ހުން

މޫސުމީ ރޯގާއާއި ހުން ބާރަށް ފެތުރެނީ- ސަމާލުވޭ!

ހައްޖުން މީހުން އެނބުރި އަންނަން ފެށުމާއި އެކު މޫސުމީ ރޯގާ ހަލުއިކަމާއެކު ދަނީ ފެތުރެމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 06:18
މިއަހަރުގެ ކުރީކޮޅު ފެތުރުނު އެޗްވަންއެންވަން އަށް ޓެސްޓްކުރުމަށް އޭޑީކޭގައި ހެދި ފުލޫ ކުލިނިކަށް ދެއްކުމަށް ކިއު ހަދައިގެން ތިބިބައެއް

މިއަހަރުގެ ކުރީކޮޅު ފެތުރުނު އެޗްވަންއެންވަން އަށް ޓެސްޓްކުރުމަށް އޭޑީކޭގައި ހެދި ފުލޫ ކުލިނިކަށް ދެއްކުމަށް ކިއު ހަދައިގެން ތިބިބައެއް

ހައްޖު މޫސުމަށް ފަހު ހައްޖުވެރިން އެނބުރި އަންނަން ފެށުމާއިއެކު، މި ދުވަސްވަރާއި ދިމާކޮށް ރާއްޖޭގައި ވެސް އަރިދަ ފުސް ރޯގާއާއި ވައިރަލްހުމުގެ އިތުރުން އެހެނިހެން އާއްމު ބަލިތައް ފެތުރިގެންދެއެވެ.

ހައްޖުވެރިން އެނބުރި އަންނަންފެށުމާއިއެކު، މިދުވަސްވަރު އަނެއްކާ ވެސް ރާއްޖޭގައި މިވަނީ ހަލުވިކަމާއިއެކު ހުމާއި،ބޭރަށް ހިންގުމާއި، އަރިދަފުސް ރޯގާގެ ބަލިމަޑުކަން ފެތުރެން ފަށާފައެވެ. އެހެންކަމުން މިކަމަށް ރައްޔިތުން ހޭލުންތެރިވެ ތިބުން މުހިއްމެވެ. ޚާއްސަކޮށް މިފަދަ އާއްމު ބަލިތަކުގެ މައުލޫމާތު ފުރިހަމައަށް އެނގުން ވަރަށް މުހިއްމެވެ.

އެގޮތުން މި ބަލާލަނީ އަރިދަފުސް ރޯގާ ފެތުރެން މެދުވެރިވާ ސަބަބާއި ޖެހުމުން ދިފާއުވެ، އަދި ރަށްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަށެވެ.

އާންމުގޮތެއްގައި މީހުންގިނަ ތޮށްޖެހިގެން މީހުން ދިރިއުޅޭ، ވައިބަދަލުނުވާނޭހެން ބެދިފައި ހުންނަ ތަންތަނުގައި، އަރިދަފުސްރޯގާ ފެތުރޭ މިންވަރު އަވަސްވެފައި އިތުރެވެ. އަދި ދެމޫސުން ދޭތެރެ އާއި، ފިނިމޫސުމާއި، ފިނި މާހައުލު ތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި، ބަލި ފެތުރޭލެން އަވަސްވެފައި އާންމެވެ. އެގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް އެތައްލައްކަ ބަޔަކު ދުނިޔޭގެ އެކި ހިސާބުތަކުން އެއްތަނަކަށް ޖަމާވެއެވެ. އަދި އެކަމުގެ ސަބަބުން ގައިންގަޔަށް އަރާބަލިތައް ފެތުރުމަށް މަގުފަހިވެދެއެެވެ. އަދި އެ ބިމުގެ ހޫނުކަމާއި ހަނަފަސްކަމުގެ ސަބަބުން މި ބަލި އިތުރަށް ފެތުރުމަށް މަގުފަހިކުރުވައެވެ. ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި އަހަރުގެ އެކި ދުވަސްވަރު މޫސުމީ އަރިދަފުސް ރޯގާ ފެތުރެމުން ދެއެވެ. އެގޮތުން ކޮންމެ މޫސުމެއްގައި ޖެހޭ ރޯގާގެ ވައިރަސް އަދި އެވައިރަސްގެ ސްޓްރެއިން ގެ ވައްތަރު ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ.

މިސަބަބާ ހުރެ މޫސުމީ އަރިދަފުސް ރޯގާ ޖެހުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް އޮވެދާނެ އެވެ. އާންމު ގޮތެއްގައި ދުޅަހެޔޮ ޞިއްޙަތު ރަގަޅު މީހުންނަށް މޫސުމީ އަރިދަފުސް ރޯގާ ޖެހުނު ނަމަވެސް މާބޮޑު އުދަނގޫތަކެއް ނުވެދާނެ އެވެ. އަދި ބޭހެއް ބޭނުން ކުރުމަކާ ނުލައި އޭގެ ޒާތުގައި ރަގަޅުވެސްވެއެވެ.

ފެތުރޭގޮތް:

މޫސުމީ އަރިދަފުސް ރޯގާ ވެސް ފެތުރެނީ އާންމުކޮށް ޖެހޭ އަރިދަފުސް ރޯގާއެކޭ އެއްގޮތަށެވެ. އެގޮތުން މިބަލި ފެތުރެނީ ކެއްސާ ކިނބި އަޅާ ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ތަކެތި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުންނާއި، ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި އެއްޗެއްގައި އަތްލުމަށް ފަހު އެއަތްނުދޮވެ، އަނގަޔަށް ނުވަތަ ނޭފަތަށްލުން، ނުވަތަ ލޮލުގައި އަތްލުން ފަދަ ކަމެއް ކުރުމުގެ ތެރޭގައެވެ.

ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށް ފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން މޫސުމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 3-1 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. އަދި އެހެން މީހުންގެ ގައިންގަޔަށް ބަލި އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ 1 ދުވަސް ކުރިންނާއި އަލާމާތްތައް ފެނުމަށް ފަހު 7-5 ދުވަހާއި ދެމެދުގެ މުއްދަތުގައި ހޭދަވާ ދުވަސްތަކުގައެވެ. ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހަކަށް ބަލިޖެހިއްޖެނަމަ ބަލި ފަތުރާ މުއްދަތު ދިގުވެގެން ދިއުން އެކަށީގެންވެއެވެ. މިސާލަކަށް ކުޑަކުދިންނަށް މިމުއްދަތު 10 ދުވަހަށް ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ.

އަލާމާތްތައް: އަރިދަފުސް ރޯގާގެ އަލާމާތްތަކާއި ވަރަށް އެއްގޮތެވެ. އެގޮތުން ބަލިމީހާގެ ފުށުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ހުންވައްތަރުވުން، ހީކެރުވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ވަރުބަލިވުން ، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ނޭފަތް ބެދުން، ކަރުތެރެ ހަލާކުވެ ފާރުވުން، ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް މީހުންނަށް ޚާއްޞަކޮށް ކުޑަކުދިންނަށް ހޮނޑުލުމާއި ބޭރަށްހިންގުން ކުރިމަތިވެއެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް·

ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން: އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލިމީހުން ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ.

ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން: ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުން ކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ.

ލޯ،އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން: އާންމު ގޮތެއްގައި ތަފާތު ޖަރާސީމްތައް ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމްއާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ، އެއަތް ނޭފަތް ނުވަތަ ލޯ ނުވަތަ އަނގަޔަށް ލުމުންނެވެ.

ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން: ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. ގައިގޯޅިވެއުޅުން ނުވަތަ ބަލިމީހާގެ ކައިރީގައި އުޅުން ކަމުގައި ބެލެވެނީ ބަލިމީހާ އާއި 1މީޓަރުގެ ކައިރި އިމެއްގެ ތެރޭގައި ހޭދަކުރާނަމަ އެވެ. ބަލިޖެހިފައިވާ މީހުންނާއި ގާތްގަނޑަކަށް 7 ދުވަހުގެ މުއްދަތަށް ދުރަށް ދިއުން ރަގަޅެވެ.

ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ.

ޞިއްޙީ ރަގަޅު އެހެނިހެން އާދަތައް ހިފެހެއްޓުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ.

ޖުމްލަގޮތެއްގައި ގެއާއި ގޯތިތެރެ އަދި އަމިއްލަ ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދިނުމަކީ ތިމާއަށާއި އެހެން މީހުންނަށް ރޯގާ ފެތުރުނަ ނުދިނުމަށް އެޅިދާނެވަރަށް މުހިއްމު ފިޔަވަޅުތަކެވެ. އަދި ރޯގާ ޖެހުމުންނާއި ޖެހުމުގެ ކުރީންވެސް ތާޒާ ކާތަކެތި އަަދި ކެއުމުގައިވެސް ތާޒާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނުމަށް އާދަކުރަންވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

10 ޖޫން 2018
ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟

ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟

27 މެއި 2018
ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

26 މާރިޗު 2018
ހަނިމާދޫގައި ޑެންގީ ހުން ޖެހޭ މީހުން އިތުރުވަނީ

ހަނިމާދޫގައި ޑެންގީ ހުން ޖެހޭ މީހުން އިތުރުވަނީ

15 ޖެނުއަރީ 2018
މަދިރި ބައެއް މީހުންނަށް ދޯޅުވަނީ ކީއްވެ؟

މަދިރި ބައެއް މީހުންނަށް ދޯޅުވަނީ ކީއްވެ؟

24 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު