Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 15:52
ހެލްތް މިނިސްޓަރު ހަލީލު - ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް ދެން ހިނގާނީ ހެލްތް މިނިސްޓްރީގެ ދަށުން
ހެލްތް މިނިސްޓަރު ހަލީލު - ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް ދެން ހިނގާނީ ހެލްތް މިނިސްޓްރީގެ ދަށުން
ހެލްތު މިނިސްޓްރީ
ސަރުކާރު ހިންގުން
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް
ކުރިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިނގަމުން އައީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ.

ކުރިން މި އޮފީސް ހިނގަމުން އައީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

Advertisement

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ވަނީ ބުދަ ދުވަހުން ފެށިގެން އެ ބަދަލު ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ކަމުގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުން މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލު ކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެގޮތައް ލަފާދީފައިވާތީ ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް