Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ-ރާއްޖެ ގުޅުން

ރައީސް މުއިއްޒު ކުއްލި ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވަނީ

މިހާރު ކުރިއަށްދަނީ މި ދަތުރުފުޅު ކުރެއްވުމަށް އެންމެ ރަނގަޅު ތާރީޚަކީ ކޮބައިތޯ މަޝްވަރާކުރުމުގެ މަސައްކަތް

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2024 | އަންގާރަ 10:38
ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި

ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ދަތުރުފުޅު ކުރެއްވުމަށް އެންމެ ރަނގަޅު ތާރީޚަކީ ކޮބައިތޯ މަޝްވަރާކުރުމުގެ މަސައްކަތްކަމަށެވެ.

Advertisement - newsAdvertisement

ދަތުރުގެ ތާރީޚު ކަނޑައަޅާނީ ދެ ޤައުމުގެ އިސްވެރިންނަށް އެންމެ ފަސޭހަ ތާރީޚަށް ބެލުމަށް ފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި އިންޑިއާ އާ ދެކޮޅަށް އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުންރާއްޖޭގައި ހިންގި ކެމްޕޭންގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ގެންދަވަނީ އިންޑިއާ އާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ވެރިކަމަށް ވަޑައިގަތްފަހުންވެސް، ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އިސް ބައެއް ފަރާތްތަކުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ހަޑިހުތުރު ބަހުން ވަރަށް ބޮޑަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކާ އެކު ދެގައުމުގެ ގުޅުމަށް ހީނަރުކަން އައިސް ރާއްޖެއަށް އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދުވެސް ބޮޑު ތަނުން ދަށަށް ގޮސްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޮޑުވަޒީރު ކަމުގެ މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ޑރ. މުއިއްޒު އިންޑިއާ އަށް އަވަސް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަ ކޮށްފައިވާ މި ދަނޑިވަޅަކީ، ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. ދަރަނި ނުދެއްކި ރާއްޖެ ބަނގުރޫޓްވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރޭޓިން އޭޖެންސީ ފިޗުން ދީފައިވާއިރު، ބޭރުގެ ދަރަނި ރާއްޖޭން އެންމެ ގިނައިން ނަގާފައިވާ ދެ ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އަނެއް ގައުމަކީ ޗައިނާއެވެ.

މި ދެގައުމުން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހަދައިދޭނެ ކަމުގެ "ފެހި ސިގްނަލް" ލިބިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް އެކަންކަން ހަމަ ޖެހުނުކަމެއް ސަރުކާރުން ބުނެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު