Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

ބެލެންޑިއޯ ނޮމިނޭޝަންގައި ނުހިމެނުމުން ދެރަވެ، ހައިރާންކަން ލިބުން: ރޮޑްރީގޯ

އެވޯޑަށް ނޮމިނޭޓުވެފައި ތިބި އެހެން ކުޅުންތެރިންނަށް ދެރަ ބަހެއް ބުނަން ބޭނުން ނުވާ ކަމަށާއި، އިޙުތިރާމް ކުޑަ ކުރަން ބޭނުން ނުވާކަން ފާހަގަކޮށް ރޮޑްރީގޯ ބުނީ، އެވޯޑުގެ ނޮމިނޭޝަންގައި އޭނާ ހިމެނެން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2024 | އަންގާރަ 04:51
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ރޮޑްރީގޯ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ރޮޑްރީގޯ

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑުގެ 30 ކުޅުންތެރިންގެ ނޮމިނޭޝަންގެ ތެރޭގައި އޭނާ ނުހިމެނުމުން ހައިރާންވި ކަމަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ ބުނެފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ބެލެންޑިއޯ އެވޯޑަށް ނޮމިނޭޓުވެފައިވާ 30 ކުޅުންތެރިން ނަންތައް އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި އުމުރުން 23 އަހަރުގެ ރޮޑްރީގޯ ނުހިމެނެ އެވެ. އޭނާގެ އިތުރުން ވެސް ބައެއް އެހެން ކުޅުންތެރިން އެވޯޑުގެ ނޮމިނޭޝަންގައި ނުހިމެނެ އެވެ. އޭގެ ތެރޭގައި ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙުގެ އިތުރުން، މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރޫނޯ ފެނާންޑޭސް ފަދަ ކުޅުންތެރިން ވެސް ހިމެނެ އެވެ.

އެވޯޑަށް ނޮމިނޭޓުވެފައި ނުވާތީ، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮޑްރީގޯ ބުނީ ބެލެންޑިއޯ އެވޯޑުގެ ނޮމިނޭޝަންގައި އޭނާގެ ނަން ހިމަނާފައި ނެތުމުން ދެރަވި ކަމަށެވެ. ރޮޑްރީގޯ ޤަބޫލު ކުރާ ގޮތުގައި ބެލެންޑިއޯ އެވޯޑުގެ ނޮމިނޭޝަނުން އޭނާ އަށް ޖާގަ ލިބެން ޙައްޤެވެ. އެވޯޑަށް ނޮމިނޭޓުވެފައި ތިބި އެހެން ކުޅުންތެރިންނަށް ދެރަ ބަހެއް ބުނަން ބޭނުން ނުވާ ކަމަށާއި، އިޙުތިރާމް ކުޑަ ކުރަން ބޭނުން ނުވާކަން ފާހަގަކޮށް ރޮޑްރީގޯ ބުނީ، އެވޯޑުގެ ނޮމިނޭޝަންގައި އޭނާ ހިމެނެން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

އެކަމުން ހައިރާން ކަމެއް ލިބުނުކަން ފާހަގަކުރަމުން ރޮޑްރީގޯ ބުނީ، އެކަމާ އޭނާ އަށް ކުރެވޭނެ އެެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ އަކީ އެ ނިންމުންތައް ނިންމާ މީހާ ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް ރޮޑްރީގޯ ބުނީ، ރެއާލާ އެކު ގިނަ ތަށިތަކެއް ކާމިޔާބު ކޮށްފައިވާނެ ކަމަށާއި، ދެން ވެސް ބޭނުން ވަނީ އެ ކުލަބާ އެކު ކާމިޔާބު ހޯދުމަށް ކަމަށެވެ. ރެއާލް މެޑްރިޑަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށާއި، އޭނާ ހިތްވަރު ހޯދަނީ އެކަމުން ކަމަށް ވެސް ރޮޑްރީގޯ ބުންޏެވެ. ކޮންމެ ދުވަހަކު ވެސް އޭނާ މަސައްކަތް ކުރަމުން އަންނަނީ، އެންމެ މޮޅު ކުލަބުގެ އެންމެ މަތީ ފަންތީގައި ހުރުމަށް ކަމަށް ރޮޑްރީގޯ ވަނީ ބުނެފަ އެވެ.

ރޮޑްރީގޯ ވަނީ ރެއާލާ އެކު މިދިޔަ ސީޒަންގައި ސްޕެނިޝް ލީގު، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ރެއާލްގައި އޭނާ މޮޅު ކުޅުމެއް ދައްކާފައިވާއިރު، ރޮޑްރީގޯ ވަނީ އެ ކުލަބަށް ކުޅެދިން 51 މެޗުގައި 17 ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2024

ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!

30 އޮކްޓޯބަރު 2024
ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!
29 އޮކްޓޯބަރު 2024

ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ

29 އޮކްޓޯބަރު 2024
ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ރޮޑްރީ
24 އޮކްޓޯބަރު 2024

ބެލެންޑިއޯ ކާމިޔާބު ކުރާނީ ވިނީޝިއުސް: އަންޗެލޮޓީ

24 އޮކްޓޯބަރު 2024
ބެލެންޑިއޯ ކާމިޔާބު ކުރާނީ ވިނީޝިއުސް: އަންޗެލޮޓީ
28 އޯގަސްޓު 2024

ދަނޑުން ފޭބީ ރޮމުން، މުޅި ޓީމު ދެރަވެފައި

28 އޯގަސްޓު 2024
ދަނޑުން ފޭބީ ރޮމުން، މުޅި ޓީމު ދެރަވެފައި
25 ޖޫން 2024

ޙާލު ދެރަވެެ، ބާކާ އަށް އައިސީޔޫގައި ފަރުވާ ދެނީ

25 ޖޫން 2024
ޙާލު ދެރަވެެ، ބާކާ އަށް އައިސީޔޫގައި ފަރުވާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު