Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑު ޤައުމީ ޓީމު

ޓީމުން ބާކީވުމުން މެގުއާ ދެރަވެއްޖެ!

8 ޖޫން 2024 | ހޮނިހިރު 05:43

މެގުއާ ބުނީ އޭނާ އަށް ލިބިފައިވާ އަނިޔާ އިން އަރައި ގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި، ނަަމަވެސް އަނިޔާ އިން ރަނގަޅު ނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2024 | ހޮނިހިރު 05:43
އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ

އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް އިންގްލެންޑުން އެކުލަވާލި ސްކޮޑުން ފުރުސަތު ގެއްލުމުން ދެރަވެއްޖެ ކަމަށް، އެ ޓީމުގެ ޑިފެންޑަރު ހެރީ މެގުއާ ބުނެފި އެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް އެކުލަވާލި 33 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުން މެގުއާ އަށް ފުރުސަތު ދިނެވެ. ޔޫރޯ އަށް އެކުލަވާލަން ޖެހެނީ 26 ކުޅުންތެރިންގެ ސްކޮޑަކަށްވާއިރު، ހަތް ކުޅުންތެރިޔަކު ވަނީ ޓީމުން ބާކީ ކޮށްފަ އެވެ. އެއީ މެގުއާގެ އިތުރުން، ޖޭމްސް މެޑިސަން، ޖެކް ގްރީލިޝް، ޖެރާޑް ބްރެންޓްވައިޓް، ޖޭމްސް ޓްރަފޯޑް، ކާޓިސް ޖޯންސް އަދި ޖަރެލް ކުއަންސާ އެވެ.

މެގުއާ ސްކޮޑުން ބާކީ ކުރަން ނިންމުމުން އޭނާ ބުނީ، ޔޫރޯ އަށް އިންގްލެންޑުން އެކުލަވާލި ސްކޮޑުން ފުރުސަތު ނުލިބުމުން އިންތިހާ އަށް ދެރަވާ ކަމަށެވެ. މެގުއާ ބުނީ އޭނާ އަށް ލިބިފައިވާ އަނިޔާ އިން އަރައި ގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި، ނަަމަވެސް އަނިޔާ އިން ރަނގަޅު ނުވާ ކަމަށެވެ. މެގުއާ ފާހަގަ ކުރި ގޮތުގައި އެކަން ޙާސިލު ކުރުމަށް، އޭނާގެ އަމިއްލަ ނަފްސަށް މާބޮޑަށް ބާރުއެޅުނީ ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މެގުއާ ބުނީ، އަމިއްލަ ޤައުމު ތަމްސީލު ކުރުމަކީ އޭނާ އަށް ލިބޭ އެންމެ މަތީ ޝަރަފު ކަމަށެވެ. އެއީ އޭނާ އަށް ހުރިހާ މާނައެއްގައި ވެސް ލިބޭ ކާމިޔާބެއްގެ ގޮތުގައި މެގުއާ ސިފަ ކުރި އެވެ. މެގުއާ ބުނި ގޮތުގައި ކުޅުންތެރިޔެއްގެ ހައިސިއްޔަތުން އޭނާ އަށް ޤަައުމީ ޓީމަށް ކަމެއް ކޮށް ނުދެވިއްޖެ ނަމަ، ސަޕޯޓަރެއްގެ ހައިސިއްޔަތުން ވިޔަސް، އެހެން މީހުންނާއެކު ހުންނާނެ ކަމަށެވެ. އަދި އޭނާ ވަނީ އިންގްލެންޑުގެ ކުޅުންތެރިންނަށް ހިތްވަރު ވެސް ދީފަ އެވެ.

އިތުރަށް މެގުއާ ބުނީ، ދެން އޭނާ ކުރިއަށް ދާނީ މެންޗެސްޓަރ ޔުނަައިޓެޑުގެ މެޑިކަލް ޓީމުގެ އިރުޝާދާއި، ބެލުމުގެ ދަށުން ކަމަށެވެ. އަދި ބޭނުން ވަނީ އަނިޔާ އިން ރަނގަޅުވެ، ޔުނައިޓެޑުގައި އަންނަ ސީޒަންގައި ވަރުގަދަކޮށް ހުރުން ކަމަށް ވެސް މެގުއާ ވަނީ ބުނެފަ އެވެ.

އުމުރުން 31 އަހަރުގެ މެގުއާ އަށް އިންގްލެންޑުގެ ޤައުމީ ޓީމުން ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 63 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. އިންގްލެންޑުގައި މެގުއާގެ ކުޅުން ދަށްވެ، އޭނާ އަށް ފާޑު ކިޔުން ވެސް އަމާޒުވެ އެވެ. ނަމަވެސް، އިންގްލެންޑުގެ ކޯޗު ސައުތުގޭޓަކީ މެގުއާގެ ދިފާއުގައި އެންމެ ގިނަ އިން ވާހަކަ ދައްކާ އެއް ފަރާތެވެ.

ޔޫރޯ 2024 (ޖަރުމަނު)އިންގްލެންޑުގެ ގައުމީ ޓީމުހެރީ މެގުއާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
14 އޮކްޓޯބަރު 2024

އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

14 އޮކްޓޯބަރު 2024
އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ
14 އޮކްޓޯބަރު 2024

އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި

14 އޮކްޓޯބަރު 2024
އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި
27 އޯގަސްޓު 2024

އިންގްލެންޑުގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ

27 އޯގަސްޓު 2024
އިންގްލެންޑުގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ
20 ޖުލައި 2024

އިނގިރޭސި އެފްއޭއިން ގައުމީ ކޯޗެއް ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފި

20 ޖުލައި 2024
އިނގިރޭސި އެފްއޭއިން ގައުމީ ކޯޗެއް ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފި
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް