Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލެންޑޯ އެވޯޑު

ބެލެންޑޯ އެވޯޑުގެ ގަދަ ތިނެއްގައި ކޯޓުއާ ނުހިމެނުމުން ކަސިޔަސް ފާޑު ކިޔައިފި

ކަސިޔަސް ވަނީ އެވޯޑު ދިނުމުގައި ބަލާ ކަންކަން އަދިވެސް އޭނާ އަށް ނުވިސްނޭ ކަމަށް ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 02:35
އެންމެ މޮޅު ކީޕަރުގެ އެވޯޑު ހޯދި ކޯޓުއާ

އެންމެ މޮޅު ކީޕަރުގެ އެވޯޑު ހޯދި ކޯޓުއާ

ބެލެންޑޯ އެވޯޑުގެ ގަދަ ތިނެއްގައި ރެއާލް މެޑްރިޑުގެ ބެލްޖިއަމް ގޯލް ކީޕަރު ތިބައޫ ކޯޓުއާ ނުހިމެނުމުން ކުރީގެ މަޝްހޫރު ކީޕަރު އިކާ ކަސިޔަސް ފާޑު ކިޔައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ފްރާންސް ފުޓުބޯޅައިން ބޭއްވި ރަސްމިއްޔާތުގައި ބެލެންޑޯ އެވޯޑު ކާމިޔާބުކުރީ ރެއާލް މެޑްރިޑުގެ ކެޕްޓަން ބެންޒެމާއެވެ. އެވޯޑުގެ ދެ ވަނަ ލިބުނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސެނެގާލްގެ ސަޑިއޯ މާނޭއަށެވެ. ތިން ވަނަ ލިބުނީ މެންޗެސްޓަރ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާއެވެ. ދެން މި އެވޯޑުގެ ގަދަ ފަހެއްގައި ހިމެނުނު ދެ ކުޅުންތެރިންނަކީ ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ އާއި ލިވަޕޫލްގެ މުޙައްމަދު ޞަލާޙުއެވެ.

ރެއާލްގައި މޮޅު ކުޅުމެއް ދައްކާފައިވާ ކީޕަރު ކަސިޔަސް މިހެން ބުނީ ކޯޓުއާ އަށް މަރުޙަބާ ކިޔަމުން އޭނާ ކުރި ޓުވީޓެއްގައެވެ. ބެލެންޑޯ ރަސްމިއްޔާތުގައި ކޯޓުއާ އަށް ވަނީ އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑު ލިބިފައެވެ. ކަސިޔަސްގެ ޓުވީޓުގައި އޭނާ ބުނީ ކޯޓުއާއާ މެދު އޭނާ އުފާވާ ކަމަށާއި، ކޯޓުއާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކީޕަރު ކަމަށެވެ. ނަމަވެސް ކަސިޔަސް ބުނީ އޭނާ ދެރަވާ ސަބަބެއް ވެސް އޮތް ކަމަށެވެ. އެއީ ބެލެންޑޯ އެވޯޑުގެ ފައިނަލް ނޮމިނޭޝަން ނުވަތަ ގަދަ ތިނެއްގައި ކޯޓުއާ ނެތުމުންނެވެ. ކަސިޔަސް ވަނީ އެވޯޑު ދިނުމުގައި ބަލާ ކަންކަން އަދިވެސް އޭނާ އަށް ނުވިސްނޭ ކަމަށް ބުނެފައެވެ.

ބެލެންޑޯ ރޭންކިންގައި ކޯޓުއާ އަށް ލިބުނީ ހަތް ވަނަ އެވެ. ނަމަވެސް ކަސިޔަސް ޤަބޫލު ކުރާ ގޮތުގައި އެއީ ކޯޓުއާ އަށް ހައްގުވާ ހިސާބެއް ނޫނެވެ. މިދިޔަ ސީޒަނުގައި ކޯޓުއާ ވަނީ ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޗެމްޕިއަންސް ލީގު ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޓުއާ ވަނީ ނުވަ ސޭވެއް ކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ރެއާލުން މިދިޔަ ސީޒަންގެ ހޯދި ކާމިޔާބީތަކާއި، މި ސީޒަންގެ މިހާތަނަށް ދައްކަމުން އަންނަ މޮޅު ކުޅުމުގައި ކޯޓުއާގެ ހިއްސާ ބޮޑެވެ.

ފްރާންސް ފުޓުބޯޅަބަލޮންޑޯ އެވޯޑްތިބައޫ ކޯޓުއާއިކާ ކަސިއަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!

ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!

30 އޮކްޓޯބަރު 2024
ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

30 އޮކްޓޯބަރު 2024
ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން

ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން

30 އޮކްޓޯބަރު 2024
އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

29 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު