Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

ވެނެޒުއޭލާގެ އަސްކަރިއްޔާ އިން ޑްރިލްތައް ހެދުމަށް ރައީސް މަޑޫރޯ އަންގަވައިފި

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އަސްކަރީ ފިޔަވަޅު ހިމެނޭގޮތުން އަޅާނެ ހުރިހާ ފިޔަވަޅަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް ރައީސް ޓްރަމްޕް ވަނީ ދާދިފަހުން ވިދާޅުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2017 | އަންގާރަ 08:25
ރައީސް ނިކޮލަސް މަޑޫރޯ

ރައީސް ނިކޮލަސް މަޑޫރޯ

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އަސްކަރީ ފިޔަވަޅު ހިމެނޭގޮތުން އަޅާނެ ހުރިހާ ފިޔަވަޅަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެން، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެގައުމުގެ އަސްކަރިއްޔާ އަށް ޑްރިލްތައް ހެދުމަަށް އަންގަވައިފިއެވެ.

ޓީވީ މެދުވެރިކުރައްވައި ދެއްވި ތަގުރީރެއްގައި ރައީސް މަޑޫރޯ ވިދާޅުވީ "އިސްތިއުމާރީ ބާރުތަކުން" ގައުމު ސަލާމަތް ކުރުމަށް ވެނެޒުއޭލާގެ ރައްޔިތުން ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އަސްކަރީ ޑްރިލްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނަނީ މި އޯގަސްޓް 26 އަދި 27 ގައެވެ.

ރައީސް މަޑޫރޯ ވިދާޅުވީ ވެނެޒުއޭލާގެ ފަސްގަނޑަކީ "މާތް ތަނެއް ކަމަށާއި އިސްތިއުމާރީ ބާރުތަކުގެ ބޫޓު ބީހެން ވެސް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ." ރައީސް މަޑޫރޯ ވިދާޅުވީ ޓޭންކާއި، ބޯޓާއި އަދި ބަނޑިން ގައުމު ދިފާއު ކުރުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އެކަމުގެ ޖަވާބުގައި އެމެރިކާ އިން އަދި ވަކި ފިޔަވަޅެއް އަޅަން ސީދާ ނުނިންމާ ކަމަށާއި އަސްކަރީ ފިޔަވަޅު ހިމެނޭ ގޮތުން ހުރިހާ ފިޔަވަޅުތަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާލުވި ވިދާޅުވުން، ދެކުނު އެމެރިކާ ސަރަހައްދުގައި ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "މާކޮސާ" އިން ވެސް ދާދިފަހުން ވަނީ ކުށްވެރިކޮށްފައެވެ. އެެހެން ނަމަވެސް ވެނެޒުއޭލާ ގައި ހިނގާ ޑިމޮކްރަސީއާ ހިލާފު އަަމަލުތަކާ ގުޅިގެން ދާދިފަހުން "މަކޮސާ" އިން ވަނީ ވެެނެޒުއޭލާގެ މެމްބަރޝިފް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. "މާކޮސާ" ގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ދެކުނު އެމެރިކާގެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އާޖެންޓީނާ، ޕެރަގުއޭ އަދި އުރަގުއޭ ފަދަ ގައުމުތައް ހިމެނެއެވެ.

ރައީސް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ދެއްކެވި ވާހަކަފުޅާއި ބެހޭގޮތުންް ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް އިހުތިރާމު ކުޑަ އަދި ލެޓިން އެމެރިކާ ހަލަބޮލި ކަމަށް ވައްޓާލާ ވާހަކައެއް ކަމަށެވެ.

ވެނެޒުއޭލާގައި ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ރައީސް ނިކޮލަސް މަޑޫރޯ ކުރައްްވާ މަސައްކަތްޕުޅުގެ ސަބަބުން ގައުމު ވަނީ ހަލަބޮލިވެފައެވެ. ބައިނަލްއަގްވާމީ މުޖުތަމައު އާއި އަދި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަޑޫރޯ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަނީ ބާރުތައް މުށުތެރެއަށް ލެއްވުމަށް ކަމަށެވެ. އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެކަމަކީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު