Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޕޯލިއޯ ވެކްސިން ދެމުންދާއިރުވެސް އިޒްރޭލުން ވަށައިގެން ބޮން އަޅަނީ

ޣައްޒާ އަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނާންނަ އިރު، އަނެއްކޮޅުން ހުޅަނގު އައްސޭރިއަށް އަރާ އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހުން ޝަހީދު ވެއްޖެ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2024 | ބުދަ 02:00
2024 އޯގަސްޓް 28 ވަނަ ދުވަހު، އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކުގެ ޓުލްކަރަމް ސިޓީ ކައިރީގައިވާ ނޫރު ޝަމްސް ކޭމްޕް އިޒްރޭލް ސިފައިން ރެއިޑެއް ކުރުމުގައި އުޅެމުންދާ މަންޒަރު

2024 އޯގަސްޓް 28 ވަނަ ދުވަހު، އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކުގެ ޓުލްކަރަމް ސިޓީ ކައިރީގައިވާ ނޫރު ޝަމްސް ކޭމްޕް އިޒްރޭލް ސިފައިން ރެއިޑެއް ކުރުމުގައި އުޅެމުންދާ މަންޒަރު

އިޒްރޭލުން ޣައްޒާ ސިޓީ އަށާއި ރަފަހް އަށް ދޭ ހަމަލާތައް ހަރުކަށިކޮށް، ގިނަ އަދަދެއްގެ މީހުން ޝަހީދު ކޮށްލައިފި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

ޕޯލިއޯ ވެކްސިންގެ މަސައްކަތަށް ޣައްޒާގެ މެދުތެރޭގެ ސަރަޙައްދުގައި ހަމަލާތައް ދިނުން މެދުކަނޑާލާފައި އޮތް ނަމަވެސް، ޣައްޒާ އަކީ "ހަނގުރާމައިގެ މައިދާނެއް" ކަމަށް އަލްޖަޒީރާގެ ރިޕޯޓަރ ވަނީ ސިފަކޮށްފައެވެ. އެއްގަމު މަގުން ދޭ ހަމަލާތަކުގެ އިތުރުން ވައިގެ ހަމަލާތައް ދަނީ ކުރިއަށް ކަމަށް ވެސް އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފައިވެއެވެ.

ޕޯލިއޯ ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ބޮން އެޅުން ހުއްޓުވުމަށް އިޒްރޭލަށް ޕްރެޝަރ ކޮށްދިނުމަށް ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވަޒީރު މާޖިދު އަބޫ ރަމަޟާން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.

އަނެއްކޮޅުން ހުޅަނގު އައްސޭރިއަށް އަރާ އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހުން ޝަހީދު ވެއްޖެ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.

އަލް ޖަޒީރާ އިން ބުނާގޮތުގައި ހުޅަނގު އައްސޭރީގައި އިޒްރޭލުން މިގެންދާ އަސްކަރީ އޮޕަރޭޝަން އަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް ފެންނަމުންދާ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އޮޕަރޭޝަނެވެ.

ލުބުނާނުގައި ހުންނަ ޙަމާސްގެ މަންދޫބު އަދި ޙަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު އުސާމާ ޙަމްދާން އަންގާރަ ދުވަހު އަލްޖަޒީރާ-އަރަބިކް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ އައު ހުށަހެޅުންތަކުގައި އައު އެއްޗެއް ނެތް ކަމަށާއި، އެއީ ހަމައެކަނި އިޒްރޭލަށް އިތުރު ޖަރީމާތައް ހިންގުމަށް ވަގުތު ހޯދައިދިނުމަށް އެމެރިކާ އިން ހުށަހަޅާފައިވާ އެއްޗެއް ކަމަށެވެ.

ހަމްދާން ހާމަކުރި ގޮތުގައި ފަލަސްތީނުގެ ބިންތައް ހިސާރު ކުރުމުގައި އަދި ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ޖަރީމާގައި އެމެރިކާ އަކީ އިޒްރޭލުގެ ބައިވެރިއެއްކަން ސާފެވެ. ޙަމްދާން އެމެރިކާ އަށް ގޮވާލީ އައު ހުށަހެޅުމެއް ހުށަހެޅުމުގެ ބަދަލުގައި ޖުލައި 2 ގައި އެއްބަސްވެފައިވާ އެއްބަސްވުމަކަށް ތަބާވުމަށް ނަތަންޔާހޫއަށް ބާރުއެޅުމަށެވެ. އެއީ މައްސަލައަށް އޮތް ހައްލެއް ކަމަށާއި، އިތުރު މަޝްވަރާތަކެއް ބޭނުމެއް ނުވާ ކަމަށްވެސް ހަމްދާން ވަނީ ބުނެފައެވެ.

ހަމާސް އިން ސުލްހައިގެ އެއްބަސްވުމާ ބެހޭ ގޮތުން ދެކޭ ގޮތް ހާމަ ކުރި އިރު އެމެރިކާގެ ވައިޓް ހައުސް އިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އައު ހުށަހެޅުމެއް އަންނަ ހުކުރު ދުވަހު އިއުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ހަމާސްއިން ވަނީ މިޞްރާއި ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި އެމެރިކާގެ ކުރީގެ ހުށަހެޅުމަށް އެއްބަސްވެފައެވެ. މި ހުށަހެޅުމުގައި ހިމެނެނީ ހަނގުރާމަ ހުއްޓުވުމާއި، އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި، ރަހީނުކޮށްފައި ތިބި އިޒްރޭލު އެންމެން ދޫކޮށްލުމާއި، ޣައްޒާ އަލުން ބިނާކުރުމާއި، އަދި އިޒްރޭލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ.

ނަމަވެސް އިޒްރޭލުން ވަނީ މި ހުށަހެޅުން ބަލައިނުގަނެ ދޫކޮށްލާފައެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ ޣައްޒާއިން އިސްރާއީލުގެ ސިފައިން ފޭބުމުން "ހަމާސް ދެމިއޮންނާނެ" ކަމަށެވެ. ނަތަންޔާހޫ ތަކުރާރުކޮށް ހާމަކުރައްވާފައިވަނީ ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ހަމްދާން ފާހަގަ ކުރި ގޮތުގައި އާދީއްތަ ދުވަހު ނަތަންޔާހޫ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް "އެއްވެސް އައު ހުށަހެޅުމެއް އިޒްރޭލުން ބަލައިނުގަންނާނެކަން ސާފުކޮށް" އެނގެއެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގައި ޝަހީދުވި މީހުންގެ އަދަދު 40،819 ށް ވަނީ އަރާފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި، 94،291 ފަލަސްތީން މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި

19 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

17 ޖުލައި 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

23 މެއި 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު