Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ދާއިރާ

ތައުލީމީ ދާއިރާގެ އުމްރާނީ މަސައްކަތްތައް ނުނިމި ދަނީ ފަހަތަށް - އިހުސާން

25 އޯގަސްޓު 2024 | އާދީއްތަ 04:59

ތައުލީމީ ދާއިރާގެ ތަރައްޤީ އަށްޓަކާ އެ ދާއިރާގެ ބަޖެޓް ރަނގަޅަށް މެނޭޖްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އޯގަސްޓު 2024 | އާދީއްތަ 04:59
ދަންފަޅި ކުރުކުރަން ނިންމީ އެޑިޔުކޭޝަން މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ވެފައިނުވާތީ އިހުސާން

ދަންފަޅި ކުރުކުރަން ނިންމީ އެޑިޔުކޭޝަން މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ވެފައިނުވާތީ އިހުސާން

ތައުލީމީ ދާއިރާގެ އުމްރާނީ މަސައްކަތްތައް ނުނިމި ދަނީ ފަހަތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ތައުލީމީ ދާއިރާގެ ކަންކަން ދުވަހުން ދުވަހަށް ހީނަރުވަމުންދާ ކަމަށެވެ. މިހާރު ސިޔާސަތުތައް އެކުލަވާލުމުގައި ހަރުދަނާ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރު މީހުންގެ ބަސް ސަރުކާރުން ނާހާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އެކަށީގެންވާ އަމާޒެއް ނެތި ކަމަށް އިހުސާން ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސަތުތައް އެކުލަވާލަނީ ދިރާސާގެ މައްޗަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ މަންޒަރު ތައުލީމީ ދާއިރާ އިން ނުފެންނަ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ މި ސަރުކާރުގެ އެއްވެސް މިސްރާބެއް ނެތް ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ ތަޖުރިބާ ނެތް މީހުން ތައުލީމީ ވުޒާރާގެ އިސް މަޤާމުތަކުގައި ތިބުމުން ރަނގަޅު ނިންމުންތައް ނިންމަން ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުން ތައުލީމީ ދާއިރާގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކޫލް ސްކޫލް ޕްރޮޖެކްޓް އިޢުލާން ކުރި ނަމަވެސް ސްކޫލްތައް އަދިވެސް އޭސީ ކުރަމުން ދަނީ ބެލެނިވެރިން އަތުން ފައިސާ ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ވައުދު ވެފައި ވަނީ އެކަށީގެންވާ ވަރަށް ބަލަން ޖެހޭ ކަންކަން ނުބަލާ ކަމަށް އިހުސާން ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް ވެސް ދަތިތަކެއް ސަރުކާރަށް ދިމާވެފައިވާ ކަަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވަނީ އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް ތައުލީމީ ދާއިރާގައި ކުރަމުން އައި މަސައްކަތް ހުއްޓިފައިވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސްކޫލްތަކުގެ ކަންކަން އިންތިޒާމްކުރުމުގައި ދަރިވަރުންނާއި މުދައްރިސުންގެ ލާބަޔާއި މަންފާ އަށް ނުބަލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސްކޫލްތަކުގެ ކިޔެވުން ރަނގަޅަށް ކުރިއަށް ގެންދިއުމަށްޓަކާ ސަރުކާރުން މިހާރުން މިހާރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. ތައުލީމީ ދާއިރާގެ ތަރައްޤީ އަށްޓަކާ އެ ދާއިރާގެ ބަޖެޓް ރަނގަޅަށް މެނޭޖްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް