Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޝަތު ނޫރައްދީން މަޤާމުން ވަކިކުރުން

އައިޝަތު ނޫރައްދީން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުން ވަކިކުރީ ސަރުކާރުގެ ނުފޫޒުން ކަން ހާމަ ވެއްޖެ

24 އޯގަސްޓު 2024 | ހޮނިހިރު 20:14

ޑރ މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ ވަކި މީހަކު މުހިންމު ނޫން ކަމަށް

ރާއްޖެ އެމްވީ | 24 އޯގަސްޓު 2024 | ހޮނިހިރު 20:14
އެމްޑީޕީގެ ޗެއަރޕާސަން (ވ)، އައިޝަތު ނޫރައްދީން (މ)، އިކޮނޮމިކް މިނިސްޓަރ (ކ)

އެމްޑީޕީގެ ޗެއަރޕާސަން (ވ)، އައިޝަތު ނޫރައްދީން (މ)، އިކޮނޮމިކް މިނިސްޓަރ (ކ)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހިދުމަތް ކުރައްވާތާ 42 އަހަރުވެފައިވާ އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑުން ވަކިކުރީ ސަރުކާރުގެ ނުފޫޒުން ކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަވީ، އެކަން ދިފާއު ކުރައްވާ، ޑރ. މުއިއްޒު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ " ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު،" ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ސައީދު މިހެން ވިދާޅުވީ، އައިޝަތު ނޫރައްދީން ބޯޑު މެމްބަރު ކަމުން ކުއްލި ގޮތަކަށް ވަކި ކުރި ޚަބަރާ އެކު އެކަމަށް ފާޑުވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް އެކްސް ގައި ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ މާލީ ނިޒާމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްއަށް ނުފޫޒު ފޯރުވުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.

"ޚާއްޞަކޮށް ޤައުމު އިޤްތިޞާދީ ހީނަރުކަމެއްގެ ތެރެއަށް ވަދެފައިވާ ދަނޑިވަޅެއްގައި، އާއިޝަތު ނޫރުދީން ފަދަ ތަޖުރިބާކާރު ބޭންކަރެއް ބޭންކުގެ ބޯޑުން ވަކިކުރުމަކީ ބުއްދި ސަލާމަތުން ކުރެވޭނެ ކަމެއް ނޫނެވެ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ މި ވާހަކަ އަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ވެރިކަމުގައިވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ، 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު މިވާހަކަ ދެއްކުން ލަދުވެތި ކަމަށެވެ.

"މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން،" ސައީދު ވިދާޅުވިއެވެ.

ބޭންކިންގ ދާއިރާގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ފަރާތް ކަމަށްވާ އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކި ކުރިކަން އޭނާ އަށް އަންގާފައިވަނީ ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ސަރުކާރު ބަންދު ދުވަހެއް ކަމަށްވާ ހޮނިހިރު ދުވަހު ފޮނުވި ސިޓީ އަކުންނެވެ.

ރައީސް ސާލިހް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ، ބީއެމްއެލްއަކީ ނިޒާމީ ބޭންކަކަށްވެފައި، އިޤްތިޞާދުގެ މުހިންމު ބައެއްކަމުން، ބޭންކަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭގޮތް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ފައްޔާޒުގެ ޕޯސްޓްގައި ރާއްޖޭގައި ހުރި ހަމަ އެކަނި ކޮރަސްޕޮންޑަންޓް ބޭންކު - ބީއެމްއެލް އަށް ސަރުކާރުގެ ނުފޫޒް ފޯރާ ނަމަ އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައި ރާއްޖޭގެ މާލީ ނިޒާމާމެދު ނޭދެވޭ ނަޒަރަކުން ބެލުމަށް މަގުފަހިވާނެކަން ކަށަވަރު ކަމަށް ވިދާޅުވިއެވެ.

ޕީސީބީ އިން ކުއްލި ގޮތަކަށް ބީއެމްއެލްގެ ބޯޑު މެމްބަރު ކަމުން އައިޝަތު ނޫރައްދީން ވަކި ކުރި ގޮތާ ބެހޭ ގޮތުން ވެސް ވަނީ ސުވާލު އުފެދިފައެވެ. ބީއެމްއެލްގެ ޗާޓަރު ބުނާ ގޮތުން އެ ބޭންކަކީ އާންމު ރައްޔިތުން ވެސް ހިއްސާވާ ކުންފުންޏަކަށް ވާތީ އެ ބޭންކުގެ ބޯޑް ޑިރެކްޓަރުން ވަކިކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

މީގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހުވެސް ކުއްލި ގޮތަކަށް ޕީސީބީން ބީއެމްއެލްގެ ފަސް ޑިރެކްޓަރުން މަގާމުން ވަކިކުރިއެވެ. އެހެން ނަމަވެސް އެ ގޯސް ފަހުން ރަނގަޅުކޮށް އެފަރާތްތަކަށް މަގާމު ދީ އަނެއްކާ ބީއެމްއެލްގެ ހިއްސާދާރުންގެ އާންމު ޖަލްސާ އެއް ބާއްވާ އެ ބޭފުޅުން މަގާމުން ވަކި ކުރިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް