Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫތީން ތެޔޮ ޓޭންކަރެއް ގޮއްވާލުން

ޔަމަނުގެ ހޫތީން ރަތްކަނޑުގެ ތެޔޮ ޓޭންކަރެއް ގޮއްވާލާ މަންޒަރު އާންމު ކޮށްފި

ޓޭންކަރުގައި 150،000 ޓަނުގެ ސާފު ނުކުރާ ތެޔޮ ހުރި ކަމަށް ޚަބަރުތައް ބުނެއެވެ. ތިމާވެށީގެ ކާރިސާއެއް ހިނގުމުގެ ބިރު މި ހާދިސާއާ އެކު ވަނީ އުފެދިފައެވެ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2024 | ހޮނިހިރު 03:01
ހޫތީން ގޮއްވާލި ތެޔޮ ޓޭންކަރު

ހޫތީން ގޮއްވާލި ތެޔޮ ޓޭންކަރު

ޔަމަނުގެ ޙޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އޮތް ގްރީކް ދިދަ ނެގި ތެޔޮ ޓޭންކަރެއް ގޮއްވާލާ މަންޒަރު އާންމުކޮށްފިއެވެ.

މަންޒަރު ފެންނަ ގޮތުން ބާރުގަދަ ގޮވުންތަކާއެކު މުޅި ޓޭންކަރުގައި ރޯވެ ގަދަޔަށް އަނދަމުން ދެއެވެ.

ޓޭންކަރުގައި 150.000 ޓަނުގެ ސާފު ނުކުރާ ތެޔޮ ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓޭންކަރު ރޯވެ އަދަމުންދާއިރު އޭގެ ސަބަބުން ސަރަހައްދަށް ތެޔޮތައް ފެތުރި ތިމާވެށީގެ ކާރިސާ އެއް ކުރިމަތިވުމުގެ ބިރު ވަނީ އުފެދިފައެވެ.

ހޫތިން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހުންގެ މިސައިލް ހަމަލާ ޓޭންކަރަށް ދިނީ ޔަމަންގެ ހުދައިދާ ބަނދަރާ ދިމާ ބޭރުން މިދިޔަ ބުދަ ދުވަހުއެވެ. ހޫތިން ބުނެފައިވަނީ އެތައް މިސައިލެއް ޓޭންކަރަށް ފޮނުވާލި ކަމަށާއި ޓާގެޓަށް ހަމަލާ ވާސިލްވި ކަމަށާއި ހަމަލާ ކާމިޔާބުވި ކަމަށެވެ. މި ޚަބަރު ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ހާމަ ކުރިއިރު ހަމަލާގެ މަންޒަރު އާންމުކޮށްފައެއް ނުވެއެވެ.

ހަމަލާގެ ސަބަބުން ޓޭންކަރުގެ އިންޖީނުގެ ބާރު ކެނޑިފައިވާ ކަމަށާއި، ޔޫރަޕިއަން ޔޫނިއަންގެ އަސްކަރީ އުޅަނދަކުން ޓޭންކަރުގައި ތިބި 23 ފިލިޕީންސް ފަޅުވެރިންނާއި 2 ރަޝިއާ މީހުން ސަލާމަތްކޮށްގެން ގެންގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޙޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސާރީ ބުނި ގޮތުގައި މި އުޅަނދަށް ހަމަލާދީފައިވަނީ އެއުޅަނދަކީ އިޒްރޭލާ ގުޅުން ހުރި ކުންފުންޏެއްގެ އުޅަނދަކަށް ވެފައި، އިޒްރޭލުން ހިފައިފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ބަނަދަރުތަކަށް އެއްވެސް ބޯޓެއް ދަތުރުކުރުން ހޫތީން މަނާ ކޮށްފައި އޮތް އޮތުމާ އެ ބޯޓުން ޚިލާފް ވުމުން ކަމުގައެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ރަތްކަނޑާއި އަދަން ކަނޑުގައި ދަތުރުކުރާ އިޒްރޭލާ ގުޅުން ހުރި އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށް އިއުލާނުކޮށްފައެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓާއި ރޯވެއްޖެ

18 އޯގަސްޓު 2017
ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓާއި ރޯވެއްޖެ
28 ޖުލައި 2017

ނައިޖީރިޔާގެ ތެޔޮނަގާ ޓީމަށް ބޮކޯ ހަރާމުން ދިން ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން މަރާލައިފި

28 ޖުލައި 2017
ނައިޖީރިޔާގެ ތެޔޮނަގާ ޓީމަށް ބޮކޯ ހަރާމުން ދިން ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން މަރާލައިފި
07 ޖުލައި 2017

ޔަމަނުގެ 21 ޕްރޮވިންސްއަކަށް ކޮލެރާ ފެތުރި 1600 މީހުން މަރުވެއްޖެ

07 ޖުލައި 2017
ޔަމަނުގެ 21 ޕްރޮވިންސްއަކަށް ކޮލެރާ ފެތުރި 1600 މީހުން މަރުވެއްޖެ
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރެއް ގޮވާ 149 މީހުން މަރުވެ، 117 މީހުން ޒަހަމް ވެއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު