Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮކޯ ހަރާމްގެ ހަމަލާތައް

ނައިޖީރިޔާގެ ތެޔޮނަގާ ޓީމަށް ބޮކޯ ހަރާމުން ދިން ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން މަރާލައިފި

އަންގާރަ ދުވަހު ދިން މި ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމުގެ އިންޒާރުވެސް ވަނީ ދީފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 ޖުލައި 2017 | ހުކުރު 06:46
މި ހަމަލާ އަމާޒުކޮށްފައިވަނީ ނައިޖީރިއަން ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ސްޕެޝަލިސްޓުންގެ ގްރޫޕަކަށް

މި ހަމަލާ އަމާޒުކޮށްފައިވަނީ ނައިޖީރިއަން ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ސްޕެޝަލިސްޓުންގެ ގްރޫޕަކަށް

ނައިޖީރިއާގެ ބޮކޯ ހަރާމް ޖަމާއަތުން އެގައުމުގެ އިރުއުތުރުގައި ތެޔޮނެގުމުގެ މަސައްކަތުގައި އުޅޭ ޓީމަށް އަމާޒުކޮށް މި ހަފްތާގެ ކުރީކޮޅު ދިން ހަމަލާގައި 50 އަށްވުރެ ގިނަ މީހުން މަރާލި ކަމަށް އެތައް މަސްދަރުތަކަކުން އޭއެފްޕީއަށް މައުލޫމާތު ދީފައިވާކަމަށް އެ އެޖެންސީން ބުނެފިއެވެ.

އަންގާރަ ދުވަހު ދިން މި ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ބޯނޯ ސްޓޭޓްގެ މަގުމެރި ސަރަހައްދުގައި ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ނައިޖީރިއަން ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ސްޕެޝަލިސްޓުންގެ ގްރޫޕަކަށެވެ. މިއީ މަހުގެ ތެރޭގައި ދިން އެ ޖަމާއަތުން ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

އެންމެ ފުރަތަމަ ހީކުރެވިފައި އޮތީ މިއީ ކިޑްނޭޕް ކުރުމުގެ ހާދިސާއެއް ކަމަށެވެ.

އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ބޯނޯއަށް ވަނުން އަސްކަރިއްޔާއިން ހަރުކަށިކޮށް މަނާކޮށްފައިވުމާއެކު މި ހަމަލާގެ ހަބަރު ލިބުން ލަސްވެ މަރުވި މީހުންގެ ސީދާ އަދަދު ލިިބުންވަނީ ދަތިވެފައެވެ.

ނައިޖީރިއާގައި 2009 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުން ތަކުގައި އެ ގައުމުގެ މުއާސަލާތީ ވިއުގައާއި އިންްފްރާ ސްޓްރަކްޗަރ ހަލާކުވެފައިވާއިރު މިހާތަނަށް 20,000އަށްވުރެ ގިނަ މީހުން މަރުވެ 2.6 މިލިއަނަށްވުރެ ގިނަ މީހުންވަނީ ގެދޮރު ގެއްލިފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2021

ޓީ20 ވޯލްޑްކަޕްގައި ކުޅޭ ޕާކިސްތާނުގެ ކްރިކެޓް ޓީމަށް ވިސާ ލިބުން ދައްޗެއް ނުވާނެ – އިންޑިއާ

19 އެޕްރީލު 2021
ޓީ20 ވޯލްޑްކަޕްގައި ކުޅޭ ޕާކިސްތާނުގެ ކްރިކެޓް ޓީމަށް ވިސާ ލިބުން ދައްޗެއް ނުވާނެ – އިންޑިއާ
06 ޖެނުއަރީ 2021

ޑަބްލިއުއެޗްއޯގެ ތަޙުޤީޤު ޓީމަށް ޗައިނާއަށް އެތެރެވާން ހުއްދައެއް ނުދިން

06 ޖެނުއަރީ 2021
ޑަބްލިއުއެޗްއޯގެ ތަޙުޤީޤު ޓީމަށް ޗައިނާއަށް އެތެރެވާން ހުއްދައެއް ނުދިން
18 ޑިސެމްބަރު 2020

ބޯކޯ ހަރާމުން ރަހީނުކުރި ކުދިންތައް ދޫކޮށްލުމުން ނައިޖީރިއާ ރައީސްގެ މަރުހަބާ

18 ޑިސެމްބަރު 2020
ބޯކޯ ހަރާމުން ރަހީނުކުރި ކުދިންތައް ދޫކޮށްލުމުން ނައިޖީރިއާ ރައީސްގެ މަރުހަބާ
29 ނޮވެމްބަރު 2020

ހަތިޔާރު އެޅި ގްރޫއްޕަކުން ނައިޖީރިޔާގެ ދަނޑުވެރިންތަކެއް މަރާލައިފި

29 ނޮވެމްބަރު 2020
ހަތިޔާރު އެޅި ގްރޫއްޕަކުން ނައިޖީރިޔާގެ ދަނޑުވެރިންތަކެއް މަރާލައިފި
03 އޮކްޓޯބަރު 2020

ޓްރަމްޕް ޕޮޒިޓިވްވުމާއިއެކު، ވައިޓް ހައުސްގެ މެޑިކަލް ޓީމަށް ފާޑުކިޔުން

03 އޮކްޓޯބަރު 2020
ޓްރަމްޕް ޕޮޒިޓިވްވުމާއިއެކު، ވައިޓް ހައުސްގެ މެޑިކަލް ޓީމަށް ފާޑުކިޔުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު