Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މުޅިންވެސް އިހުމާލު، އެކަމަކު މިނިސްޓަރަށް ގޯސްވީ ގާނޫނު

23 އޯގަސްޓު 2024 | ހުކުރު 11:15

އިމިގްރޭޝަނުން ދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ، ބިދޭސީން ހިންގާ ގިނަ ފެކްޓްރީތަކާއި، ވިޔަފާރިތައް ހޯދަމުންނެވެ. ކާބޯތަކެތި ތައްޔާރުކުރާ ފެކްޓްރީތަކާއި، ކެފޭ، ރެސްޓޯރެންޓްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވަމުންދާއިރު، މިތަންތަނުގެ ނުސާފުކަމާއި، މުޑުދާރުކަން ފެނި މުޅި ގައުމު މިވަނީ ސިހިގެން ގޮސްފައެވެ. އަދި ކާބޯތަކެތި ރައްކާތެރިކަމުގެ ބިލަށް އަމަލުކުރަން ފެށުމާއެކު ވެސް ގާނޫނު ތަންފީޒު ކުރެވޭނެ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޯގަސްޓު 2024 | ހުކުރު 11:15
އިމިގްރޭޝަނުން އަތުލައިގަތް ބިދޭސީންނާއި، ބިދޭސީން ހިންގަމުންދިޔަ ބައެއް ފެކްޓްރީތައް

އިމިގްރޭޝަނުން އަތުލައިގަތް ބިދޭސީންނާއި، ބިދޭސީން ހިންގަމުންދިޔަ ބައެއް ފެކްޓްރީތައް

މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ބިދޭސީންގެ މައްސަލައަކީ ބިދޭސީންގެ މައްސަލައެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިންތިހާއަށް އިތުރުވެ، ވިޔަފާރިތަކުގެ ބާރު ދިވެހިންގެ އަތުން ގެއްލިފައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

ގިނަ ރައްޔިތުންގެ މިކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތާއެކު އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ، ބިދޭސީން ހިންގާ ގިނަ ފެކްޓްރީތަކާއި، ވިޔަފާރިތައް ހޯދަމުންނެވެ. ކާބޯތަކެތި ތައްޔާރުކުރާ ފެކްޓްރީތަކާއި، ކެފޭ/ރެސްޓޯރެންޓްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވަމުންދާއިރު، މިތަންތަނުގެ ނުސާފުކަމާއި، މުޑުދާރުކަން ފެނި މުޅި ގައުމު މިވަނީ ސިހިގެން ގޮސްފައެވެ. ގިނަ މައްސަލަތައް ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުން މިވަނީ ހެލްތް މިނިސްޓްރީއަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް އަމާޒުވެފައެވެ.

އެއާއެކު ބުރާސްފަތި ދުވަހު ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، މިމައްސަލަތައް ސަމާލު ކަމަށް އައިސްފައިވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. މައިގަނޑު ގޮތެއްގައި މިނިސްޓަރު ހަލީލު ކުށްވެރި ކުރެއްވީ ގާނޫނެވެ. ގާނޫނުން އެމްއެފްޑީއޭ ބާރު ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެމްއެފްޑީއޭގެ ޒިންމާއެކެވެ. ފިހާރަތަކުގައި ވިއްކަން ހުންނަ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، މޮނިޓަރ ކުރަންޖެހެއެވެ.

މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވެފައިވަނީ ކާބޯތަކެތި ރައްކާތެރިކަމުގެ ބިލަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާއެކު މިމައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ. މި ގާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅައި ގާނޫނެކެވެ.

މި ގާނޫނުން އެމްއެފްޑީއޭއަށް ބޮޑެތި ބާރުތަކެއް ލިބިގެންދިޔަ ނަމަވެސް މިގާނޫނާ އެއްގޮތަށް އެއިދާރާއިން ތަންފީޒު ކުރެވޭނެ ކަމާމެދު ސުވާލު އުފެދެއެވެ. މިގާނޫނުގެ ކުރިން ވެސް ވިޔަފާރި އުސޫލުން ކާބޯތަކެތި އުފައްދައި ވިއްކަން ޖެހޭނެ ގޮތް ސާފުކޮށް ގާނޫނުގައި ލިޔެފައިވެއެވެ. ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާފައިވެއެވެ. ނަމަވެސް އެކަންކަން ތަންފީޒު ކުރެވިފައިނުވެއެވެ. ބަލައި ފިޔަވަޅު އަޅާފައިނުވެއެވެ. އެމްއެފްޑީއޭއިން ވެސް ދޭތެރެއަކުން އިންސްޕެކްޝަން ކުރިއަށް ގެންދާކަން ހާމަކުރި ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ފިހާރަތާކައި، ކެފޭ/ރެސްޓޯރެންޓްތަކުގެ މައްސަލަތައް ރިޕޯޓު ކުރިނަމަވެސް ފިޔަވަޅެއް އަޅާފައިނުވާ މައްސަލަ ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ. އަދި ރިސޯޓުތަކުން ބޭނުންކުރާ ތެޔޮ އަނބުރާ މާލެ ގެނެސް ކެފޭތަކުގައި ބޭނުންކުރާ މައްސަލާގައި ވެސް އެއިދާރާގެ ބަހެއް ނެތެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކާއެކު މިފަދަ ގިނަ މައްސަލަތައް ފެންމަތިވެގެން ދިއުމާއެކު، އެމްއެފްޑީއޭއަށް ހޭލަން މަޖުބޫރުވި ކަހަލައެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ގާނޫނު ގޯސްކުރި ނަމަވެސް އެކަން ގިނަ ރައްޔިތުން ގަބޫލެއްނުކުރާނެއެވެ. އެމްއެފްޑީއޭ ފެއިލްވެފައިވާކަން މިވަނީ ހާމަވެފައެވެ. ދޭތެރެދޭތެރެއިން ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގައި މައްސަލަތައް ދިމާވެ އެ ބޭނުން ކުރުމާއި، ވިއްކުން މަނާކޮށް ބަޔާނެއް ނެރުމަކީ ހަމައެކަނި ޒިންމާ އަދާ ކުރުމެއް ނޫނެވެ. މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި މިއަށް ވުރެ ޒިންމާދާރު ކަމާއެކު، ކަމާގުޅޭ އިދާރާތަކުން ޖަވާބު ދާރީވެ، ޒިންމާ ނަގަން އެބަޖެހެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 އެޕްރީލު 2018

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

05 އެޕްރީލު 2018
ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ
17 ފެބުރުއަރީ 2018

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

17 ފެބުރުއަރީ 2018
މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!
29 ޖެނުއަރީ 2018

ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

29 ޖެނުއަރީ 2018
ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ
22 ޖެނުއަރީ 2018

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

22 ޖެނުއަރީ 2018
ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
07 ޖެނުއަރީ 2018

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟
13 އޯގަސްޓު 2017

ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

13 އޯގަސްޓު 2017
ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!
24 ޖޫން 2017

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް