Advertisement
ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 20:36
އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޗެއަރޕާސަން މިހާދު
އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޗެއަރޕާސަން މިހާދު
އެޓޯލް ޓައިމްސް
މިހާދު މަޤާމުން ވަކިކުރުން
އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން މިހާދު މަޤާމުން ވަކިކޮށްފި
އޭނާގެ ބަދަލުގައި މި މަޤާމަށް އެހެން ބޭފުޅަކު އަދި އައްޔަނުކޮށްފައެއް ނުވޭ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ހާމަކުރި ގޮތުގައި، އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން މުޙައްމަދު މިހާދު ބުދަ ދުވަހުން ފެށިގެން މަޤާމުން ވަކިކޮށްފިއެވެ.

ނަމަވެސް އޭނާގެ ބަދަލުގައި މި މަޤާމަށް އެހެން ބޭފުޅަކު އަދި އައްޔަނުކޮށްފައެއް ނުވެއެވެ.

މިހާދު އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ 2021 މާރޗް އިން ފެށިގެން 2023 ނޮވެމްބަރު 18 އާ ހަމައަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވުމަށް ފަހުގައެވެ.

Advertisement

މިހާދަކީ ތިން އަހަރެއްހާ ދުވަހު އައިލެންޑް އޭވިއޭޝަންގެ އެމްޑީގެ މަޤާމު ފުރުއްވުމުގެ އިތުރުން، އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުގެ މަޤާމާއި އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަލަށް ތަޢާރަފުކޮށްފައިވާ ޑިވެލޮޕްމެންޓް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ތިން ބޭފުޅަކު އައްޔަނުކޮށްފައިވެއެވެ. އެއީ އަޙްމަދު ޢަލީ، ސަޢީދު ޢަބްދުއްނާޞިރު ބިން ސަޢީދު ޙަސަން އަލް ޖުނައިދީ އަދި ރޮބާޓް ޑެނިއެލް ކާންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް