Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސަންދަ

އާސަންދަ އަކީ އިގްތިސާދަށް އޮތް ބޮޑު ބުރައެއް: ހެލްތް މިނިސްޓަރ ނާޒިމް

އެއްވެސް އަހަރެއްގައި އެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުން ނުފުދޭ ކަމަށް ނާޒިމު ވިދާޅުވި

މަރްޔަމް ޝާނާ
މަރްޔަމް ޝާނާ, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2024 | ހޮނިހިރު 16:43
 ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް - އާސަންދައިގެ ސަބަބުން އިގްތިސާދަށް ބުރައެއް ލިބުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް - އާސަންދައިގެ ސަބަބުން އިގްތިސާދަށް ބުރައެއް ލިބުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން

އާސަންދަ އަކީ ދައުލަތުގެ އިގްތިސާދަށް އޮތް ބޮޑު ބުރައެއް ކަމަށާއި، އެ ބުރަ ލިބުމަކީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

2004 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ، ހުޅުމާލޭ ހޮސްޕިޓަލް ހުޅުވުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނާޒިމު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ސިއްހީ ނިޒާމަކީ އެންމެ ހައްގުވެރިންނަށް އެންމެ ފައިދާވާނެ ނިޒާމަކަށް ވުން ކަމަށެވެ.

Advertisement - newsAdvertisement

ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އާސަންދަ ނިޒާމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވަކި އަދަދެއް ހަމަޖައްސާފައި ވީނަމަވެސް، އެ ފައިސާއިން މިހާތަނަށް އެއްވެސް އަހަރެއްގައި ފޫބެއްދިފައި ނުވާ ކަމަށެވެ.

"އެއްވެސް އަހަރެއްގައި އެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުން ނުފުދި، ކޮންމެ އަހަރަކު އެއަށް ފައިސާ އަޅައަޅަ ތިބެންޖެހުމުގެ ސަބަބުން މުޅި ނިޒާމުވަނީ ދައުލަތުގެ އިގްތިސާދަށް ބޮޑުބުރައަކަށް ވެފަ، މީ ދިވެހި ރައްޔިތުން އެދޭ ގޮތެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިޔާސީ ގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވެދާނެތީ އާސަންދަ ނިޒާމު އިސްލާހު ކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ އާސަންދަ ނިޒާމުގެ އިސްރާފު ކުޑަކުރުމަށް ހާއްސަ ޕްލޭނެއް އެކަށައަޅައި ތަންފީޒު ކުރަން ފަށާފައި ކަމުގައެވެ.

"ގަޔަށް ދޫ. ހައްޓަށް ލުއި ސިޔާސަތުތަކެއް ކުރީގަ ގެންގުޅެވިފަ އޮތުމުގެ ސަބަބުން ނޫނީ ސިޔާސީގޮތުން އަދާކުރަންޖެހިދާނެ އަގެއްގެ ބޮޑުކަމުގެ ސަބަބުން ފަސްއެނބުރި ބަލާލާ މި ނިޒާމު ގެންދެވެނީ ދިވެހި ރައްޔިތުންނަށް އެންމެ ލާބަޔާ މަންފާހުރި ގޮތުގަތޯ އެސުވާލު އުފައްދާނެ ސިޔާސީ ވެރިން މަދުވިކަން އެއީ ހިތާމަ ކުރަންޖެހޭކަމެއް،" ނާޒިމް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ބަޖެޓު ދިރާސާކޮށް ބަލާއިރު، ކަނޑައަޅާ އަދަދަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި މިކަމުން އެނގެނީ އެ ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުރިކަންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު ހަރުދަނާ ކުރުމަށް މަހަކު 60،000 ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ އަތުން ހެލްތް ކޮންޓްރިބިއުޝަން އެއް ދައްކަން ޖެހޭ ގޮތަށް ހަދަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފައެވެ..

މީގެއިތުރުން ސަރުކާރުންވަނީ ޕްރައިވެޓް އިންޝުއަރެންސް ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތް ހެދުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެކަމަށް ބުނެފައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާސަންދަ ނިޒާމުގެ ޚިދުމަތް ލިބޭތާ 15 އަހަރު ވެފައިވާއިރު އެއްވެސް ވެރިކަމެއްގައި އާސަންދަ ލިބުމުގައި ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު