Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރޮއޭޝިއާ ޤައުމީ ޓީމު

ސްކޮޓުގައި މޮޑްރިޗް ހިމަނައި ޑަލިކް ބުނީ، އެއީ ކްރޮއޭޝިއާގެ ހިތްވަރު ކަމަށް

މޮޑްރިޗް އަންނަނީ 2006 ވަނަ އަހަރުން ފެށިގެން ކްރޮއޭޝިއާގެ ޤައުމީ ޓީމަށް ކުޅެމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އޯގަސްޓު 2024 | ބުދަ 12:33
ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް

ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް

ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އިން އަންނަ މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް އެކުލަވާލި ސްކޮޑުގައި ލޫކާ މޮޑްރިޗް ހިމަނައި، އޭނާ އަކީ އެ ޓީމުގެ ހިތްވަރު ކަމަށް ކޯޗު ލަޓްކޯ ޑަލިކް ބުނެފި އެވެ.

ޕޯޗުގަލް އާއި ޕޮލެންޑާ ދެކޮޅަށް އަންނަ މަހު ކްރޮއޭޝިއާ އިން ކުޅޭ މެޗަށް ކޯޗު ޑަލިކް ވަނީ 24 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފަ އެވެ. އެ ސްކޮޑުގައި އޭނާ ވަނީ ކެޕްޓަން މޮޑްރިޗް ވެސް ހިމަނައިފަ އެވެ. އުމުރުން މިހާރު 38 އަހަރުވެފައިވާ މޮޑްރިޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑަލިކް ބުނީ، ޔޫރޫ ފުޓުބޯޅަ މުބާރާތަށްފަހު މުހިންމު ދެ ކުޅުންތެރިން ޓީމުން ރިޓަޔާވާން ނިންމާފައިވާ ކަމަށެވެ. އެއީ މާސެލޯ ބްރޮޒޯވިޗް އަދި ޑޮމަގޯއި ވީޑާ އެވެ. އެހެން ނަމަވެސް ޓީމުގެ ކެޕްޓަން މޮޑްރިޗް، ޓީމުގައި ދެމި ހުރުމަކީ އުފާވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ދަނޑު މަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް މޮޑްރިޗް އަކީ ކްރޮއޭޝިއާ އަށް ނުހަނު މުހިންމު ކުޅުންތެރިޔެއްކަން ފާހަގަކޮށް ޑަލިކް ބުނީ، މޮޑްރިޗް އަކީ އެ ޓީމުގެ ހިތްވަރު ކަމަށެވެ. ހަމައެހެންމެ ނޭޝަންސް ލީގާ އެކު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކޮލިފިކޭޝަން އަށް ޓީމު ރަނގަޅަށް ތައްޔާރުވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޤަތަރުގައި އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ލޯ މެޑަލް ޙާސިލު ކުރި ޓީމުގައި މިހާރު ވެސް ރަނގަޅު އަދި މޮޅު ކުޅުންތެރިން ތިބި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މޮޑްރިޗް އަންނަނީ 2006 ވަނަ އަހަރުން ފެށިގެން ކްރޮއޭޝިއާގެ ޤައުމީ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 178 މެޗުގައި 26 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ކްރޮއޭޝިއާ އާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ލޯ މެޑަލް ހޯދިއިރު، ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ވެސް ވަނީ ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި

23 މެއި 2017
ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި
22 މެއި 2017

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

22 މެއި 2017
ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް
08 އެޕްރީލު 2017

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު