Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިވާ ޕްލޭޓް

ސެވިއްޔާ ދޫކޮށް، އަކުނާ ރިވާ ޕްލޭޓަށް ބަދަލުވެއްޖެ

ރިވާ ޕްލޭޓާ އެކު އަކުނާ ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އޯގަސްޓު 2024 | ބުދަ 07:33
ރިވާ ޕްލޭޓުގެ އެއްބަސްވުމުގައި އަކުނާ ސޮއި ކުރަނީ

ރިވާ ޕްލޭޓުގެ އެއްބަސްވުމުގައި އަކުނާ ސޮއި ކުރަނީ

ސެވިއްޔާ އަށް ކުޅެމުން އައި އާޖެންޓީނާގެ ޑިފެންޑަރު މާކޮސް އަކުނާ، އެ ކުލަބު ދޫކޮށް އާޖެންޓީނާގެ ރިވާ ޕްލޭޓަށް ބަދަލުވެއްޖެ އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ސެވިއްޔާ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރަށް ވަނީ ހަމަވެފަ އެވެ. އެއާއެކު އަކުނާ ވަނީ ރިވާ ޕްލޭޓަށް ބަދަލުވެފަ އެވެ.

ރިވާ ޕްލޭޓުގެ އެއްބަސްވުމުގައި އަކުނާ ސޮއި ކޮށްފައިވާއިރު، އެ ކުލަބުން ވަނީ ރަސްމީކޮށް އެކަން އިއުލާން ވެސް ކޮށްފަ އެވެ. ރިވާ ޕްލޭޓާ އެކު އަކުނާ ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. މިއީ އަކުނާގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭ ފަސް ވަނަ ކުލަބެވެ.

އަކުނާ ވަނީ ސެވިއްޔާ އަށް ކުޅެދިން 149 މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އަނެއްކޮޅުން އަކުނާ އަކީ އާޖެންޓީނާ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2016 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް އާޖެންޓީނާ ޤައުމީ ޓީމަށް 59 މެޗު ކުޅެދީފަ އެވެ. އާޖެންޓީނާ އާއެކު އޭނާ ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ދެ އަހަރު ކާމިޔާބު ކުރުމުގެ އިތުރުން ފީފާ ވޯލްޑް ކަޕް އަދި ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު