Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގެ ކިރުއެރުން

އައްޑޫ އާއި މެދު މި ސަރުކާރުގެ އެއްވެސް ތަސައްވުރެއް ނެތް - ދީދީ

17 އޯގަސްޓު 2024 | ހޮނިހިރު 13:56

ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 80 މިލިއަން ޑޮލަރު ހޭދަކޮށްގެން 184 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޯގަސްޓު 2024 | ހޮނިހިރު 13:56
އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ޑީޓުއަރ ބްރިޖް

އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ޑީޓުއަރ ބްރިޖް

އައްޑޫ އާއި މެދު މި ސަރުކާރުގެ އެއްވެސް ތަސައްވުރެއް ނެތް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް އިސްކަން ދިން ކަމަށެވެ. އޭރު ކަންކަން ކުރަމުން އައީ ވަރަށް ރަނގަޅު ޕްލޭނެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ. ދުރު ރާސްތާގައި އައްޑޫ އަށް ފައިދާވާނެ ކަންކަން ކޮށްދިނުމަށް ކުރީގެ ރައީސް ޞާލިހު އިސްކަން ދެއްވާފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ. ދީދީ ވަނީ އައްޑޫގައި ހިންގާފައިވާ ކަންކަމުގެ ކްރެޑިޓް ނެގުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 80 މިލިއަން ޑޮލަރު ހޭދަކޮށްގެން 184 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި އިންޑިއާއިން އައްޑޫގައި 220 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކޮށްފައިވެއެވެ. ދީދީ ވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއަކީ އެ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށާއި އައްޑޫގެ މުޅި އިގުތިސާދީ އަށް ކުރިއެރުން ލިބޭނެ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވެފައެވެ. އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ޑީޓުއަރ ބްރިޖް އެއީ ނިމިިދިޔަ ސަރުކާރުގެ ވިސްނުމާއި ސިޔާސަތު ފެނިގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އައްޑޫގައި އެއްވެސް ކަމެއް ނުކުރާ ކަމަށް ސަރުކާރުން ބުނާ އިރު އައްޑޫގައި ނިމިދިޔަ ސަރުކާރުން ހިންގީ ލޭންޑްމާކް ޕްރޮޖެކްޓްތަކެއް ކަމަށާއި، އެއީ އިޤްތިޞާދީ ވިސްނުމެއްގައި ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ދީދީ ވިދާޅުވިއެވެ. ހަންކެޑެ މަޝްރޫޢު ހަގީގަތަކަށް ހެދުމަށް ވެސް ނިމިދިޔަ ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ދަނީ ކުރީ ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުވަން ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ދެކޭ ގޮތުގައި އަތޮޅުތެރޭގެ ތަރައްޤީ އަކީ ބޭކާރުކަމެއް ކަމަށް ވެސް ދީދީ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ގެ ސަރުކާރުން އިންޑިއާގެ އެހީގައި ހިންގި މުހިންމު ބޮޑެތި މަޝްރޫއުތަކުގެ ނިމުން ފާހަގަ ކޮށް ޑރ. މުއިއްޒު ގެ ސަރުކާރުން ވަނީ ދާދިފަހުން ރިބަން ކަނޑާފައެވެ.

މަޝްރޫއުތަކުގެ ނިމުން ފާހަގަ ކޮށްފައި ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ޑރ. މުއިއްޒު ސަރުކާރުން ދެއްވި ދައުވަތެއްގައި ނިމިިދިޔަ ހަފްތާގެ ތެރޭގައި، އައްޑޫ ސިޓީގައި އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ކުލަ ގަދަ ރަސްމިއްޔާތެއްގައެވެ. މުން ފާހަގަ ކުރެވުނު މަޝްރޫއުތަކަކީ އައްޑޫގެ ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އާއި ހިތަދޫ އާއި މަރަދޫ ގުޅުވާލުމަށް ހަންކެޑެ ވަށައިގެން ހެދި 4 ލޭނުގެ ޑީޓުއަރ ލިންކް ރޯޑް މަޝްރޫއެވެ. މި މަގަކީ ހަންކެޑެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށާއި، އައްޑޫ ސިޓީގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން މުހިއްމު ބައެއް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

މިއީ އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެމްޑީޕީ ސަރުކާރުން ހިންގި މުހިއްމު މަސައްކަތެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. މި ދެ މަޝްރޫޢަށް ފަންޑުކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރައީސް ސޯލިހްގެ ސަރުކާރުން ހޯދި 800 މިލިއަން ޑޮލަރުގެ އެހީގެ ދަށުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް