Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައްލާ ޅަހުއްތު ނިޔާވުން

މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާ އަށް ފޫ ނުބެއްދޭނެ ބޮޑު އުނި ކަމެއް: ރައީސް

15 އޯގަސްޓު 2024 | ބުރާސްފަތި 10:37

ރައީސް މުޢިއްޒު ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަހު ޤައުމަށް ޚިދުމަތްކޮށް ދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާ އަށް ފޫ ނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޯގަސްޓު 2024 | ބުރާސްފަތި 10:37
މައްލާ ޅަތުއްތު، ފީފާގެ ބެޖު ޙާސިލު ކުރި ފުރަތަމަ ދިވެހި ރެފްރީ

މައްލާ ޅަތުއްތު، ފީފާގެ ބެޖު ޙާސިލު ކުރި ފުރަތަމަ ދިވެހި ރެފްރީ

ދިވެހި ފުޓުބޯޅައިގެ ލެޖެންޑްރީ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވުމަކީ، ދިވެހި ކުޅިވަރަށް ފޫ ނުބެއްދޭނެ އުނިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މައްލާ ޅަތުއްތު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި މައްލާ ޅާތުއްތު އަވަހާރަވެފައި ވަނީ، އިންޑިއާގެ ޓްރިވެންޑްރަމްގައި ޞިއްޙީ ކަމަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަހު ޤައުމަށް ޚިދުމަތްކޮށް ދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާ އަށް ފޫ ނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށެވެ. މީގެ އިތުރުން މައްލާ ޅަތުއްތަކީ ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާއި، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާއި، ދައުލަތަށް ދިގު މުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމާއި އަދި ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ޙާޞިލްކުރައްވާފައިވާ ޤަައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޝިއްޔަތެއްކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހަމައެއާއެކު މައްލާ ޅަތުއްތު އަވަހާރަވި މި ހިތާމަވެރި ވަގުތު، އެ މަރުޙޫމުގެ ޢާއިލާ އަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދޭ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. ރައީސް ވަނީ މައްލާ ޅަތުއްތަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

މައްލާ ޅަތުއްތަކީ ރާއްޖޭގައި އުފެދުނު އެންމެ ފުޓުބޯޅަ ރެފްރީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އޭނާ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރެފްރީ ބެޖު ޙާސިލު ކުރިފުރަތަމަދިވެހި ރެފްރީ އެވެ.

މައްލާ ޅަތުއްތަށް ވަނީ ދިވެހި ކުޅިވަރަށް ޚިދުމަތްކޮށްދެއްވާފައި ވާތީ، 2021 ވަނަ އަހަރު އޭނާ އަށް ވަނީ ޝަރަފުވެރިކަމުގެ އިނާމު ވެސް ދެއްވައިފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ވަނީ ދިގު މުއްދަތެއް ވަންދެން ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވުމުގެ އިނާމު ވެސް ދެއްވައިފަ އެވެ. މައްލާ ޅަހުއްތު ވަނީ ގާތް ގަނޑަކަށް 43 އަހަރު ވެންދެން ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވައިފަ އެވެ.

އޭގެ އިތުރުން 2023 ވަނަ އަހަރު އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ވެސް ވަނީ މައްލާ ޅަތުއްތުގެ އަގު ވަޒަން ކޮށްފަ އެވެ. އެގޮތުން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު މައްލާ ޅަތުއްތު އަށް ވަނީ ލިބިފަ އެވެ. އެއާއެކު ކުޅިވަރުގެ ދާއިރާ އިން ރެފްރީ ކަމުގައި މައްލާ ޅަތުއްތަށް ހުރިހާ އެވޯޑެއް ލިބުނީ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 މެއި 2017

އަންހެން ބައިން، ފެނަކަ އަދި ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް

02 މެއި 2017
އަންހެން ބައިން، ފެނަކަ އަދި ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް