Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

ފޮފާނާ ހޯދުމާ ގާތަށް އޭސީ މިލާނުން ޖެހިލައިފި

ފޮފާނާ ވެސް ބޭނުން ވަނީ ހަަމައެކަނި މިލާނަށް ބަދަލުވާން ކަމަށް ވާއިރު، މި ހަފްތާގެ ތެރޭގައި އެ ޑީލް ކާމިޔާބު ކުރަން މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޯގަސްޓު 2024 | ބުރާސްފަތި 06:29
މޮނާކޯ އަށް ކުޅެމުން އަންނަ ޔޫސުފް ފޮފާނާ

މޮނާކޯ އަށް ކުޅެމުން އަންނަ ޔޫސުފް ފޮފާނާ

މޮނާކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޔޫސުފް ފޮފާނާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި، އޭނާ ހޯދުމާ ގާތަށް އެ ކުލަބުން ޖެހިލައިފި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޖުލައި މަހުން ފެށިގެން އޭސީ މިލާނުން އަންނަނީ ފޮފާނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފޮފާނާ އާއެކު މިލާނުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން، އޭނާ ވަނީ އެ ކުލަބަށް ބަދަލުވާން އެއްބަސްވެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފޮފާނާ ހޯދުމަށް މިލާނުން އައު ބިޑެއް އަދި އެއްބަސްވުމެއް މޮނާކޯ އަށް ހުށަހަޅާނެ އެވެ. އެއީ ކުރިން ހުށަހަޅާފައިވާ ބިޑަށް ބަދަލުތަކެއް ގެނެސްގެން މިލާނުން ހުށަހަޅާ ބިޑެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ފޮފާނާ ވެސް ބޭނުން ވަނީ ހަަމައެކަނި މިލާނަށް ބަދަލުވާން ކަމަށް ވާއިރު، މި ހަފްތާގެ ތެރޭގައި އެ ޑީލް ކާމިޔާބު ކުރަން މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ސްޓްރަސްބާގް ދޫކޮށް ފޮފާނާ މޮނާކޯ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. މޮނާކޯ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، ރަނގަޅު އަގެއް ހުށަހަޅައިފި ނަމަ ފޮފާނާ ދޫކޮށްލަން މޮނާކޯ އިން އެއްބަސްވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ފޮފާނާ ވަނީ މިހާތަނަށް މޮނާކޯ އަށް ކުޅެދީފައިވާ 175 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
31 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު