Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ސީޒަންސް ސާފިން ޓްރޮފީ

ފޯ ސީޒަންސް ސާފިން ޓްރޮފީ: ރޮބް މަޗާޑޯ ބަލިކޮށް ޗެމްޕިއަންކަން ތާޖް ހޯދައިފި

13 އޯގަސްޓު 2017 | އާދީއްތަ 14:53

މުބާރާތުގެ ސެމީގައި ކުޑަ އިއްސެ ވަނީ ވާދަކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 13 އޯގަސްޓު 2017 | އާދީއްތަ 14:53
ފޯ ސީޒަން ސާފިން ޗެމްޕިއަންސް ޓްރޮފީ ހޯދުމަށްފަހު ތާޖް ބޮރޯ އުފާފާޅުކުރަނީ

ފޯ ސީޒަން ސާފިން ޗެމްޕިއަންސް ޓްރޮފީ ހޯދުމަށްފަހު ތާޖް ބޮރޯ އުފާފާޅުކުރަނީ

ފޯ ސީޒަން ސާފިން ޗެމްޕިއަންސް ޓްރޮފީގައި އެމެރިކާގެ ރޮބް މަޗާޑޯ ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ޑިފެންޑިން ޗެމްޕިއަން ތާޖް ބޮރޯ ހޯދައިފި އެވެ.

އާދީއްތަ ދުވަހު އޮތް ފައިނަލްގައި މަޗާޑޯއާ ވާދަކޮށް ތާޖް އެއްވަނަ ހޯދާފައިވާއިރު، މިއީ އޭނާ މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ޗެމްޕިއަނުގެ ގޮތުގައި އޭނާ މި އަހަރު ވާދަކޮށްފައިވާއިރު، އަންނަ އަހަރުވެސް އޭނާ އަށް ޗެމްޕިއަން ގޮތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ބްރެޒިލްގެ މާޔާ ގެބްރިއާ ބަލިކުރުމަށް ފަހު ރާއްޖޭގެ އިސްމާއިލް މިގްލާލް (ކުޑައިއްސެ) ވަނީ މުބާރާތުގެ ސެމީފައިނަލްގައި ވާދަ ކޮށްފައެވެ. އޭނާ ބަލިވީ އެމެރިކާގެ ސީޖޭ ހޮބްގުޑް އަތުންނެވެ. އެހެން ނަމަވެސް ކުޑަ އިއްސެ ވަނީ މުބާރާތުގެ ޓުވިން ފިންގައި ހޮނިހިރު ދުވަހު ހޮބްގުޑް ބަލި ކުރުމަށްފަހު އެ އިވެންޓުގެ ސެމީގައިވެސް ވާދަކޮށްފައެވެ. އޭނާ ބަލިވީ މަޗާޑޯއާ ވާދަކޮށްގެންނެވެ.

ސެމީފައިނަލް ހީޓުގައި ވާދަކުރުމަށް ފަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ކުޑަ އިއްސެ ބުނީ ފޯ ސީޒަންސް ސާފިން ޗެމްޕިއަންސް ޓްރޮފީ އަކީ އޭނާގެ އެންމެ ކާމިޔާބު މުބާރާތަށްވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ މުބާރާތުގައި އެންމެ އުފާވީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އެމެރިކާގެ ހޮބްގުޑް ބަލިކޮށް ޓުވިން ފިންގެ ސެމީއަށް ދަތުރުކުރެވުން ކަމަށެވެ.

ކުޑަ އިއްސެ ބުނީ މާލޭގެ ރާޅުގަނޑު ބަންދު ކުރި ފަހުން ތަމްރީން ހަދަން އެއްވެސް ތަނެއް ލިބިފައިނުވާ ކަމަށާއި، މުބާރާތަށް ވެސް އެއްވެސް ވަރަކަށް ތައްޔާރު ވެސް ނުވެވުނު ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ރަނގަޅު ހިސާބަކަށް ދެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށެވެ.

ބޮޑު އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރާއިރު ވަރަށް ތައްޔާރުވާން ޖެހޭ ކަމަށާއި، މުބާރާތުގައި ވާދަކުރި ބައިނަލްއަގުވާމީ ޗެމްޕިއަނުން އަންނަނީ ވަރަށް ތައްޔާރުވެގެން ކަމަށް ވެސް ކުޑަ އިއްސެ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ އެތްލީޓުންނާ ވާދަކުރެވޭނެ ކަމަށް ވެސް އިއްސެ ބުންޏެވެ.

ފައިނަލް ހީޓް ކާމިޔާބުކުރުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ތާޖް ބުނީ މޫސުން ތަންނުދިނުމުން މުބާރާތް ނުފެށި ލަސްވި ކަމަށާއި، އެހެން ނަމަވެސް މޫސުން ރަނގަޅުވެ ރާޅާއަޅަން ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ.

ކުޑައިއްސެއާ ބެހޭގޮތުން ތާޖް ބުނީ އޭނާ އަކީ ވަރަށް ހުނަރުވެރި ރާޅާއެޅުންތެރިޔެއް ކަމަށާއި، މުބާރާތުގައި ހޮބްގުޑްއާ ދެކޮޅަށް ވެސް އޭނާގެ ފަރާތުން ހީނުކުރާހާ މޮޅު ކަންތައްތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.

ތާޖް ބުނީ މުބާރާތް ކާމިޔާބު ކުރުމަށް އޭނާގެ ލޯބިވެރިޔާ އެދެމުން ދިޔަ ކަމަށާއި، އެގޮތުން މުބާރާތް ކާމިޔުބުކޮށް އަނެއްކާ ވެސް އަންނަ އަހަރު މުބާރާތުގައި ވާދަކުރުމަށް ފުރުސަތު ލިބުމުން އެކަމާ އޭނާ ވަރަށް އުފާވާ ކަމަށެވެ.

ރާއްޖެއަކީ ވަރަށް ރީތި ތަނެއް ކަމަށާއި، ފޯސީޒަން ރިސޯޓުން ވަރަށް ރަނގަޅަށް ރާޅާއެޅުންތެރިންނަށް މެހެމާންދާރީއެއް އަދާކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ފައިނަލްގައި ހުރިހާ ރާޅާއެޅުންތެރިން ވެސް ވަރަށް މަސައްކަތްކުރި ކަމަށާއި، ވަރަށް މަޖާ ދުވަސްތަކެއް ހޭދަކޮށް ނިންމާލެވިފައިވާ ކަމަށެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތާޖް ބޮރޯ އަށް 25،000 ޑޮލަރުގެ ފައިސާގެ އިނާމެއް ވަނީ ލިބިފައެވެ.

މުބާރާތުގެ ދެވަނަ އަށްދިޔަ ރޮބް މަޗާޑޯ ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ މިއީ އޭނާ މުބާރާތުގައި ވާދަ ކުރާ ތިންވަނަ ފަހަރު ކަމަށާއި، ކޮންމެ އަހަރަކު ވެސް ހުރިހާކަމެއް ވެސް ފުރިހަމަ ކަމަށެވެ. އެގޮތުން އޭނާ ބުނީ ރާއްޖޭގެ ރާޅުތައް ދަސްވަމުން އަންނަ ކަމށާއި، އަންނަ އަހަރުވެސް އެނބުރި އަންނާނެ ކަމަށެވެ.

މުބާރާތުގެ ދެވަނަ އަށްދިޔަ ރޮބް މަޗާޑޯ އަށް ވަނީ 10،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބިފައެވެ.

މުބާރާތުގެ ސިންގަލް ފިންގެ އެއްވަނަ ހޯދީވެސް ރޮބް މަޗާޑޯއާ ވާދަކޮށް ތާޖް ބޮރޯ އެވެ. ސިންގަލް ފިންގެ ޗެމްޕިއަންކަން ހޯދީ ސީޖޭ ހޮބްގުޑްއާ ވާދަކޮށް ރޮބް މަޗާޑޯ އެވެ.

މިއީ ފޯ ސީޒަންސް އިން ދުނިޔޭގެ ޗެމްޕިއަނުންނަށް ދައުވަތު ދީގެން މި މުބާރާތް ބޭއްވި ހަތް ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވީ ހަވާއީގެ ރޮސް ވިލިއަމްސް، ބްރެޒިލްގެ މާޔާ ގެބްރިއާ، އޮސްޓްރޭލިއާގެ ޑިފެންޑިން ޗެމްޕިއަން ތާޖް ބޮރޯ އަދި އެމެރިކާގެ ދެ ރާޅާ އެޅުންތެރިންކަމަށްވާ ސީޖޭ ހޮބްގުޑް އާއި ރޮބް މަޗާޑޯ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2018

ވޯލްޑް ކަޕް ޓްރޮފީ ރާއްޖެ ގެނެސްފި

24 ޖެނުއަރީ 2018
ވޯލްޑް ކަޕް ޓްރޮފީ ރާއްޖެ ގެނެސްފި
24 ޖެނުއަރީ 2018

ވޯލްޑް ކަޕް ޓްރޮފީ ޓުއަރ އަށް ބައެއް މަގުތައް ބަންދުކުރަނީ

24 ޖެނުއަރީ 2018
ވޯލްޑް ކަޕް ޓްރޮފީ ޓުއަރ އަށް ބައެއް މަގުތައް ބަންދުކުރަނީ
23 ޖެނުއަރީ 2018

ވޯލްޑް ކަޕް ޓްރޮފީ އާ ގުޅޭ މުހިންމު 10 ސުވާލުގެ ޖަވާބު

23 ޖެނުއަރީ 2018
ވޯލްޑް ކަޕް ޓްރޮފީ އާ ގުޅޭ މުހިންމު 10 ސުވާލުގެ ޖަވާބު
02 ޖެނުއަރީ 2018

ދުނިޔޭގެ ޑާޓް ޗެމްޕިއަންކަން އަލަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފި

02 ޖެނުއަރީ 2018
ދުނިޔޭގެ ޑާޓް ޗެމްޕިއަންކަން އަލަށް ވާދަކުރި ރޮބް ކްރޮސް ހޯދައިފި
12 އޯގަސްޓު 2017

ފޯ ސީޒަންސް ސާފިން ޓްރޮފީ: ކުޑަ އިއްސެ ބޮޑު ކާމިޔާބީއެއް ހޯދައިފި

12 އޯގަސްޓު 2017
ފޯ ސީޒަންސް ސާފިން ޓްރޮފީ: ކުޑަ އިއްސެ ބޮޑު ކާމިޔާބީއެއް ހޯދައިފި
09 އޯގަސްޓު 2017

ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

09 އޯގަސްޓު 2017
ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި
30 ޖުލައި 2017

ރެއާލް ބަލިކޮށް އިންޓަނޭޝަނަލް ޗެމްޕިއަންސް ޓްރޮފީ ބާސާ އުފުލާލައިފި

30 ޖުލައި 2017
ރެއާލް ބަލިކޮށް އިންޓަނޭޝަނަލް ޗެމްޕިއަންސް ޓްރޮފީ ބާސާ އުފުލާލައިފި
29 ޖުލައި 2017

މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ އަންނަ މަހު ފަށަނީ!

29 ޖުލައި 2017
މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ އަންނަ މަހު ފަށަނީ!
18 ޖޫން 2017

ބޮޑު މޮޅަކާއެކު އިންޑިއާ ބަލިކޮށް، ޕާކިސްތާނުން އައިސީސީ ޓްރޮފީ އުފުލާލައިފި

18 ޖޫން 2017
ބޮޑު މޮޅަކާއެކު އިންޑިއާ ބަލިކޮށް، ޕާކިސްތާނުން އައިސީސީ ޓްރޮފީ އުފުލާލައިފި
14 އެޕްރީލު 2017

ކ.އަތޮޅުގެ ޗެމްޕިއަން ޓްރޮފީ ގުރައިދޫއަށް

14 އެޕްރީލު 2017
ކ.އަތޮޅުގެ ޗެމްޕިއަން ޓްރޮފީ ގުރައިދޫއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް