Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2018

ވޯލްޑް ކަޕް ޓްރޮފީ އާ ގުޅޭ މުހިންމު 10 ސުވާލުގެ ޖަވާބު

ތަށި ދެ ފަހަރެއްގެ މަތިން ވަގައް ނަގާފައިވޭ

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2018 | އަންގާރަ 09:17
ވޯލްޑް ކަޕް ޓްރޮފީ

ވޯލްޑް ކަޕް ޓްރޮފީ

ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ޝަރަފްވެރި ޓްރޮފީ (ވޯލްޑް ކަޕް ތަށި) ރާއްޖެއަށް ޖޫން މަހުގެ 24 ވަނަ ދުވަހު އަންނާނެއެވެ. އެއީ ރާއްޖޭގެ ތާރީޚުގައި މި އަގުބޮޑު ޓްރޮފީ ރާއްޖެއަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރެވެ. ފުޓްބޯޅައަށް ދެވި ހިފާފައިވާ ދިވެހި ރައްޔިތުންނަށް އެ ތަށި ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެކެވެ. ރާއްޖެ އަށް މި ޓްރޮފީ ކުރާ ޒިޔާރަތުގައި ދަތުރު ފެށީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުން ޑިސެމްބަރު މަހުގެ ދެމެދުގައި ފުރަތަމަ ދަތުރު ކުރީ މި އަހަރުގެ ވޯލްޑްކަޕް އޮންނަ ރަޝިއާގެ 15 ސިޓީ އަކަށެވެ. އޭގެ ފަހުން ދުނިޔޭގެ 50 ގައުމަކަށް މި ތަށި ކުރާ ދަތުރު ފެށިއެވެ. ދަތުރު ނިންމާލާނީ ވޯލްޑްކަޕް ފެށެން 1 މަސް ދުވަހަށް ވުމުން އެނބުރި ރަޝިއާ އަށް ދިއުމާއި ހަމައިންނެވެ. މިފަހަރުގެ ޓުއަރ ނިމޭނީ މޮސްކޯ އިންނެވެ. އެއީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

ތިރީގައި މި ބަލާލަނީ ވޯރލްޑްކަޕް ޓްރޮފީއާ ބެހޭ ގޮތުން އާއްމު ގޮތެއްގައި އެނގެން ޝައުގުވެރިވެދާނެ 10 ސުވާލެއްގެ ޖަވާބަށެވެ.

ޓުއަރގައި އަންނަނީ އަސްލު ތަށިތަ؟

ޓުއަރގައި ގައުމަތަކަށް ގެންދަނީ އަސްލު ޓްރޮފީއެވެ.

ތަށީގައި އަތް ލެވޭނެތަ؟

ވޯލްޑްކަޕް ތަށީގައި އާއްމުން އަތްލުމަކީ މަނާ ކަމެކެވެ. ތަށީގައި އަތްލެވޭނީ ޗެމްޕިއަން ޓީމަށާއި، ގައުމުތަކުގެ ވެރިންނަށެވެ.

އެއީ ރަނުން ހަދާފައިވާ އެއްޗެއްތަ؟

ޓްރޮފީ ހަދާފައިވަނީ 18 ކެރެޓް ރަނުންނެވެ. ޓްރޮފީގައި 5 ކިލޯގެ ރަން އެކުލެވެއެވެ.

ޓްރޮފީގެ ބޮޑުމިނަކީ ކޮބާ؟

ފީފާ ވޯލްޑް ކަޕް ޓްރޮފީގެ އުސްމިނުގައި 36.8 ސެންޓިމީޓަރު ހުރެއެވެ. ޖުމްލަ ބަރުދަނުގައި 6142 ގުރާމް ހުރެއެވެ. ތަށީގެ ފުލުގެ އެންމެ ފުޅާ ދިމާލުގައި ހުންނަނީ 13 ސެންޓިމީޓަރެވެ. 1974 ވަނަ އަހަރުން ފެށިގެން ތަށި ހޯދި ގައުމާއި ޓްރޮފީ ލިބުނު އަހަރު އެނގޭ ގޮތައް ޓްރޮފީގެ ފުލުގައި ކަނޑާ ނަގާފައި ހުރެއެވެ.

ޓްރޮފީ އުފެއްދީ ކާކު؟

ވޯލްޑް ކަޕް ގައި މިހާރު ބޭނުން ކުރާ ޓްރޮފީ އުފެއްދީ އިޓަލީގެ ރައްޔިތެއް ކަމަށްވާ ސިލްވިއޯ ގަޒަނިގާ އެވެ. އޭނާ އަކީ ފުޓްބޯޅަ އަށް މާ ބޮޑު ޝައުގުވެރި ކަމެއް ބަހައްޓާ މީހެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

ޓްރޮފީގެ އަގަކީ ކިހާ ވަރެއް؟

ޓްރޮފީ އުފެއްދި އިރު އޭގެ އަގު ކަމަށް ވަނީ ފަންސާސް ހާސް ޑޮލަރެވެ. އެކަމަކު މިހާރު އޭގެ އަގު 10 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

ވޯލްޑް ކަޕް ޓްރޮފީ ފުރަތަމަ ކުރި ދަތުރަކީ ކޮބާ؟

ވޯލްޑް ކަޕް ޓްރޮފީގެ ތާރީހުގައި ފުރަތަމަ ދަތުރު ކުރީ 1930 ވަނަ އަހަރު ކޮންޓި ވާރޑީ ނަމަކަށް ކިޔާ ބޯޓެއްގައި އުރުގުއޭ އަށެވެ.

ޓްރޮފީ ވަގައް ނެގިތަ؟

ދެވަނަ ބޮޑު ހަނގުރާމަ ފެށުނު އިރު ޓްރޮފީ ހުރީ އިޓަލީގެ ބެލުމުގެ ދަށުގައެވެ. އެއީ 1938 ވަނަ އަހަރު ތަށި ލިބުނު ގައުމުގެ ހައިސިއްޔަތުންނެވެ. ހަނގުރާމަ އާއި ނާޒީންގެ ދުއްތުރާ އޮތްލެއް ބޮޑުކަމުން އިޓަލީ އަކީ މިފަދަ އަގު ބޮޑު ތައްޓެއް ބަހައްޓަށް އެކަށީގެންވާ މާހައުލެއް އޮތް ތަނެއް ނޫން ކަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އޮޓޮރީނޯ ބަރައްސީ އަށް ވިސްނި ޓްރޮފީ ފޮރުވާފައި ހުރި ބެންކުގެ ހަރުގަނޑުން ނަގައިގެން ގެނެސް ބޫޓުލާ ފޮއްޓަކަށް ޓްރޮފީ ލުމަށްފަހު އޭނާގެ ނިދާ އެނދު ތަންދޮށަށްލާ ޓްރޮފީ ފޮރުވިއެވެ. ބޭނުމަކީ ތަށި ވަގައް ނަގައިފި ކަން ދެއްކުމާއެކު ނާޒީންގެ އަތްދަށުން ޓްރޮފީ ސަލާމަތް ކުރުމެވެ. އެފަހަރު ތަށި ވަގައް ނެގުމުން ސަލާމަތް ކުރެވުނީ މި އުކުޅުންނެވެ.

1966 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އޮތް ވޯލްޑް ކަޕް ފެށެން އެންމެ 4 މަސް ދުވަހަށް ވެފައި ވަނިކޮށް ވޯލްޑްކަޕް ތަށި ވަގަށް ނެގިއެވެ. ތަށި ވަގައް ނެގީ، ވެސްޓްމިންސްޓަރ ސެންޓްރަލް ހޯލްގައި އާއްމުންނަށް ތަށި ދައްކާލުމަށް ބަހައްޓަފައި ހުއްޓައެވެ. އޭރު ތަށި ބަލަހައްޓަން 24 ގަޑީއިރު ފޯރި މަރަމުން ދިޔައެވެ. ތަށި ވަގައް ނެގުމާއެކު އިނގިރޭސި ވިލާތުގެ ހުރިހާ ފުލުހުން ވަގު ހޯދަން ނެރުނެވެ.

މުބާރާތް ފެށެން ވާއިރަށް ތަށި ނުހޯދިދާނެ ކަމަށް ބަލާ ތަށީގެ ނަކަލެއް ހެދުމަށް އިނގިރޭސި ވިލާތުން އެއާއެކު މަސައްކަތް ފެށިއެވެ. ނަސީބަކުން ނޫސް ކަރުދާސް ގަނޑަކަށްލާ އޮޅާލާފައި މީހެއްގެ ގޭގެ ބަގީޗާ ތެރޭގައި ތަށި ފޮރުވާފައި އޮއްވާ ކުއްތާ އަކަށް ތަށި ފެނިގެން އެ ކުއްތާ ވެރިމީހާގެ ސަމާލު ކަމަށް ގެނައެވެ. އެހިސާބުން ކަމާ ބެހޭ ފަރާތައް ތަށި ހަވާލު ކުރީއެވެ. ތަށި ހޯދުމުގެ އިނާމަކަށް ކުއްތާ އަށް އަހަރު ދުވަހުގެ ޑޯގް ފުޑް ލިބުނެވެ.

އިނގިރޭސިވިލާތުން ތަށި ވަގަށް ނަގާފައިވަނިކޮށް ދެ ވަނަ ފަހަރަށް އަނެއްކާވެސް ތަށި ވަގައް ނެގިއެވެ. އެއީ ވޯލްޑްކަޕް ތަށި (ޖޫލްސް ރިމެޓް ކަޕް) 1970 ވަނަ އަހަރު ބްރެޒިލް އަށް މިލްކު ވުމާ ގުޅިގެން ބްރެޒިލް އަށް ތަށި އެކީ ލިބުމުން ގެންގޮސް ބްރެޒިލްގެ ފުޓްބޯޅަ ކޮންފަޑަރޭޝަންގެ މައި އިދާރާގައި ބަހައްޓާފައި ހުއްޓާ ބަޔަކު ތަށި ވަގައް ނެގީއެވެ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި 4 މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތް ހިންގި އެވެ. އެކަމަކު ތައްޓެއް ނުފެނެއެވެ. ބެލެވޭ ގޮތުގައި ތަށި ވިރުވާލައިގެން ރަންކޮޅުގެ ބޭނުން ކޮށްލީއެވެ.

ޓްރޮފީ ކާމިޔާބު ކުރާ ގައުމަށް ޓްރޮފީ ލިބޭތަ؟

މިހާރު މި ބޭނުން ކުރާ ޓްރޮފީގެ ކުރިން ބޭނުން ކުރި ޖޫލްސް ރިމެޓް ޓްރޮފީ ބްރެޒިލް އަށް މިލްކް ވީ އިރު ފީފާގެ ގަވައިދު އޮންނަ ގޮތުން ޖެހިޖެހިގެން 3 ފަހަރު ޓްރޮފީ ލިބޭ ގައުމަކަށް ދާއިމީ ގޮތެއްގައި ޓްރޮފީ ދާއިމީ ގޮތެއްގައި ލިބެއެވެ. އަދި 2006 ވަނަ އަހަރުގެ ކުރިން ތަށި ހުންނަނީ ދެން އަންނަ މުބާރާތަކާ ހަމަ އަށް ތަށި ކާމިޔާބު ކުރާ ގައުމެއްގައެވެ. މިހާރު މި ބޭނުންކުރާ ޓްރޮފީގެ އޮރިޖިނަލް ޗެމްޕިއަން ޓީމަށް ގައުމަށް ގެންދާކަށް ނުލިބެއެވެ. މިހާރު ފީފާގެ ގަވައިދު އޮންނަ ގޮތުން ތަށި ކާމިޔާބު ކުރާ ގައުމަށް ގެންދަން ދެނީ ރިހިން ހަދާ ރަން ޕްލޭޓް ކޮށްފައި ހުންނަ ތައްޓެކެވެ.

ޓްރޮފީ ބަހައްޓާފައި ހުންނަނީ ކޮންތާކު؟

އަސްލު ތަށި ހުންނަނީ ޒިއުރިކްގެ ފުޓްބޯޅަ މިޔުޒިއަމް ގައެވެ. ތަށި އެތަނުން ނެރެނީ ކޮކާ ކޯލާ އާ ގުޅިގެން ފީފާ އިން ކުރިއަށް ގެންދާ ދަތުރަށާއި، ވޯލްޑްކަޕް މުބާރާތުގެ ފައިނަލް މެޗުގައި ދަނޑުގައި ބެހެއްޓުމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު