Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިސީސީ ޓްރޮފީ

ބޮޑު މޮޅަކާއެކު އިންޑިއާ ބަލިކޮށް، ޕާކިސްތާނުން އައިސީސީ ޓްރޮފީ އުފުލާލައިފި

ޕާކިސްތާނަކީ މުބާރާތުގައި ވާދަކުރި އެންމެ ދަށަށް ރޭންކުކޮށްފައިވާ ޓީމު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 18 ޖޫން 2017 | އާދީއްތަ 16:43
އިންޑިއާގެ މައްޗަށް ކުރިހޯދާ ޕާކިސްތާނުން އުފާފާޅުކުރަނީ

އިންޑިއާގެ މައްޗަށް ކުރިހޯދާ ޕާކިސްތާނުން އުފާފާޅުކުރަނީ

ބޮޑު މޮޅަކާއެކު އިންޑިއާ ބަލިކޮށް، ޕާކިސްތާނުން އައިސީސީ ޓްރޮފީ އުފުލާލައިފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ ދަ އޯވަލްގައި ކުޅުނު މި މެޗުގައި ފުރަތަމަ ކުޅެން އެރީ ޕާކިސްތާނުންނެވެ. އެޓީމުން ވަނީ ކުޅެން އަރާ ހަތަރު ކުޅުންތެރިން ނުބައިވެގެން 50 އޯވަރު ތެރޭގައި 338 ލަނޑު ހަދާފައެވެ. މިއީ 1992 ވަނަ އަހަރަށްފަހު ޕާކިސްތާނުން 50 އޯވަރާއެކު އައިސީސީ ޓްރޮފީ ހޯދި ފުރަތަމަ ފަހަރެވެ.

ޕާކިސްތާން ޓީމުގެ ފަހަރް ޒަމާން ސެންޗަރީއެއް ހަދާފައިވާއިރު، މުހައްމަދު ހަފީޒް ވަނީ ނުބައިނުވެ 57 ލަނޑު ހަދާފައެވެ. މީގެއިތުރުން އަޒްހަރު އަލީ 59 ލަނޑު ހަދާފައިވާއިރު، ބަބާ އަޒަމް ވަނީ 46 ލަނޑު ހަދާފައެވެ.

ޖަވާބުގައި އިންޑިއާ އިން ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 158 ލަނޑެވެ. އިންޑިއާ ޓީމުގެ ހަރްދިކް ޕަންޑްޔާ 76 ލަނޑު ހަދާފައިވާއިރު، ޔުވްރާޖް ސީންގް ވަނީ 22 ލަނޑު ހަދާފައެވެ.

ޕާކިސްތާނަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ދަށަށް ރޭންކުކޮށްފައިވާ ޓީމެވެ. އެޓީމު ދުނިޔޭގެ ހަވަނައަށް ރޭންކުކޮށްފައިވާއިރު، އިންޑިއާ ރޭންކުކޮށްފައިވަނީ ދުނިޔޭގެ އެއްވަނައަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕާކިސްތާންގެ ކެޕްޓަން ސަފްރާޒް އަހުމަދު ބުނީ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވުމުންވެސް މުބާރާތް އަދި ނުނިމޭ ކަމަށާއި، އަދިވެސް ކާމިޔާބުކުރެވޭނެކަން ކުޅުންތެރިންނަށް ވިސްނައިދީފައިވާނެކަމަށެވެ. އެގޮތުން ހުރިހާ ޝުކުރެއްވެސް ހައްގީ ކުޅުންތެރިންނަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިންޑިއާގެ ކެޕްޓަން ވިރާތް ކޯލީ ބުނީ އިންޑިއާގެ ހުރިހާ ކުޅުންތެރިންވެސް މެޗު ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް ކޮންމެ ދުވަހަކު މޮޅުނުވާނެކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

މުބާރާތުގައި ޕާކިސްތާން ވަނީ ދުނިޔޭގެ ދެވަނައަށް ރޭންކުކޮށްފައިވާ ސައުތް އެފްރިކާ އަދި ތިންވަނައަށް ރޭންކުކޮށްފައިވާ އޮސްޓްރޭލިއާވެސް ބަލިކޮށްފައެވެ. ޕާކިސްތާން ހޯދި ކާމިޔާބީއާއެކު އެގައުމުގައި އަންނަނީ އުފާފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު