Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑް

ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަލްވަރޭޒް އެތުލެޓިކޯ އަށް

އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2024 | އަންގާރަ 06:32
އެތުލެޓިކޯގެ އެއްބަސްވުމުގައި އަލްވަރޭޒް ސޮއި ކުރަނީ

އެތުލެޓިކޯގެ އެއްބަސްވުމުގައި އަލްވަރޭޒް ސޮއި ކުރަނީ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަައި އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ސޮއި ކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރާ، ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، އެތުލެޓިކޯ އިން ވަނީ އަލްވަރޭޒް ހޯދުމުގެ ޑީލް މީގެ ދުވަސްކޮޅެއް ކުރިން ކާމިޔާބު ކޮށްފަ އެވެ.

އެތުލެޓިކޯގެ އެއްބަސްވުމުގައި އަލްވަރޭޒް މިހާރު ސޮއި ކޮށްފައިވާއިރު، އެ ކުލަބުން ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. އެތުލެޓިކޯ އާއެކު އަލްވަރޭޒް ސޮއި ކޮށްފައި ވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އަލްވަރޭޒް ހޯދުމަށް އެތުލެޓިކޯ އިން ފީގެ ގޮތުގައި 75 މިލިއަން ޔޫރޯ ޚަރަދު ކޮށްފަ އެވެ. އެހެނިހެން ފީ ތަކާއެކު، އެތުލެޓިކޯ އިން ގާތް ގަނޑަކަށް 95 މިލިއަން ޔޫރޯ ޚަރަދު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 2022 ވަނަ އަހަރު ސިޓީން އަލްވަރޭޒް ހޯދާފައި ވަނީ 14 މިލިއަން ޔޫރޯ އަށެވެ.

އަލްވަރޭޒް ވަނީ ސިޓީ އަށް މިހާތަނަށް ކުޅެދިން 103 މެޗުގައި 36 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އަލްވަރޭޒް ވަނީ ސިޓީ އާއެކު، އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު