Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ - ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ އެތައް ހާސް ސިފައިން ރަޝިއާ އަށް އަރާ ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރަނީ

ޔޫކްރެއިންގެ އޮފިޝަލަކު ބުނެފައިވަނީ މި ހަމަލާގެ ބޭނުމަކީ ރަޝިއާގެ ބަލިކަން ދެއްކުމާއި، ދުޝްމަނަށް ދެވުނު އެންމެ ބޮޑު ގެއްލުމެއް ދިނުން ކަމުގައެވެ.

ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 14:16
ރަޝިޔާގެ ކާސްކް ސަރަޙައްދުގައި ޔުކްރެއިންގެ ބޯޑަރާ އިންވެގެންވާ ހިސާބުގައި ޔުކްރެއިންގެ ޓޭންކެއް

ރަޝިޔާގެ ކާސްކް ސަރަޙައްދުގައި ޔުކްރެއިންގެ ބޯޑަރާ އިންވެގެންވާ ހިސާބުގައި ޔުކްރެއިންގެ ޓޭންކެއް

ޔުކްރެއިން އިން ރަޝިއާގެ ދިފާއު ފޫއަޅުވާލުމަށް ފަހު ރަޝިއާ އަށް އަރާ ޔޫކްރެއިންގެ އެތައް ހާސް ސިފައިން ރަޝިއާ އާ ހަނގުރާމަ ކުރަމުންދާ ކަމަށް ޔޫކްރެއިންގެ އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފިއެވެ.

މި ހަމަލާގެ ބޭނުނަކީ ރަޝިއާގެ ބަލިކަށިކަން ދެއްކުމާއި، ރަޝިއާ އަށް ހަމަ ނުޖެހުން ގެނައުން ކަމަށްވެސް ޔޫކްރެއިންގެ އޮފިޝަލް ބުނެފައިވެއެވެ.

ޔޫކްރެއިންގެ ސަލާމަތީ އޮފިޝަލް ބުނެފައިވަނީ ޔޫކްރެއިން ގެ މަގްސަދަކީ ރަޝިއާ އަށް ރަޝިއާގެ ބޯޑަރު ހިމާޔަތް ނުކުރެވޭކަން ދެއްކުމާއެކު، ދެވުނު އެންމެ ބޮޑު ގެއްލުމެއް ރަޝިއާ އަށް ދިނުން ކަމަށެވެ.

ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް އެރުން ވެގެން ދިޔައީ ރަޝިއާ އަށް ބޮޑު ޝޮކެއް ލިބުނު ކަމަށެވެ. ރަޝިއާ އަށް އެރި ޔޫކްރެއިންގެ ސިފައިންނާ ރަޝިއާ ސިފައިންނާ ދެމުދު ހަމަލާތައް ބަދަލު ކުރެވޭތާ ހަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ރަޝިއާ އިން ބުނެފައިވަނީ އެ ގައުމަށް އެރި ޔޫކްރެއިން ސިފައިން ޗިސްޗިސް ކޮށްލާނެ ކަމަށެވެ.

ރަޝިއާ ގެ އޮފިޝަލަކު ކުރިން ހާމަ ކޮށްފައިވާ ގޮތުގައި ރަޝިއާ ސަރަހައްދަށް އަރާފައިވަނީ ޔޫކްރެއިންގެ 1000 ސިފައިނެނެވެ.

ރަޝިއާ އަށް އެރީ ޔޫކްރެއިންގެ 1000 ސިފައިންތޯ ޔޫކްރެއިންގެ އޮފިޝަލް ގާތު އޭއެފްޕީގެ ނޫސްވެރިޔާ ސުވާލު ކުރުމުން ބުނެފައިވަނީ އެއަށް ވުރެ މާ ބޮޑަށްވެސް އަދަދު ގިނަވާނެ ކަމަށާއި ހާހުން ގުނާލެވޭނެ ކަމަށެވެ.

ޔޫކްރެއިން ސިފައިން ރަޝިއާ އަށް އެރުމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްފަހު ޔޫކްރެއިން ސިފައިން ރަޝިއާ އަށް އެރިކަމަށް ފުރަތަމަ ފަހަރަށް ޔޫކްރެއިންގެ ރައީސް ވަނީ ހޮނިހިރު ދުވަހުގެ ރޭ ދެއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

ރަޝިއާ އިން ޔޫކްރެއިންނަށް އަރާ ހަނގުރާމަ ފެށީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ހަނގުރާމައިގައި ރަޝިއާގެ އާރާ ބާރު ޔޫކްރެއިން އަށް ވުރެ ގަދަކަން މިހާތަނަށް ދައްކަމުން ގޮސްފައިވެއެވެ. ރަޝިއާ އިން ވަނީ ޔޫކްރެއިންގެ ސިޓީ ތަކަށް މިސައިލް އާ ޑްރޯން ހަމަލާތައް ކޮންމެ ދުވަހަކު ދެމެން ގޮސް އިރުމަތީ އަދި ދެކުނު ޔޫކްރެއިންގެ ބޮޑެތި ސަރަހައްދުތަކެއް ރަޝިއާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ސިފައިންގެ އަދަދުންނާއި ހަތިޔާރުގެ ގޮތުން އެތައް ގުނައެއް ކުރީގައި އޮތް ކަމަށް ބެލޭ ރަޝިއާގެ ހަމަލާތައް ދިފާއު ކުރުމުގައި ޔޫކްރެއިން އަށް ބޮޑެތި ދަތިތަކާ ގޮންޖެހުންތައް މިހާތަނަށް ކުރިމަތިވަމުން ގޮސްފައިވާކަން ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ރަޝިއާ އަށް އެރި ޔޫކްރެއިން ސިފައިން ފަހަތައް ޖެއްސުމަށް ރަޝިއާ އިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ރިޒާވް ސިފައިންނާއި ޓޭންކް ތަކާއި ހަތިޔާރު ގެންދަނީ އެ ސަރަހައްދަށް ފޮނުވަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޔޫކްރެއިން ސިފައިން ގެންދަނީ ރަޝިއާ އިން ފޮނުވާ ފައުޖުތަކަށް މަގުމަތިން ހަމަލާ ދެމުންނެވެ.

ރަޝިއާ އިން ވަނީ މި ހަމަލާއާ ގުޅިގެން އެ ގައުމުގެ ބޯޑަރުގެ ތިން ސަރަހައްދެއްގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަނެއްކޮޅުން ރަޝިއާގެ އެކުވެރި ބެލަރުސްގެ ފައުޖުތައް ޔޫކްރެއިން ބެލަރުސް ބޯޑަރު ސަރަހައްދަށް ގެންދަނީ ޖަމާކުރަމުންނެވެ. ބެލަރުސް އިން ބޯޑަރަށް ސިފައިން ފޮނުވީ ޔޫކްރެއިން އިން ބެލަރުސްގެ ވައިގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަތް ކަމަށް ބުނެއެވެ.

ހުކުރު ދުވަހު ރަޝިއާގެ ލީޕިއިސްކް ސަރަހައްދުގައިވާ އަސްކަރީ ބޭސް އަކަށް ޔޫކްރެއިންގެ ވައިގެ ސިފައިން ވަނީ ބޮން އަޅާފައެވެ. ލީޕިއަސްކް ސަރަހައްދަކީ ރަޝިއާ ޔޫކްރެއިން ބޯޑަރުން 280 ކިލޯމީޓަރު ދުރުގައި އޮންނަ ރަޝިއާގެ ސަރަހައްދެކެވެ.

ރަޝިއާގެ އަސްކަރިއްޔާ އިން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު ރަޝިއާ ގެ ބޯޑަރުން 10 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިން ސިފައިން ވަދެފައިވާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް ޔޫކްރެއިން އިން އަރާފައިވާ ސަރަހައްދާއި ސަރަހައްދުގެ ބޮޑު މިނުގެ ތަފްސީކެއް އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް ވަނީ އަންގާރަ ދުވަހު ކަމަށް ރަޝިއާގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ޔޫކްރެއިންގެ މި ކުއްލި ހަމަލާ އާ ގުޅިގެން ގަދަފަދަ ކަމަށް ބެލެވިފައިވާ ރަޝިއާ ގެ އަސްކަރިއްޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ.

މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ ސިފައިން ޔޫކްރެއިންނަށް އަރާ ހަނގުރާމަ ފެށިފަހުން ރަޝިއާގެ ސަރަހައްދީ ރޮނގު ހުރަސް ކޮށް ޔޫކްރެއިނުން ރަޝިއާ ގެ މައްޗަށް ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާ އިން ވަނީ ކާސްކް ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މިހާތަނަށް އެ ސަރަހައްދުން އެތައް ހާސް މީހުން އެހެން ސަރަހައްދުތަކަށް ގެންދެވިފައިވާ ކަމާއި، ކާސްކް އިން މޮސްކޯ އަށް ދާން ބޭނުންވާ މީހުންނަށް އިތުރު ޓްރެއިން އެއް ގެ ޚިދުމަތް ފަށާފައިވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ޔޫކްރެއިންނަށް ރަޝިއާގެ މައްޗަށް މި ހޯދި ކާމިޔާބާ އެކީ ޔޫކްރެއިން ސިފައިންގެ ހިތްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު