Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ - ރާއްޖެ ގުޅުން

އިންޑިއާގެ ޚަރިޖީ ވަޒީރުގެ ދަތުރުފުޅުގައި ދިފާއީ ރޮނގުންނާއި އިގްތިސާދާއި ވިޔަފާރީގެ ރޮނގުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރަން މަޝްވަރާ ކޮށްފި

މި ދަތުރުފުޅުގައި ހީނަރުވެފައިވާ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރަން ދެ ފަރާތުން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނޭ

ރާއްޖެ އެމްވީ | 9 އޯގަސްޓު 2024 | ހުކުރު 20:59
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރާއްޖޭގެ ޚާރިޖީ ވަޒީރާ އެކު ހުކުރު ދުވަހުގެ ރޭ ބޭއްވެވި މަޝްވަރާ ތަކުގައި ދިފާއީ ރޮނގުންނާއި، މެރިޓައިމްގެ ދާއިރާ އިންނާއި، މީހުން ބިނާ ކުރުމާއި، އިގްތިސާދާއި ވިޔަފާރީގެ ރޮގުން އިންޑިއާ އާއި ދިވެހި ރާއްޖެ އާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރަން މަޝްވަރާ ކޮށްފި ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއަރޒް އިން ހާމަ ކުރި ނޫސް ބަޔާނުގައި ބުނެފިއެވެ.

މިއީ، އިދިކޮޅުގައި ތިއްބަވައިގެން އިންޑިއާ އާ މެދު ދިވެހިންގެ ހިތުގައި އޮންނަ ތަސައްވަރު ކިލަނބު ކުރުމަށް "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭން ހިންގެވި ފަރާތްތަކުން ސަރުކާރާ ހަވާލުވި ފަހުން އިންޑިއާ އާއި ރާއްޖެ އާ ދެމެދުގެ ގުޅުން ބަދަހި ކުރެއްވުމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Advertisement - newsAdvertisement

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާ އިން ކުރިއަށް ގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ގެ ދަށުން 6 މަޝްރޫއެއް ވަނީ އިފްތިތާހް ކޮށްފައެވެ.

އިންޑިއާގެ އެހީގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއުތަކަކީ ރ. އުނގޫފާރުގައި މެންޓަލް ހެލްތް ޔުނިޓެއް އެޅުމާއި، ހދ ކުޅުދުއްފުށީގައި ޗައިލްޑް ޑިވެލޮޕް މަންޓް ސެންޓަރެއް އެޅުމާއި، ގދ، ތިނަދޫ އާއި ލ. ގަމާއި، ހއ. ދިއްދޫގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އެޅުމުގެ މަޝްރޫއުގެ އިތުރުން، ތ. ތިމަރަފުއްޓާއި، ތ. ވޭމަންޑޫ އާއި ގއ. ކޮނޑޭގައި މަގު ބައްތި ޖެހުމުގެ މަޝްރޫއެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި ފުރިހަމަ ކޮށްފައިވާ ފެނާއި ނަރުދަމާގެ 28 މަޝްރޫއު އިފްތިތާހް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އިންޑިއާގެ އެހީގައި ކުރިއަށްދާ ތިލަމާލެ ބްރިޖް މަޝްރޫއު ބައްލަވާލެއްވުމާއި، އައްޑޫ ބިން ހިއްކުމާއި، އައްޑޫ ލިންކް ބްރިޖް މަޝްރޫއު ބައްލަވާލައްވަން އައްޑޫ ސިޓީ އަށް ދަތުރުފުޅު ކުރައްވާ ގޮތައް ވަނީ ހަމަ ޖެހިފައެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން އާއި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަނަންސް އާއި ދެމެދު މީހުން ބިނާ ކުރުމަށް ހަދާފައިވާ އެއްބަސް ވުން ވަނީ އައު ކޮށްފައެވެ. އައު ކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިވިލް ސާވަންޓުން އިންޑިއާގައި ތަމްރީން ކުރުމަށް އެއް ހާސް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާގެ އީއީޒެޑް ބެލެހެއްޓުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ރާއްޖޭގެ ދިފާއީ ވަޒީރު ޣާއްސާން މައުމޫން އާ މަޝްވަރާ ކުރައްވާ ގޮތައް ވަނީ ހަމަ ޖެހިފައެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގައި ސޮއި ކުރި އެމްއޯޔޫތަކުގެ ތެރޭގައި ޑިޖިޓަލް ޓްރާންސެކްޝަން ތައް ހެދުމަށް އިންޑިއާ ގައި ބޭނުން ކުރާ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމުގެ އެމްއޯޔޫ ހިމެނެއެވެ. ޖައިޝަންކަރު ވިދާޅުވީ، ޑިޖިޓަލް ޓްރާންސެކްޝަންތައް ފެށުމަށް އެމްއޯޔޫ ގައި ސޮއި ކުރުމަކީ އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށާއި އެޚިދުމަތް ރާއްޖޭގައި އަވަސް ފުރުސަތެއްގައި ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

ފޮރިން މިނިސްޓްރީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއަށް ޔޫޕީއައި ތައާރުފް ކުރުމުގެ އެމްއޯޔޫގައި ސޮއި ކުރީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދުގައެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ޖައިޝަންކަރު ވަނީ ރާއްޖެ އަށް ރަސްމީ ތިން ދަތުރުފުޅު ކުރައްވާފައެވެ.

އިންޑިއާ އާއި ދިވެހި ރާއްޖެއަކީ އަވައްޓެރިންގެ ގޮތުން ޒަމާނުއްސުރެ ގާތް ރަހްމަތެރިކަން އޮންނަ ދެ ގައުމެވެ. އެ ގުޅުމަށް ހީނަރުކަން އައީ އިންޑިއާ އާ ދެކޮޅު ކެމްޕޭނެއް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތްތައް ސަރުކާރާ ހަވާލުވި ހިސާބުންކަން އިންޑިއާގެ މީޑިއާ އިން ފާހަގަ ކުރެއެވެ. ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ އެކު ދެގައުމުގެ ގުޅުމަށް އައި ހީނަރުކަން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅެމުން ދަނިކޮށް، ޑރ މުއިއްޒު ސަރުކާރުގެ ސިޔާސީ މަތި މަގާމު ތަކުގައި ތިބި ބަޔަކު އިންޑިއާގެ ބޮޑު ވަޒީރަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރި މައްސަލައިގައި އަނެއްކާ ދެ ގައުމުގެ ގުޅުމަށް އިތުރު ނުތަނަވަސްކަން ކުރިމަތިވި ކަން ފާހަގަ ކުރެވެއެވެ.

އެ މައްސަލައިގައި ޑރ. މުއިއްޒުގެ ސަރުކާރުން ފިޔަވަޅު އެޅި މުވައްޒަފުން އަދިވެސް ތިބީ ފުރިހަމަ މުސާރައާ އެކު ސަސްޕެންޝަންގައި ކަމަށްވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު