Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްއޭ އަށް އެމްޑީން ހޯދުން

އާދައިގެ ވަޒީފާތަކުން މީހުން ވަކި ކުރަމުންދާ ދަނޑިވަޅެއްގައި އެމްއެމްއޭ އަށް 5 އެމްޑީން ހޯދަން އިއުލާން ކޮށްފި

8 އޯގަސްޓު 2024 | ބުރާސްފަތި 16:30

މި މަގާމަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 50،000 އާއި 55،000 އާ ދެމުދުގެ އަދަދެއް ލިބޭ

ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 16:30
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ސަރުކާރު ކުންފުނިތަކުން އާދައިގެ ވަޒީފާތަކުން ގިނަ އަދަދެއްގެ ދިވެހިން ވަކި ކުރަން ނިންމާފައިވަނިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) އިން ހޯދަން އިއުލާން ކޮށްފިއެވެ.

އެމްއެމްއޭ ގެ އޮނިގަނޑުގައި މުޅިން އަލަށް ހިމެނި އެމްޑީ އިންގެ މަގާމަށް ކުރިމަތިލާން ބުރާސްފަތި ދުވަހު ވަނީ އިއުލާން ކޮށްފައެވެ.

Advertisement - newsAdvertisement

މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ކޮންމެ އެމްޑީ އަކަށް މަހަކު 50،000 އާއި 55،000 އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭނެ ކަމަށް އިއުލާން ގައި ވެއެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތައް އައްޔަން ކުރާ މެނޭޖިން ޑިރެކްޓަރުންނަށް ކަނޑައަޅާފައިވާ ދާއިރާތައް ކަމަށް ބުނެފައި ވަނީ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިން އޮޕަރޭޝަންސް، ކޯޕޮރޭޓް ސަވިސަސް އަދި ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް އެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމަށްފަހު ޑރ. މުއިއްޒުގެ ސަރުކާރުން އެ މަގާމަށް ހުށަހެޅި ރައީސް ޔާމީން ސަރުކާރުގައި ފިނޭންސް މިނިސްޓަރ ކަން ކުރެއްވި އަހްމަދު މުނައްވަރު އެ މަގާމަށް އައްޔަން ކުރަން ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއެކު ރައީސް މުއިއްޒު ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އޭނާ އެ މަގަމާށް އައްޔަން ކުރައްވާފައެވެ.

މުނައްވަރު އެ މަގާމަށް އައްޔަން ކުރުމާއެކު، އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ވަނީ ބަދަލު ކޮށްފައެވެ. އަދި މަގާމުގައި ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމް އުފައްދާ އެ މަގާމަށް ބަދަލު ކޮށްފައެވެ.

ބޮޑު މުސާރަ އާއި އިނާޔަތްތަކާއެކު ފަސް މަގާމަށް މީހުން ހޯދަން އެމްއެމްއޭ އިން އިއުލާން ކުރީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން ސަރުކާރުގެ ކުންފުނިތަކުން ވަކި ކުރަން ނިންމުމާއެކު އެކަމާ ކަންބޮޑުވުން ފާޅު ކޮށް ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް