Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތެއްގެ ސިފަ ގެއްލުވާލުން

ރާއްޖެއިން މިހާރު ފެންނަނީ ދައުލަތް އެކޮޅުކޮޅުން ގޮސް ސިފަ ގެއްލޭ މަންޒަރު: މޫކޭ

މިސަރުކާރަށް 8 މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ރައްޔިތުން ތިބީ ކަންބޮޑުވެ މާޔޫސްވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 18:43
އެމްޑީޕީގެ ހަރުގެ ޖަލްސާގައި އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ

އެމްޑީޕީގެ ހަރުގެ ޖަލްސާގައި އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން، ދިވެހިރާއްޖެއިން މިހާރު ފެންނަނީ ދައުލަތް އެކޮޅުކޮޅުން ގޮސް ސިފަ ގެއްލޭ މަންޒަރު ކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި މޫކޭ ވިދާޅުވީ ރައްޔިތުން ނުކުމެ މުއިއްޒު ރައީސް ކަމަށް އިންތިޚާބު ކުރީ ވަރަށް ގިނަ އުންމީދުތަކާއެކު ކަމަށެވެ.

އެގޮތުން ދިރިއުޅުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ތަރައްގީއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައްޔިތުން އުންމީދުކުރި ކަމަށް މޫކޭ ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރަށް 8 މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ރައްޔިތުން ތިބީ ކަންބޮޑުވެ މާޔޫސްވެފައި ކަމަށާއި، ރައްޔިތުންނަށް މަންފާ ލިބޭ ރަނގަޅު އެއްވެސް ކަމެއް ސަރުކާރުން މިހާތަނަށް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކަށް އިޝާރާތް ކުރައްވައި މޫކޭ ވިދާޅުވީ މަގާމުތަކަށް އައްޔަން ކުރައްވަނީ ކާކުކަން ރައީސްއަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، މިހާރު މަގާމުތަކުގައި ތިބި ޖުމްލަ އަދަދު ވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މުކޭ ވިދާޅުވީ މިސަރުކާރަކީ ސިއްރުވެރިކަން ބޮޑު ސަރުކާރެއް ކަމަށާއި، ދައުލަތުން އެއްވެސް ކަމެއް ހާމަނުކުރާ ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒު އުޅުއްވަނީ ނޫސްވެރިންނަށް ފިއްލަވައިގެން ކަމަށާއި، ވަޒީރުން އުޅުއްވަނީ ރައްޔިތުންގެ މަޖިލީހަށް ފިއްލަވައިގެން ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުން ގާތުގައި ދެއްކި ހުރިހާ ވާހަކަތަކާ ދެކޮޅަށް އަމަލުކުރަމުންދާ ކަމަށެވެ.

އެގޮތުން ޑޮލަރުގެ ރޭޓު މަތިނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އަތުނުޖެހޭ ހިސާބަށް ރޭޓް މަތިވަމުންދާ ކަމަށް މޫކޭ ވިދާޅުވިއެވެ. މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަށްފަހު މަހުގެ އަގަށްވާ ފައިސާ ވެސް ސަރުކާރުން ދޫކުރަމުންނުދާ ކަމަށާއި، ދަނޑުވެރިންނާ، ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނާ އަދި ކުދި ވިޔަފާރިތަކުގެ ވެރިންނަށް ދަތިކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޫކޭ ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ޒުވާނުން ކާރުތަކުގައި ނެރުނު ކަމަށާއި، ޒުވާނުން ލައްވާ ބޮޑެތި ރެލީތައް ބޭއްވި ކަމަށެވެ. އެޒުވާނުންގެ ވެހިކަލުތަކުގައި ސްޓިކަރ ނުޖަހާނެ ކަމަށާއި، ޕާކު ކުރުމަށް ބޮޑެތި އިމާރާތްތަކާއި، ޕާކިންއަށް ޚާއްސަ ޒޯންތައް ދޫކުރާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ފެނިގެންދިޔައީ ޒުވާނުންނަށް ޕާކުކުރާނެ ޖާގަ ނުދައްކައި، ވެހިކަލްތައް ޓޯ ކުރާ މަންޒަރު ކަމަށް މޫކޭ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ފެނިގެންދަނީ ރާއްޖޭގެ ހުރިހާ ދިމާލެއް ވެސް އެކޮޅުކޮޅުން ބޯކޮޅު ވަތަށް ޖެހެމުންދާ މަންޒަރު ކަމަށް މޫކޭ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު