Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާގެ މާކެޓް ރާއްޖެއަށް މުހިއްމުވުން

އިންޑިއާގެ މާކެޓު ވަރަށް މުހިއްމު، ރާއްޖެއާ މެދު އިންޑިއާގައި އޮތް މާޔޫސްކަން ވަނީ ވަރަށް ބޮޑަށް ފިލާފައި: އެމްއެމްޕީއާރްސީގެ އެމްޑީ

އިންޑިއާގެ މާކެޓު ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2024 | ބުރާސްފަތި 13:52
އެމްއެމްޕީއާރްސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވާހަކަދައްކަވަނީ

އެމްއެމްޕީއާރްސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވާހަކަދައްކަވަނީ

ފަތުރުވެރިކަމުގެ ސިނާއަތަށް އިންޑިއާގެ މާކެޓު ވަރަށް މުހިއްމު ކަމަށާއި، ރާއްޖެއާ މެދު އިންޑިއާގައި އޮތް މާޔޫސްކަން މިހާރު ވަރަށް ބޮޑަށް ފިލާފައިވާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް، މަޓާޓޯ އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެންއެޗްޖީއޭއެމް ގުޅިގެން އިންޑިއާގައި ވަނީ ރޯޑް ޝޯތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ރޯޑް ޝޯތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ބޮޑު 3 ސިޓީއެއްގައެވެ.

Advertisement - newsAdvertisement

ނިއުދިއްލީގައި ރޯޑް ޝޯ ބާއްވާފައިވަނީ 30 ޖުލައި 2024 ގައެވެ. މުންބައީގައި ބާއްވާފައިވަނީ 01 އޯގަސްޓް 2024 ގައެވެ. އަދި 03 އޮގަސްޓް 2024 ގައި ބެންގަލޫރުގައި ޝޯ ބާއްވާފައިވެއެވެ.

މިމަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ ވިދާޅުވީ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށާއި، އިންޑިއާގެ މާކެޓު ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ ކަމަށެވެ.

އެގޮތުން ޓޮޕް-3 ގެ މާކެޓަށް އިންޑިއާ ބަދަލުވުން ގާތް ކަމަށާއި، އެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ އިންޑިއާއަކީ ބޮޑު ގައުމެއް ކަމަށާއި، ރާއްޖެއަށް މުހިއްމު ގައުމެއް ކަމަށެވެ. ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކުރިން ރާއްޖެއާ މެދު އޮތް ހިތްނުތަނަވަސްކަން މިހާރު ވަރަށް ބޮޑަށް ފިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ބުނީ އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު މާކެޓެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އިންޑިއާގައި އިތުރު ރޯޑް ޝޯތައް ބާއްވާނެ ކަަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު