Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑު

އެތުލެޓިކޯ އަށް ބަދަލުވާން އަލްވަރޭޒް އެއްބަސްވެއްޖެ

7 އޯގަސްޓު 2024 | ބުދަ 06:37

އެގޮތުން އޭނާ ހޯދުމަށް އެތުލެޓިކޯ އިން ފީގެ ގޮތުގައި 75 މިލިއަން ޔޫރޯ ޚަރަދު ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އޯގަސްޓު 2024 | ބުދަ 06:37
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހޫލިއަން އަލްވަރޭޒް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހޫލިއަން އަލްވަރޭޒް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރާ، ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، އަލްވަރޭޒް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް އެތުލެޓިކޯ އިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެތުލެޓިކޯ އިން ވަނީ އަލްވަރޭޒް ހޯދުމުގެ ޑީލް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އޭނާ ހޯދުމަށް އެތުލެޓިކޯ އިން ފީގެ ގޮތުގައި 75 މިލިއަން ޔޫރޯ ޚަރަދު ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެނިހެން ފީ ތަކާއެކު، އެތުލެޓިކޯ އިން ގާތް ގަނޑަކަށް 95 މިލިއަން ޔޫރޯ ޚަރަދު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެތުލެޓިކޯ އާއެކު އަލްވަރޭޒް ސޮއި ކުރާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެތުލެޓިކޯގެ ހުށަހެޅުން އަލްވަރޭޒް ޤަބޫލު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެ ކުލަބާ އެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އަލްވަރޭޒް ވަނީ ސިޓީ އަށް މިހާތަނަށް ކުޅެދިން 103 މެޗުގައި 36 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އަލްވަރޭޒް ވަނީ ސިޓީ އާއެކު، އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
02 އެޕްރީލު 2017

މަލާގާ ބަލިކޮށް އެތުލެޓިކޯ ލީގުގެ ތިންވަނަ އަށް

02 އެޕްރީލު 2017
މަލާގާ ބަލިކޮށް އެތުލެޓިކޯ ލީގުގެ ތިންވަނަ އަށް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް