Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

މަލާގާ ބަލިކޮށް އެތުލެޓިކޯ ލީގުގެ ތިންވަނަ އަށް

މިއަދުގެ މެޗުތަކަށްފަހު ލީގު ތާވަލަށް ބަދަލު އަންނާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 10:42
މަލާގާ ކޮޅަށް ލަނޑުޖެހުމަށްފަހު ގްރީޒްމަން އަދި ލުއިޒް އުފާ ފާޅުކުރަނީ

މަލާގާ ކޮޅަށް ލަނޑުޖެހުމަށްފަހު ގްރީޒްމަން އަދި ލުއިޒް އުފާ ފާޅުކުރަނީ

މަލާގާގެ މައްޗަށް 2-0 އިން ކުރި ހޯދައި ސްޕެނިޝް ލީގުގެ ތިންވަނަ މަގާމަށް އެތުލެޓިކޯ މެޑްރިޑް ކުރިއަށް ޖެހިލައިފި އެވެ.

މަލާގާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެތުލެޓިކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައި އިރު އެޓީމުން ވަނީ މަލާގާގެ ހާފަށް ބާރު ބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ.

މެޗުގައި އެތުލެޓިކޯއިން ޖެހި ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކޮކޭ އެވެ. ކޮކޭ މިލަނޑު ކާމިޔާބުކުރީ މަލާގާ އޭރިޔާ ތެރެއިން އެޓީމުގެ ފެނާންޑޯ ޓޮރޭޒް އަށް ފައުލްކޮށްފައި ވަނިކޮށް ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

މި ލަނޑަށްފަހު ފުރަތަމަ ހާފުގައި މާ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބިފައި ނުވާ އިރު ދެވަނަ ހާފު ފެށިގެން އެތުލެޓިކޯ އަށް ވަނީ ލަނޑުޖަހާނެ ދެތިން ފުރުސަތު ލިބިގެން ގޮސްފަ އެވެ.

އެގޮތުން އެންޓޮއިން ގްރިޒްމަން އަދި ޓޮރޭޒް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މެޗުގައި އެތުލެޓިކޯ އިން ޖެހި ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ފިލިޕޭ ލުއިޒް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މަލާގާ އޭރިޔާ ތެރެއިން ފޯވަޑް ޓޮރޭޒް ދެ ކުޅުންތެރިން ކައިރިން ނައްޓާލި ވަގުތު ލިބުނު ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެތުލެޓިކޯ އިން ދެލަނޑުގެ ލީޑަކާއެކު ފަހަތަށް ޖެހުނު އިރު މަލާގާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެތުލެޓިކޯގެ ހާފަށް ބާރު ބޮޑުކޮށްފަ އެވެ. އެގޮތުން ގާތް ގާތުގައި ތިން ހަމަލާއެއް ވަރު ވަނީ އިދިކޮޅު ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ.

މި ނަތީޖާއާއެކު އެތުލެޓިކޯ ލީގުގެ ތިންވަނަ އަށް އެރީ ކުރިން އެ މަގާމުގައި އޮތް ސެވިއްޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ 58 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި މަލާގާ އޮތީ 27 ޕޮއިންޓާއެކު ލީގުގެ ސޯޅަ ވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު