Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭންކިންގ ނިޒާމް

"ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވަރނަންސް ފޯ ބޭންކްސް، އިންޝުއަރެންސް، އަދި ފައިނޭންސް ކުންފުނިތައް" އިސްލާހުކުރަން ޕީސީބީން ލަފާދީފި

6 އޯގަސްޓު 2024 | އަންގާރަ 20:38

އިސްލާހު ގެނައުމަށް ލަފާދީފައި ވަނީ ބެންކާއި ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ އާއި ތައާރުޒު ނުވާ ގޮތުގެ މަތިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އޯގަސްޓު 2024 | އަންގާރަ 20:38
 ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

"ރެގިއުލޭޝަން އޮން ކޯޕްރޭޓް ގަވަރނަންސް ފޯ ބޭންކްސް، އިންޝުއަރެންސް، އަދި ފައިނޭންސް ކުންފުނިތައް" އިސްލާހުކުރަން ފެންނަ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީން) އެމްއެމްއޭ އަށް ލަފާދީފިއެވެ.

ޕީސީބީން އެފަދައިން ބުނީ ޕީސީބީގެ ފަރާތުން އެމްއެމްއޭގެ ގަވަރުނަރަށް ފޮނުވި ސިޓީއެއްގައެވެ.

ރާއްޖޭގެ ބެންކިންގ ޤާނޫނުގެ ދަށުން އެމްއެމްއޭއިން އާއްމުކޮށްފައިވާ "ރެގިއުލޭޝަން އޮން ކޯޕްރޭޓް ގަވަރނަންސް ފޯ ބޭންކްސް، އިންޝުއަރެންސް، އަދި ފައިނޭންސް ކުންފުނިތައް" އަކީ ސަރުކާރު ހިއްސާވާ މިފަދަ ކުންފުނިތަކުން ޢަމަލުކުރުން ލާޒިމް ކޯޑެއް ކަމަށެވެ. މި ކޯޑުގެ 7 ވަނަ މާއްދާގެ 4 ވަނަ ނަމްބަރުގެ ދަށުން ބޯޑުތަކަށް އައްޔަންކުރާ މީހުންނަކީ އެއްވެސް މަޤާމަކަށް ރައިސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްވެރިއަކަށް ވެގެން ނުވާނެ ކަަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.

ނަމަވެސް ރާއްޖޭގެ ބެންކިން އާއި ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ބ)ގެ ދަށުން ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ އިސްވެރިޔަކު ނުވަތަ ކެބިނެޓް މެމްބަރުން ފިޔަވާ އެހެން ފަރާތްތައް ބޭންކް އަދި ފައިނޭންސް ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރުމަށް ހުރަސް ނާޅާ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ވަކި މެންޑޭޓެއްގެ ދަށުން ސަރުކާރުގެ ސްޓްރެޓެޖިކް ނިންމުންތަކާއި އެ ނޫންވެސް އަސާސީ ބޭނުންތަކަށް ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަންތަން ކަމަށް ވާއިރު، ސަރުކާރު ކުންފުނިތަކަށް ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުން އައްޔަންކުރުމަކީ އެ ކުންފުނިތަކުގެ މަޤްސަދުތަކާއި ޤައުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވެސް އެންމެ އެކަށީގެންވާ ގޮތް ކަމަށް ޕީސީބީން ވަނީ ބުނެފައެވެ،

މިކަމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ފިނޭންސާއި އެކު ކުރި މަޝްވަރާތަކަށް ފަހު ރާއްޖޭގެ ބެންކާއި ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ އާއި ތައާރުޒު ނުވާ ގޮތުގެ މަތިން ސަރުކާރު ހިއްސާވާ ބެންކުތަކާއި، އިންޝުއަރެންސް އަދި ފައިނޭންސިން ކުންފުނިތަކަށް ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުމާއި ގުޅޭ ގޮތުން "ރެގިއުލޭޝަން އޮން ކޯޕްރޭޓް ގަވަރނަންސް ފޯ ބޭންކްސް، އިންޝުއަރެންސް، އަދި ފައިނޭންސް ކުންފުނިތައް" އިސްލާހުކުރަން ފެންނަ ކަމަށް ޕީސީބީން ވަނީ ލަފާދީފައެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް