Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓެކްސީ ވިޔަފާރި

ޓެކްސީ ޑްރައިވަރުން ރަތަށް އެރުމުން އެންމެ ފަހުން މިނިސްޓަރަށް ގޯސްވީ ނޫސްވެރިން!

6 އޯގަސްޓު 2024 | އަންގާރަ 14:50

ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަންވެގެން ސަރުކާރުން އެކަން އިޢުލާންކުރެއްވީ "މާލެ ފަހި ޕްރޮގްރާމް"ގައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އޯގަސްޓު 2024 | އަންގާރަ 14:50
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ވޯޓު ހޯއްދެވުމަށް ވަޑައިގަތީ ޓެކްސީ ޑްރައިވަރުންގެ އަރިހަށެވެ. އެ ބޭފުޅުންނާއި އެކު ސެލްފީ ނަންގަވާ އެތައް އިރަކު ފޮނި ވާހަކަތައް އެމަނިކުފާނު ވަނީ ޓެކްސީ ޑްރައިވަރުންނާއި ދައްކަވާފައެވެ. ވެރިކަމަށް ރައީސް މުއިއްޒު ގެންނަން ޓެކްސީ ޑްރައިވަރުން އާނބަހީ ކިޔާފައި މަސައްކަތް ކުރީ އެހެންވެގެންނެވެ. އެ އުންމީދުތަކުގެ މަތީގައެވެ.

މިއަދު ކަން ހިނގާގޮތް ނިކަން ދެކެބަލާށެވެ. ޓެކްސީ ޑްރައިވަރުންގެ އަޑު އިއްވަން ޖެހުނީ މުޒާހަރާކޮށް، އެއްވުންތައް ބާއްވާށެވެ. ފިނިކޮޓަރީގައި ތިބި ވެރިންގެ ކަންފަތާއި ހިސާބަށް ޓެކްސީ ޑްރައިވަރުންގެ އަޑު އިވުނީ 72 ގަޑީއިރު ވަންދެން އެކި ގަޑި ގަޑީގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާތަކަށް ފަހުގައެވެ. ދެން ޓެކްސީ ޑްރައިވަރުންގެ ވާހަކަ އަޑު ނާހާ ވާން ނެތުމުންނެވެ. އެކަން ނުކޮށް ފަރުޖައްސާލެވެން ނެތުމުންނެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުން ސަރުކާރުން އެ ދާއިރާ އާއި ގުޅުން ހުރި ކަންކަން ނިންމަމުން ދަނީ ދާއިރާގައި ތިބި މީހުންނާއި މަޝްވަރާ ނުކޮށް ދިރާސާކުރުމެއް ނެތިއެވެ. ޓެކްސީ ނުލިބޭ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ މާލެ ސަރަހައްދަށް އިތުރަށް ޓެކްސީ ގެނައުމަކީ ޓެކްސީ ޑްރައިވަރުން އެއް ގޮތަކަށް ވެސް ރުހޭ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން އަމިއްލަ މީހުންގެ ވިޔަފާރިތަކަށް ގެއްލުން ވުމުގެ އިތުރުން ދެމެހެއްޓެނެވި ގޮތެއްގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ވެސް ދަތިވާނެ ކަަމަށް ޓެކްސީ ޑްރައިވަރުން އައީ ބުނަމުންނެވެ.

ޓެކްސީ ޑްރައިވަރުންގެ ސުވާލަކަށް ވީ ސަރުކާރުން ވީ ވައުދާއި ޚިލާފަށް ޕާރކް ކުރާނެ ޖާގައެއް ނުދައްކާ އާއްމުންނަށް ތަކުލީފަކަށް ވާގޮތަށް އުޅަނދުތައް ޓޯވކުރަންމުންދަނީ ކީއްވެގެންތޯއެވެ؟ ދައުލަތުން ޚަރަދުތަކެއް ކޮށްގެން ޓެކްސީތަކެއް ގެނައުމަކީ އަމިއްލަ އެޖެންޑާ އެއް ނޫންތޯ ސުވާލު ކުރިއެވެ. އަދި މިއީ ޓެކްސީ ޑްރައިވަރުންނާއި ދެކޮޅަށް ސަރުކާރުން އުފެއްދި މައްސަލަތަކެއް ކަމަށް ތުހުމަތުކުރިއެވެ.

ދެން ކަންކަން ވެގެން ދިޔަގޮތަކީ ޓްރާންސްޕޯޓް މިނިސްޓަރާއި ޓެކްސީ ޑްރައިވަރުންނާއި ބައްދަލުވުމުން އެމަނިކުފާނުގެ ރާގު މުޅިން ބަދަލުކުރެއްވީއެވެ.

ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަންވެގެން ސަރުކާރުން އެކަން އިޢުލާންކުރެއްވީ "މާލެ ފަހި ޕްރޮގްރާމް"ގައެވެ. ނަމަވެސް އެކަމާއި މެދު ޓެކްސީ ޑްރައިވަރުން ނުރުހުން ވުމުން މިނިސްޓަރ ވިދާޅުވަނީ ހޯހޯ އެއީ ނޫސްވެރިން ދައްކާ ދޮގު ވާހަކަ ކަމަށެވެ. މަނިކުފާނެވެ. ތިޔަ ކަހަލަ ސަމާސާ ނުކުރައްވާށެވެ. އެހެނީ ސަރުކާރުން މާސިންގާ ރަސްމިއްޔާތު ބާއްވާފައި ނެރުނު މާލެ ފަހި ޕްރޮގްރާމަކީ ކުރަން ފެންނަ ކަންކަމުގެ ގޮތުގައި ރައީސަށް ލަފާ އަރުވާ ކަންކަން ކަމަށް ޚުދު މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންވީމަ ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާނުކޮށް މިހިސާބަށް ވަޑައިގެން މަސްރަޙު ހޫނުވީމަ، ދެން އެކަމުން ރެކިވަޑައިގަންނަވަން ތިޔަ ގޯސްކުރައްވަނީ ނޫސްވެރިން ނޫންތޯއެވެ؟

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2020

ޓެކްސީ ޑްރައިވަރ އައިންތުއަށް ކުރާ ގޯނާ، މިފަހަރު މޭޔަރ ޝިފާ މެދުވެރިކޮށް ފުލުހުންނަށް!

30 އޮކްޓޯބަރު 2020
ޓެކްސީ ޑްރައިވަރ އައިންތުއަށް ކުރާ ގޯނާ، މިފަހަރު މޭޔަރ ޝިފާ މެދުވެރިކޮށް ފުލުހުންނަށް!
13 ޖޫން 2020

އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓް މިނިސްޓަރަށް ރަނގަޅަށް އެނގިލައްވާތޯ؟

13 ޖޫން 2020
އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓް މިނިސްޓަރަށް ރަނގަޅަށް އެނގިލައްވާތޯ؟
26 ނޮވެމްބަރު 2019

ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު: އެހީ ހޯދުމަށްދާނެ ކޮޅެއް ނޭނގި ގޮތްހުސްވެފައި!

26 ނޮވެމްބަރު 2019
ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު: އެހީ ހޯދުމަށްދާނެ ކޮޅެއް ނޭނގި ގޮތްހުސްވެފައި!
24 އޮކްޓޯބަރު 2019

ހުރިހާ އަނިޔާއެއް ޑްރައިވަރުންނަށް، ޝަކުވާތައް އަޑު އައްސަވާ!

24 އޮކްޓޯބަރު 2019
ހުރިހާ އަނިޔާއެއް ޑްރައިވަރުންނަށް، ޝަކުވާތައް އަޑު އައްސަވާ!
12 ސެޕްޓެމްބަރު 2019

ޓެކްސީ ޑްރައިވަރާއިއެކު 8 ގަޑި އިރު: އަގު ކުޑަ ނުކުރާނަން، ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެ

12 ސެޕްޓެމްބަރު 2019
ޓެކްސީ ޑްރައިވަރާއިއެކު 8 ގަޑި އިރު: އަގު ކުޑަ ނުކުރާނަން، ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެ
03 ޖެނުއަރީ 2019

ނުފޫޒުގަދަ ޑްރައިވަރުން: ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށްފި

03 ޖެނުއަރީ 2019
ނުފޫޒުގަދަ ޑްރައިވަރުން: ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށްފި
15 ސެޕްޓެމްބަރު 2018

ޓެކްސީގެ އަގާއިމެދު އާންމުން ހިތްހަމަނުޖެހި، އިތުރު ދަތިތަކެއް!

15 ސެޕްޓެމްބަރު 2018
ޓެކްސީގެ އަގާއިމެދު އާންމުން ހިތްހަމަނުޖެހި، އިތުރު ދަތިތަކެއް!
22 ޖެނުއަރީ 2018

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

22 ޖެނުއަރީ 2018
ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
01 ޖޫން 2017

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް