Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެކްސީ ދަތުރު

ނުފޫޒުގަދަ ޑްރައިވަރުން: ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށްފި

"ޔޫބާރ، ނޫނީ "ޕިކްމީ" ފަދަ ފޯން އެޕްލިކޭޝަނެއް ބޭނުންކޮށްގެން ޓެކްސީ ނެގުމުގެ ލުއިފަސޭހަ ހިދްމަތެއް ރާއްޖޭގައި ވެސް ތައާރަފް ކުރަންޖެހޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2019 | ބުރާސްފަތި 14:45
ޓެކްސީއެއް

ޓެކްސީއެއް

ޓެކްސީގެ ހިދްމަތް ވީހާ ވެސް ލުއި ފަސޭހަ އަދި ރައްޔިތުން ބަލައިގަންނަ ހިދްމަތެއްގެ ގޮތުގައި ދެވޭތޯ ހުރިހާ ސަރުކާރަކުން މަސައްކަތް ކުރެއެވެ. މިއީ ކޮންމެ ސަރުކާރެއްގެ ވެސް ބޮލުގެ ރިހުމެކެވެ. ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މިކަން ހައްލުކުރަން މަސައްކަތް ފެށި ނަމަވެސް ކޮންމެ ފަހަރަކު ވެސް ނިމެނީ ޑްރައިވަރުންގެ ކޮޅަށެވެ.

ޓެކްސީގެ މައްސަލަ ހައްލުކުރަން ކޮންމެ ސަރުކާރަކުން މަސައްކަތް ފަށާއިރަށް ފެންނަނީ ޑްރައިވަރުން މުޒާހަރާއަށް ނިކުންނަ މަންޒަރެވެ. ފަޔަށް ހިނި އަރައިގެން އުޅޭ ބައެއް ހެންނެވެ. އަޑު ގަދަ މީހާ ރުއް ގިނަވާނޭ ބުނާ އުސޫލުން ފެންނަނީ އަބަދުވެސް ޑްރައިވަރުން ބޭނުންވާ ގޮތަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރަން މަޖްބޫރުވާ މަންޒަރެވެ. ފެންނަނީ ޑްރައިވަރުންގެ ކުރިމަތީގައި ކޮންމެ ސަރުކާރަކުން ވެސް ކުޑަކަކޫ މައްޗަށް ތިރިވާންޖެހޭ ތަނެއެވެ.

ޓެކްސީ ޑްރައިވަރުންތަކެއް ޓްރާންސްޕޯރޓް މިނިސްޓަރާ ބައްދަލުކުރުމަށް މަޑުކޮށްގެން

ގަވާއިދެއް ހެދިފައި އޮތަސް ޑްރައިވަރުންނަކީ ކޮންމެހެން އެ ގަވާއިދަކަށް އަމަލުކުރާ ބައެއް ނޫނެވެ. ޑްރައިވަރުން އަމަލުކުރަނީ ހިދްމަތް ލިބިގަންނަ މީހުންނަށް ލުއި ފަސޭހަ އަދި އެ މީހުންނަށް ފާއިދާވާ ގޮތަކަށް ނޫނެއެވެ. އަބަދުވެސް ކޮންމެ ކަމެއް ވެސް ނިމެންޖެހެނީ ޑްރައިވަރުން ބޭނުންވާ ގޮތަށް އެ މީހުން ހިތްއެދޭ، އެ މީހުންނައް މަންފާވާ ގޮތަށެވެ. އާ ޓެކްނޮލިޖީތައް ބޭނުންކޮށްގެން އެ ކަމާއިގެން ކުރިއަށްދާން އެއްގޮތަކަށް ވެސް ޑްރައިވަރުން ބޭނުމެއް ނުވެއެވެ. އަދި އެފަދަ އީޖާދުތަކުގެ ބޭނުންކުރާކަށް ވެސް ޑްރައިވަރުން ބޭނުމެއް ނޫނެއެވެ. ނުވަތަ ގަވާއިދެއް ހެދިޔަސް އެ އޮންނަނީ އޮންނަތަނުގައެވެ.

ދިއްލޭ ގޮތަށް ޓެކްސީ ބޯޑު ހަރުކުރަން އެންގުމުން ވެސް ފުރަތަމަ ފެށީ ފޫހާކާށެވެ. އެންމެ ފަހުން މަޖުބޫރު ވެގެން އެ ބޯޑު ހަރުކުރީ ނަމަކަށެވެ. ގަވާއިދުގައިވާ ގޮތުން ޓެކްސީ ދަތުރެއްގައި ވާ ނަމަ އެ ބޯޑު ހުންނަންޖެހޭނީ ރަތް ކުލައިގައެވެ. ނަމަވެސް ޓެކްސީގައި މީހަކު އިނަސް އެއްފަހަރާ ހަތަރު ދަތުރު ނަގަން ވެސް ޑްރައިވަރުން ފަހެއް ނުޖެހެއެވެ. ޓެކްސީގައި އެއް ގޮނޑި ހުހަށް އިނަސް ބޯޑު ހުންނަނީ ފެހި ކުލައިގައެވެ. ގަވާއިދު އޮންނަނީ އޮތްތަނުގައެވެ. ދަތުރު ނަގައިގެން އިންނަ މީހާ ރުހުން ވެސް ބަލައެއް ނުލައެވެ. އަދި ކޮބައި ހެއްޔެވެ؟ އެއް މަންޒިލަކަށް ދާ ދެ މީހުން ވަކި ވަކިން ޓެކްސީ އަށް އެރުވިޔަސް ދެ މީހުން އަތުން ވެސް ފައިސާ ނަގަނީއެވެ. ލަދުގެ ކަންފުޅެއް ވެސް ނެތީއެވެ؟

ރާއްޖެ އާއި އެންމެ އަވަށްޓެރި ގައުމުތަކުން ވެސް ދުނިޔޭގެ ތަހްޒީބް ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ގޮތަށް ފޯން އެޕް ބޭނުންކޮށްގެން ޓެކްސީ ހޯދުމުގެ ލުއި ފަސޭހަ ހިދްމަތް ރައްޔިތުންނަށް ލިބިގެން ގޮސްފައިވާއިރު، ރާއްޖޭގެ ޑްރައިވަރުންނަށް މިކަން ވެސް އެހާ ގަޔާވާ ކަމަކަށް ނުވެއެވެ. އެހެން ވާނެތާއެވެ. ސަރުކާރުން އެކަން ކުރަން މީގެ ކުރިން މަސައްކަތްކުރި ނަމަވެސް އެކަން ވެސް ވަނީ ފެއިލްވެފައެވެ.

ބްރިޖްގައި ޓެކްސީތަކެއް ދުއްވާފައިދަނީ

ރައްޔިތުންގެ ޝަކުވާތަކާ އެކު ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކުގެ އަގު 40ރ. އަށް އަދި 35ރ. ގެ ގޮތުގައި ހަމަޖައްސައި ހާއްސަ އަގެއް ކަނޑައެޅިއެވެ. އަގު ކަނޑައަޅާފައި ހަމައެކަނި ބޭއްވުމުގެ ބަދަލުގައި ސަރުކާރުން ޑްރައިވަރުން ބްރިޖްގެ ދަތުރުތައް ކުރާ އަގުތައް ފުލުހުން ލައްވާ ބަލަން ފެށިއެވެ.

އެހާ ހިސާބުން އަނެއްކާ ވެސް ފެނުނީ ޑްރައިވަރުން ރަތަށް އެރި މަންޒަރެވެ. ގަދަކަން ދައްކާލީއެވެ. ދަތުރުތައް ހުއްޓާލުމަށް ފަހު ޓްރާންސްޕޯރޓް މިނިސްޓަރާ ބައްދަލުކުރަން ދިޔައެވެ. އެކި އިންޒާރުތައް މިނިސްޓަރަށް ދޭން ފެށިއެވެ. އެއާ އެކު ސަރުކާރުން ޑްރައިވަރުންނާ މަޝްވަރާކޮށް ވަކި އަގެއް ކަނޑައަޅަންދެން މިހާރު ވެސް ކުރަމުން އަންނަ އަގުތަކުގައި ދަތުރުކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އާންމުން އެ މަންޒަރު ސިފަކުރީ ޑްރައިވަރުން މިނިސްޓަރަށް ބިރު ދައްކައި ކުޑަކަކޫ މައްޗަށް ތިރިކުރި ގޮތަށެވެ. އޭރުވެސް ޑްރައިވަރުން ގަދަވީއެވެ. މިހާރު ވެސް ޑްރައިވަރުން ގަދަވީއެވެ. ރައްޔިތުންގެ އިހްސާސްތަކައް ބެލުމެއް ނެތިއެވެ.

ޑްރައިވަރުން ޓްރާންސްޕޯރޓް މިނިސްޓަރާ ބައްދަލުކުރުމަށް މަޑުކޮށްލައިގެން

ޓެކްސީ ހޯދުމުގައި އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ސަރުކާރުން ހޯދައިދޭން އެބަޖެހެއެވެ. ޑްރައިވަރުންގެ ނުފޫޒުގައި ނުޖެހި މި ކަމަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް އަވަސް މުސްތަގްބަލެއްގައި ގެނެސްދޭންޖެހެއެވެ. ޓެކްސީތަކުގައި މީޓަރުތައް ހަރުކޮށް، ކިލޯމީޓަރަކަށް ނަގާނެ އަގެއް ކަނޑައެޅެން އެބަޖެހެއެވެ. ދުނިޔޭގެ ގައުމުތަކުގައި ވެސް ފޯން އެޕްތައް މެދުވެރިކޮށް ޓެކްސީ ނެގޭ އުސޫލުން، ރާއްޖޭގައި ވެސް ލުއި ފަސޭހަ ގޮތްތަކެއް ސަރުކާރުން ރައްޔިތުންނައް ފޯރުކޮށްދޭން އެބަޖެހެއެވެ. "ޔޫބާރ، ނޫނީ " ޕިކްމީ" ފަދަ ފޯން އެޕްލިކޭޝަނެއް ބޭނުންކޮށްގެން ޓެކްސީ ނެގުމުގެ ލުއިފަސޭހަ ހިދްމަތެއް ރާއްޖޭގައި ވެސް ތައާރަފް ކުރަން އެބަޖެހެއެވެ.

އަންނަ ހަފުތާގައި ޓެކްސީގެ އަގު ކަނޑައެޅުމަށް ފޯރަމެއް ބޭއްވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ފޯރަމް ވެސް ހިސޯރުކުރާނީ އެއްކަލަ ގަދަ ޑްރައިވަރުންނެވެ. އެ މީހުންގެ އަޑު އެތަނުގައި ވެސް ގަދަވާނެއެވެ. ސުވާލަކީ މިފަހަރު ސަރުކާރުން ގޮތް ނިންމާނީ ޑްރައިވަރުން ބޭނުންވާ ގޮތަށް ހެއްޔެވެ؟ ނުވަތަ ގިނަ ރައްޔިތުން އެދޭ އަދި ގަބޫލުކުރެެވޭ ގޮތަކަށް ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު