Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް

"ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ، ނުރައްކާތެރި ކަމެއް"

6 އޯގަސްޓު 2024 | އަންގާރަ 14:40

ޤާނޫނުގައި އެ ބުނާ ލަނޑުދަނޑި ހާސިލްކޮށް، އިތުބާރު ހޯދުމަށް މި 2 ބަޔާން ޝާއިއުކުރުމަށް އަމީރު ގޮވާލެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އޯގަސްޓު 2024 | އަންގާރަ 14:40
އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ، ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެފަދައިން ވިދާޅުވީ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. 2019 ވަނައަހަރުން ފެށިގެން، އޭރު އޮތް އެމްޑީޕީ ސަރުކާރުން އައީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ ވަކި ވަކިން ބަރާބަރަށް ޝާއިއުކުރަމުން ކަމަށް އަމީރު ވިދާޅުވިއެވެ. މާލީ ކަންކަން ހިނގަމުންދާ ގޮތާއިމެދު އެތެރެއާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ކޮންމެހެންވެސް ހިފަހައްޓަންޖެހޭ ދަނޑިވަޅެއްގައި މިކަން މިގޮތަށް ނުކުރުމަށް މަޖިލީހަށް އަމީރު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން މާލީ އަދި އިޤްތިސާދީ ކަންތައްތައް މެނޭޖްކުރުމުގައި ސަރުކާރުގެ ޤާބިލްކަމާއި މެދު އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ސިޔާސަތުތައް އެންމެންނަށް ފެންނަހެން ހާމަ ކުރުން ވަރަށް މުހިއްމު ކަމަށް އަމީރު ވިދާޅުވިއެވެ. މި 2 ބަޔާނުގެ މަގުސަދަކީ ދައުލަތުގެ ހަރަދާއި އާމްދަނީގެ ސިޔާސަތާ މެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމާއި އެ ސިޔާސަތުގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަޒަންކުރެވޭނެ ވަސީލަތެއް ގާއިމް ކުރުން ކަމަށް ވީހިނދު، މި ބަޔާން ސިއްރުކުރުމަކީ ޤާނޫނުގެ ރޫހާއި ޚިލާފް ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

ހަމައެހެންމެ ކުރިން އާއްމުކޮށް ކޮންމެ ހަފްތާއަކު ޝާއިއުކުރަމުން އައި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ޝާއިއުކުރުންވެސް މިހާރު ވަނީ މެދުކެނޑިފަ ކަމަށް އާމިރު ވިދާޅުވިއެވެ. އަދި މިއަދު ސަރުކާރުގަ އިސް މަޤާމްތަކުގަ ތިބީ، 2019-2023 ސަރުކާރު ބަންދެއް އައިސްގެންވެސް ދެންނެވި ރިޕޯޓެއް ޝާއިއުކުރުން ލަސްވިޔަސް އެ ކަންތައް ވަރަށް ބޮޑުކޮށްގެން ވާހަކަ ދެއްކި ބޭބޭފުޅުން ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނުގައި އެ ބުނާ ލަނޑުދަނޑި ހާސިލްކޮށް، އިތުބާރު ހޯދުމަށް މި 2 ބަޔާން ޝާއިއުކުރުމަށް އަމީރު ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް