Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޝުއަރެންސް ބިލް

އިންޝުއަރެންސް ޚިދުމަތް ނުވަތަ، ވިޔަފާރި އަންނަންވާނީ މެޖޯރިޓީ ޝެއަރ ދިވެހިންނަށް ލިބޭ ގޮތަށް - އަމީން

މިހާރުވެސް ބައެއް ދާއިރާތަކުގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތުގައި ކަމަށް ފާހަގަކުރައްވާ އަމީން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2024 | އަންގާރަ 10:48
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

އިންޝުއަރެންސް ޚިދުމަތް ނުވަތަ، ވިޔަފާރި އަންނަންވާނީ މެޖޯރިޓީ ޝެއަރ ދިވެހިންނަށް ލިބޭ ގޮތަށް ކަމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުގައި، ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ތޯރިގް ހުށަހަޅުއްވާފައިވާ އިންޝުއަރެންސް ބިލަށް ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިހާރުވެސް ބައެއް ދާއިރާތަކުގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތުގައި ކަމަށް ފާހަގަކުރައްވާ އަމީން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ދިވެހިންގެ ނަމުގައި އެ ދާއިރާތަކުގެ ކޮންޓްރޯލް ބިދޭސީން ވަނީ ހޯދާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންޝުއަރެންސް ބިލުގައި ވަރަށް ގިނަ ތަފްސީލްތައް ހުރިކަމަށާއި އެއީ ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބިލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އަށް ވަރަށް ގިނަ ކަންތައްތަކެއް ލާޒިމްކުރާ ބިލެއް ކަމަށް ވާއިރު އެ ބިލަކީ ވަރަށް ފުރިހަމަ ބިލަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު އިންޝުއަރެންސްގެ ހިދުމަތްދޭ 5 ކުންފުންޏެއް އެބަ ހަރަކާތްތެރިވެއެވެ. އަދި ބްރޯކަރުންގެ ގޮތުގައި 10 ފަރާތެއް ހަރަކާތްތެރިވާ އިރު އެޖެންޓުންގެ ގޮތުގައި 60 ފަރާތަކުން ހަރަކާތްތެރިވެއެވެ. ހުއްދަ ނުހޯދާ އިންޝުއަރެންސް ޕޮލިސީ ނެގުމާއި ސޮލިސިޓްކޮށްފި ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް މި ބިލު ފާސްވެއްޖެ ނަމަ މަގުފަހިވާނެއެވެ. އެ ބިލުގައި ވާގޮތުން އިންޝުއަރެންސްގެ ލައިސެންސް ނުދިނުމަކީ އެމްއެމްއޭ އަށް ލިބިގެންވާ އިޚުތިޔާރަކަށް ވާއިރު އެ ހާލަތުގައި އެޕްލިކޭޝަން ފީ އަނބުރާ ނުލިބޭ ކަމަށް ވާނަމަ އެއީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބިލުގައި ހުށަހަޅާފައިވަނީ އިންޝުއަރެންސް ހިދުމަތް ފެށުމަށް 30 މިލިއަން ރުފިޔާ އާއި 50 ރުފިޔާއާ ދެމެދު އަދަދެއްގެ ޑިޕޮސިޓްގައި ބެހެއްޓުމަށެވެ. މިހާރު އޮންނަ ގޮތުން ބަހައްޓަނީ 10 މިލިއަން ރުފިޔާގެ ޑިޕޮސިޓެކެވެ. އިންޝުއަރެންސް ކުރާ ފަރާތްތަކުން ވަރަށް ބޮޑު ރައުސުލްމާލެއް ޑިޕޮސިޓްގައި ބަހައްޓާއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ކުރުމުގެ މާބޮޑު ބޭނުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ތަކާފުލް ވިޔަފާރިއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަރަމުންދާ ވިޔަފާރިއެއް ކަމަށާއި ތަކާފުލް ވިޔަފާރި ކުރެވޭނެ އުސޫލެއް އެކުލަވާލުމަކީ އިޚުތިޔާރީ ކަމެއްގެ ގޮތުގައި އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަމީން އެފަދައިން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ބޭނުންވެއްޖެ ހިނދެއްގައި ތަކާފުލް ވިޔަފާރީގެ އުސޫލެއް އެކުލަވާލެވިދާނެ ކަަމަށް ބިލުގައި ބުނެފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ. މީގެ އިތުރުން އިންޝުއަރެންސް ބިލް އެކުލަވާލަން ވާނީ ތަކާފުލް ވިޔަފާރި ކުރެވޭނެ އުސޫލާއި ވެސް އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަންގާރަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ އިންޝުއަރެންސް ބިލަކީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ރެގިއުލޭޓް ކުރުމަށްއެކުލަވާލާ ފުރަތަމަ ބިލެވެ. މި ބިލާއި ގުޅޭ ގޮތުން މެމްބަރު ތޯރިގު ވަނީ ބިލުގެ މުހިންމު ތަފްސީލްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިންޝުއަރެންސްގެ ކަންތައް މިހާރު ބަލަހައްޓަމުންދަނީ 1998 ގައި އެކުލަވާލި މަނިޓަރީ ގާނޫނުގެ ދަށުން ކަމަށާއި އެއީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ފަހުން 2004 ގައި ޤާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ދޫކުރާ ހުއްދަތަކާ އެކު އެ ވިޔަފާރި ކުރަމުންދިޔަ ނަމަވެސް އެ ގަވައިދަކީ ވެސް އެންމެ އެކަށީގެންވާ ގޮތަށް އޮތް ޤަވައިދެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ބިލް ގާނޫނަކަށްވުމުން އިންޝުއަރެންސް ލައިސެންސް ދޫކުރާ އުސޫލު ހަރުކަށިވާނެ ކަމަށް ތޯރިގް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު